ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިން ހީކުރީ އެންމެ ބޮޑެތި ދޮގުތައް އައީ ރޯހިތުކަމަށް، ރައީސްގެ އޮޅުވާލުންތައް އެއަށް ވުރެ ބޮޑު: ދީދީ

އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އަޙުމަދު ދީދީ/ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން މިހާތަނަށް ގެނައި ކޮންމެ ބަދަލެއްގެ އަސަރު ކުރީ ރައްޔިތުންގެ ޖީބަށްކަމަށާއި، ޓެކްސް ބޮޑު ކުރުމަށް ނިންމާފައި ވަނީ ރިޔާސީ ވައުދާއި ހިލާފަށްކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް ދާއިރާ އިން ނަގާ ބައެއް ޓެކްސްތައް ބޮޑު ކުރަން ނިންމައި ސަރުކާރުގެ ފަރާތުން އިސްލާހުތައް ހުށަހަޅާފައި ވަނީ ދައުލަތުގެ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިޔާދަކުރުމަށާއި ދައުލަތަށް ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރު ކުރުމަށެވެ.

އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން ޓީޖީއެސްޓީގެ ގޮތުގައި ދައްކަން ޖެހޭ ޓެކްސް 16 އިންސައްތައިން 17 އަށް ބޮޑުކޮށް ހުށަހެޅި ބިލަށް ބަހުސް ކުރައްވަމުން ދީދީ ވިދާޅުވީ އިސްލާހުން އެނގިގެން ދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮޅުވާލުންތަކާއި ވެރިކަމަށް އައުމަށް އެމަނިކުފާނު ދެއްކެވި ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތްކަމެވެ. ޓެކްސްތައް ބޮޑުކޮށް އިސްލާހު ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް އަޑުފެތުރުމުން އެކަން ރައީސް މުއިއްޒު ދޮގު ކުރެއްވައި ދެއްކެވީ ޓެކްސް ބޭސްއެއްގެ ވާހަކަމަށް ދީދީ ވިދާޅުވި އެވެ. އަދި އެމަނިކުފާނު ޓެކްސް ބޭސްއަކީ ކޮބައިކަން ތަފްސީލު ކުރެއްވިކަމަށް ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ބަހުން ޓެކްސް ބޭސްއަކީ ވިޔަފާރިތައް އިތުރުކޮށް، އެ ނިޒާމުގެ ތެރެއިން އާމްދަނީއަށް އިތުރުވާ ޓެކްސްތައް ނަމަވެސް މިއަދުގެ މަންޒަރާއި އޭރު ދެއްކެވި ވާހަކަތައް ތަފާތުވާ ސަބަބާއި މެދު އޭނާ ސުވާލު އުފެއްދި އެވެ.

އެހެން ނަމަވެސް މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ޓެކްސް ބޮޑު ކުރުމަށް ހުށަހެޅުއްވިތަން.. ރޯހިތާއި އައްޕަތުރޭމެން ހަދަމުން ދިޔަ ދޮގަކީ ދިވެހިރާއްޖެއިން ނުފެންނާނެވަރުގެ ބޮޑެތި ދޮގުތައްކަމަށް ރައްޔިތުންނަށް ގަބޫލު ކުރެބިގެން ތިއްބައި މި ފެނުނީ ރައްޔިތުންގެ ރައީސެއްގެ ގޮތުގައި ވަޑައިގެންނެވި ބޭފުޅާ އެއަށްވުރެ ބޮޑެތި ދޮގު ހައްދަވާތަން.. އޮޅުވާލާތަން، މަކަރުވެރިޔަމާއި އެކު ވިދާޅުވީ ޓެކްސް ބޮޑު ނުކުރާނަމޭ، ޓެކްސް ބޭސްއޭ ބޮޑު ކުރާނީ..

ބިލު ހުށަހެޅުއްވި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުޙައްމަދު މުސްޠަފާ އިބްރާހީމް މިއީ ސަރުކާރުން ގެންނަ ”ހިއްގައިމު“ ބަދަލެއްކަމަށާއި، ރާއްޖެއަށް އިތުރު އިންވެސްޓަރުން ގެނެވޭނެކަމަށް ވިދާޅުވެފައި ވާތީ އެކަން ދީދީ ސިފަ ކުރެއްވީ ޖޯކެއްގެ ގޮތުގަ އެވެ. އަދި ވިދާޅުވީ ޓެކްސް ބޮޑު ކުރުމުން އިންވެސްޓަރުންގެ ޝައުގުވެރިކަމާއި، އިންވެސްޓްމަންޓުތައް އިތުރު ކުރެވޭނެކަމަށް ދެކުމަކީ ކުށްހީއެއް ކަމަށެވެ.

ދީދީ ވިދާޅުވީ ސަރުކާރުން މިހާތަނަށް ގެނައި ކޮންމެ ބަދަލެއްގެ އަސަރު ކުރީ ރައްޔިތުންގެ ޖީބަށް ކަމަށެވެ.

މާލީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ކުރަމުން ދާ މަސައްކަތުގެ ތެރެއިން މަޖިލީހަށް ތިން ޓެކްސްއެއް ބޮޑު ކުރަން ހުށަހަޅާފަ އެވެ. އެއީ އެއާޕޯޓު ޑިވެލޮޕްމަންޓް ފީއާއި، ގްރީން ޓެކްސް އަދި ޓީޖީއެސްޓީ އެވެ. 

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: