ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ސިޔާސަތުތައް ބަދަލުކޮށްކޮށް، ނިންމުންތަކަށް ރައްޔިތުންގެ މެދުގައި އިތުބާރު ގެއްލިއްޖެ: މީކާއިލް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމާ ނިމުންތައް ބަދަލު ކޮށްކޮށް، ސަރުކާރުގެ ނިންމުންތަކަށް ރައްޔިތުން ކުރާ އިތުބާރު ގެއްލިއްޖެކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ޓީޖީއެސްޓީއިން އެއް އިންސައްތަ ބޮޑުކުރުމަށް ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައެވެ. މި ބިުލަށް ބަހުސް ކުރައްވަމުން މީކާއީލް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އޭނާ ވިދާޅުވީ ކަންބޮޑުވުމަކީ، ޓީޖީއެސްޓީ ބޮޑު ކުރުމަށް ގާނޫނަށް އިސްލާހު ހުށައެޅުން ނޫންކަމަށެވެ. މިކަމަށް ސަރުކާރުން ތައްޔާރަށް އޮތްކަމަށް ނުފެންނަކަމަށް ފާހަގަކޮށް، މީކާއިލް ވިދާޅުވީ އޭނާ ކަންބޮޑުވަނީ މި ސަބަބަށްޓަކައިކަމަށެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލްތައް ހުށައަޅާ، ސަރުކާރުގެ ޕްލޭންތަކާއި، ސިޔާސަތުތައް އާންމުކުރަމުންދަނީ އެއްވެސް ޕްލޭނެއް ނެތިކަމަށް ފާހަގަކުރައްވާ، މީކާއީލް ވިދާޅުވީ މި ހަފްތާގައި ޓީޖީއެސްޓީ ބޮޑުކުރުމަށް، އަނެއްކާ އަންނަ ހަފްތާގައި އެ ބޮޑުކުރުން ކުޑަ ކުރުމަށް ސަރުކާރުން ހުށައަޅާފާނެކަމަށެވެ.

އެގޮތުން ގެސްޓް ހައުސްތަކުގެ އޯނަރުން ރައީސުލްޖުމްހުރިއްޔާހެ އަރިހަށް ގޮސް މިއާއި ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރުމުން ނިންމު ބަދަލު ކުރައްވަފާނެކަމަށް މީކާއިލް ވިދާޅުވިއެވެ.

މިހެން އުބައް ޖަހާ ޖަހާ، މި ސަރުކާރުން ހުށައަޅާ އެއްޗެއްގެވެސް، މި ސަރުކާރުން ތައާރަފު ކުރާ އެއްޗެއްގެވެސް، މި ސަރުކާރުން އާންމު ކުރާ ސިޔާސަތެއްގެވެސް އެއްވެސް ކަހަލަ އިތުބާރެއް ރައްޔިތުންގެ މެދުގައި މިއަދު ނެތް މަންޒަރު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ.

މީކާއިލް ވިދާޅުވިއެވެ.

ސަރުކާރުން ސިޔާސަތުތައް ބަދަލުކޮށްކޮށް، މި ސަރުކާރުގެ ނިންމުންތަކަށް ރައްޔިތުންގެ މެދުގައި އިތުބާރު ގެއްލިގެން ހިނގައްޖެކަމަށް ފާހަގަކޮށް މީކާއީލް ވިދާޅުވީ، ރާއްޖޭގެ ހާރިޖީ ސިޔާސަތުވެސް މިހެން ބަދަލުވަމުންދާކަމަށެވެ. އެގޮތުން އިއްޔަ ”އިންޑިއާ އައުޓް“ ކުރުމަށް ގޮވާލުމަށްފަހު މިއަދު ”އިންޑިއާ އިން“ ކޮށްފައިވާކަމަށް މީކާއިލް ވިދާޅުވިއެވެ.

މީކާއިލް ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޑޮލަރު ލިމިޓް އެއްކޮށް ކަނޑާލުމަށްފަހު، އަނެއްކާ އެ ނިންމުން ބާތިކޮށްފައިވާކަންވެސް ފާހަގަކުރައްވާފައެވެ. މި ނިންމުމަށްފަހު، ސަރުކާރުން ވަނީ ބީއެމްއެލްއިން މާލީ ބަޢާވާތެއް ކުރިކަމަށް ތުހުމަތުކޮށް، ރާއްޖޭގެ މުޅި ފައިނޭޝަލް ސިސްޓަމްގެ އަގު ވައްޓާލާފައިކަމަށް މީކާއިލް ވިދާޅުވިއެވެ.

މީގެ އިތުރުން މީކާއިލް ވަނީ އިޒްރާއީލުގެ ޕާސްޕޯޓު ބޭންކުރުމަށް އެމްޑީޕީއިން މަޖިލީހަށް ހުށައެޅުމުން ސަރުކާރު މެންބަރުން އަމަލު ކުރި ގޮތް ފާހަގަކުރައްވާފައެވެ. އެގޮތުން އެއީ ވީހާވެސް އަވަހަކަށް ކުރަން ޖެހިފައިވާކަމެއްކަމަށް ފާހަގަކުރެއްވި ނަމަވެސް، މިހާރު އެ ބިލަށް ވީނުވީ އެއް ނޭގޭކަމަށް މީކާއިލް ވިދާޅުވިއެވެ. މި ބިލާއި ގުޅޭ ގޮތުން ސުވާލުކޮށް، މަޖިލީހުގެ ރައީސްއަށް ސިޓީ ފޮނުވުމުން އެއަށްވެސް ޖަވާބު ނުލިބޭކަމަށް މީކާއިލް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: