ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޅުގަނޑުމެން ކުރާ މަސައްކަތްތަކުން ޤައުމަކަށް ގެއްލުމެއް ނުވާނެ: މުފީދު

މިލަންދޫ ދާއިރާގެ މެމްބަރ ހަސަން މުފީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުން ޤައުމަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށް މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަލްފާޟިލް މުޙައްމަދު މުޞްޠަފާ އިބްރާހީމް ހުށަހަޅުއްވާފައިވާ، މުދަލާއި ޚިދުމަިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ބަހުސްކުރެއްވުމުގައި މެންބަރު ވިދާޅުވީ، ސަރުކާރަށް ފާޑުކިޔުމުގެ ބަދަލުގައި، ޤައުމު ތަރައްޤީކުރުމުގެ މަޝްރޫޢުތަކަށް އަހަންމިއްޔަތުކަން ދޭންޖެހޭ ކަމަށެވެ.

މުފީދު ވިދާޅުވީ، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ އިޞްލާޙުގެ މަޤްޞަދަކީ ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ އިތުރުވުމުން، ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، މަސައްކަތްތެރިންގެ ހުނަރު ތަރައްޤީކުރުމާއި، އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އަނބުރާ ރާއްޖެއަށް އައުމުގެ ޝައުޤުވެރިކަން އިތުރުކުރުން ކަމަށެވެ. އެހެންކަމުން، ސަރުކާރުން ކުރާ އެއްވެސް ކަމަކުން ޤައުމަށް ގެއްލުމެއް ނުވާނެ ކަމަށް މެންބަރު ވިދާޅުވިއެވެ.

މެންބަރު އިތުރަށް ވިދާޅުވީ، މިހާރު ރާއްޖޭގައި ޤާއިމުވެފައިވާ ސަރުކާރަކީ ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރާ ބަޔަކު ހިމެނޭ ސަރުކާރެއް ކަމަށެވެ. އޭގެ ކުރީގެ އަހަރުތަކުގައި ނަޒާހަތްތެރި ރައްޔިތުން އުފެއްދުމަށް މަސައްކަތްކުރި ނަމަވެސް، ފެނިގެން ދިޔައީ ޤައުމު ހަލާކުވެގެންދިޔަ މަންޒަރު ކަމަށް މެންބަރު ފާހަގަކުރެއްވިއެވެ.

“ އަޅުގަނޑުމެން އަޑު އެހީމު، މީގެ ކުރީ އަހަރުތަކުގައި ފުދުންތެރި ނަޒާހަތްތެރި، ފަރުދުން ބިނާ ކުރުމަށްޓަކައި އަތުކުރި އޮޅާލިތަން، އެކަމަކު ދިޔާއީ ޗޮކުން، ޤައުމަށް އައި އެއްވެސް އާރޯ ކަމެއް ނެތް، ޤައުމު ދިޔައީ ފަނާ ވަމުން، މާލީ ސިޔާސަތު ދިޔާއީ ވަޅު ޖަހަމުން، މި ޤައުމަކަށް ލިބުނު އެއްވެސް އާރޯ ކަމެއް ނެތް“ މުފީދު ވިދާޅުވިއެވެ. 

މިއަދު އެންމެހާ ފަރާތްތަކުންވެސް ޤައުމާއި ރައްޔިތުންގެ ހައްޤުގައި ވަކާލާތުކޮށް ޤައުމު އާރާސްތު ކުރައްވަންޖެހޭ ކަމަށް މެމްބަރ ވިދާޅުވިއެވެ. އެގޮތުން، ޓެކްސްގެ ނިޒާމު ހަރުދަނާކޮށް، ކަނޑައަޅައި އުސޫލުތައް ހަރަުދާނާ ކުރެވި، އެފަދަ ކަންކަން ބައްޓަން ކުރުން މުހިންމު ކަމަށް މުފީދު ވަނީ ފާހަގަކުރައްވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: