ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޭޕްގެ ސަބަބުން ހަށިގަނޑަށް ބޮޑެތި ގެއްލުން ލިބޭކަން ޒުވާނުން ގަބޫލު ކުރޭ: ޔޫތް ބޯޑު ނައިބު ރައީސް

ޔޫތު އެޑްވަސަރީ ބޯޑުގެ ނައިބު ރައީސް ނަޒާހާ ނަޒީމު
ޝެއާރކޮށްލާ ކަހަލަދޯ؟

ވޭޕް މަނާކުރުމުން ހިތްހަމަނުޖެހުންތަކެއް ފާހަގަކުރެވުނު ނަމަވެސް، އޭގެ ސަބަބުން ހަށިގަނޑަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބޭކަން ޒުވާނުން ގަބޫލު ކުރާކަމަށް ޔޫތު އެޑްވަސަރީ ބޯޑުގެ ނައިބު ރައީސް ނަޒާހާ ނަޒީމު ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ 15 ބަނަ ދުވަހުން ފެށިގެން ވޭޕް ކުރަން ބޭނުން ކުރާ ތަކެއްޗާއި، އޭގެ ވަކިވަކި ބައިތައް އެތެރެ ކުރުން މަނާކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ކަމާ ބެހޭ ފަރާތްތަކަށް އަންގަވާފަ އެވެ.

ރައީސްގެ އެންގެވުމުގައި ވަނީ ވޭޕް ކުރާ ތަކެތި ބޭނުންކުރުމާއި ގެންގުޅުން އަދި އުފެއްދުމާއި ވިއްކުން އަދި އިޝްތިހާރު ކުރުމާއި ހިލޭ ބެހުން ޑިސެމްބަރު 15 އިން ފެށިގެން މަނާކުރުމަށެވެ.

މި ނިންމެވުމާއި ގުޅޭގޮތުން ”ސަންގު“ އާއި ވާހަކަ ދައްކަވަމުން ޔޫތް އެޑްވައިޒަރީ ބޯޑުގެ ނައިބު ނަޒާހާ ވިދާޅުވީ ވޭޕުން ލިބެމުންދާ ގެއްލުމާއި އެހެނިހެން ގިނަ މައުލޫމާތުތައް އެންމެހާ ޒުވާނުންނަށް އޮތީ ރަނގަޅަށް ނޭނގިކަމަށެވެ. އަދި ގިނަ ފަހަރަށް ވޭޕް ބޭނުން ކުރަނީ، ސިނގިރޭޓު ހުއްޓާލުމުގެ ގޮތުންކަން ފާހަގަކުރެއްވި އެވެ.

ވޭޕް އުފެއްދުމުގައި އެއްވެސް ދިރާސާތަކެއް ކުރިޔަށް ގެންގޮސްފައި ނުވާކަމަށް ޑަބްލިއުއެޗްއޯއިން ނެރުނު ރިޕޯޓު ފާހަގަކޮށް ނަޒާހާ ވިދާޅުވީ، ވޭޕަކީ ސިޓިރޭޓު ބުއިން ހުއްޓުވުމަށް ހަނދާފައިވާ އެއްޗެއްކަމަށް އަދުގެ ޒުވާނުން ދެކުނު ނަމަވެސް، ސިއްހަތާއި ބެހޭ އިދާރާ ބުނެފައި ވަނީ އެކަމުން އެދެވޭ ރަނގަޅު ނަތިއްޖާއެއް ނުލިބޭ ކަމަށެވެ.

ނަޒާހާ ވިދާޅުވި، ރާއްޖޭގައި ވޭޕް އެތެރެކުރުން މަނާ ކުރުމުން އެކަމަށް ދެކޮޅު ހަދާ ޒުވާނުން ތިބޭނެކަމަށާއި އެހެން ނަމަވެސް ވޭޕްއަކީ ހަށިގަނޑަށް ގެއްލުން ލިބޭ އެއްޗެއް ކަން ގިނަ ޒުވާނުންނަށް އެނގޭކަމަށް ނަޒާހާ ވިދާޅުވި އެވެ.

އުމުރުން 13 އަހަރާއި 7 އަހަރުގެ ކުޑަކުދިން އެފަދަ ތަކެތި ބޭނުންކުރަމުން އަންނަކަމަށާއި، ކުޅިވަރުގެ ދާއިރާގައި އުޅޭ ފަރާތްތަކުންވެސް ބޭނުންކުރައްވައި ކަމަށް ނަޒާހާ ވަނީ ފާހަގަކުރައްވައިފައެވެ. އަދި ކުޅިވަރުގެ ދާއިރާގައި އުޅޭ ފަރާތްތަކުން އެފަދަ ތަކެތި ބޭނުންކުރުމުން، ބޮޑެތި ގެއްލުންތައް ލިބިގެންދާކަމަށް ވިދާޅުވި އެވެ. އެހެންކަމުން، ރައީސްގެ ނިންމެވުމަށް ހުރިހާ ޒުވާނުން ވެސް އެއްބާރުލުން ދިނުމަށް ނަޒާހާ ވަނީ އެދިވަޑައިގެންފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: