ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާނާތުގެ ސަބަބުން ގެއްލުނު ފައިސާ ދައުލަތަށް ލިބިއްޖެނަމަ ދައުލަތް މުއްސަދިވެ، ދަރަނި ދެއްކޭނެ: ފަލާހު

ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާނާތުގެ ސަބަބުން ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދިއްޖެނަމަ، ދައުލަތް މުއްސަދިވެ، ދަރަނި ދެއްކޭނެކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފާލާހު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން ސަރުކާރަށް އަމާޒު ކުރާ ފާޑު ކިޔުންތަކަށް ރައްދުދެއްވާ، މިއަދުގެ މަޖިލީހުގައި ފަލާހު ވަނީ ވަރަށް ދިގުކޮށް ވާހަކަދައްކަވާފައެވެ. އަދި ގިނަ ތުހުމަތުތަކަކަށާއި، ނާގާބިލުކަމަށް ބުނެ ސަރުކާރަށް އަމާޒުކުރާ ފާޑުކިޔުންތަކަށް ފަލާހު ރައްދުދެއްވިއެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ މަދު މެންބަރުންތަކެއް މިއަދު މަޖިލީހުގައި އެ ޕާޓީއާއި އެއްކޮޅަށް ވާހަކަ ދައްކަނީ އެންޓި ޑިފެކްޝަން ގާނޫނު އޮތުމުން، ޕީއެންސީއާއި ގުޅެވެން ނެތުމުންކަމަށެވެ.

ފަލާހު ވިދާޅުވީ އެކި އެކި މީހުން ވެފައިވާ ހިޔާނާތުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދިއްޖެނަމަ، ދައުލަތަށް ވަރަށް ބޮޑު އާމްދަނީއެއް ވަންނާނެކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށްވެސް ފަލާހު ވަނީ ތުހުމަތު ކުރައްވާފައެވެ. އެގޮތުން 500 މިލިއަނަށްވުރެ ގިނަ ޑޮލަރު އެމަނިކުފާނުގެ އެކި އެކައުންޓްތަކުގައި ހުރިކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ފާހަގަކޮށް ފަލާހު ވިދާޅުވީ، މިއީ ދައުލަތުން ވައްގަށް ނަގާފައިވާ ފައިސާކަމަށެވެ. އަދި ރައީސް ޔާމީންގެ ގެކޮޅު އިމާރާތް ކުރައްވަމުން ގެންދަވަނީ ކޮންތާކުން ހޯދި ފައިސާއަކުންތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

އެ ފައިސާ ދައުލަތަށް ވެއްދިއްޖެކަމަށްވަންޏާމުން، އަޅުގަނޑު ދަންނަވާނީ ދިވެހި ދައުލަތް ވާނޭ ވަރަށް މުއްސަދި ދައުލަތަކަށް.

ފަލާހު ވިދާޅުވިއެވެ.

މި ފައިސާ ހޯދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދަން ޖެހޭކަމަށާއި، މިއީ ދަރަނި ދެއްކުމުގައިވެސް އެޅޭނެ މުހިންމު ފިޔަވަޅެއްކަމަށް ފަލާހު ވިދާޅުވިއެވެ.

މި މައްސަލަތައް އިންސާފުވެރިކަމާއިއެކު ބަލާ، އަދުލު އިންސާފު ގާއިމްކުރަން ޖެހޭކަމަށާއި، އެކަން ނުކުރެވޭނަމަ، އެވަރުގެ ފަނޑިޔާރުން ލާން ޖެހިދާނެކަމަށް ފަލާހު ވިދާޅުވިއެވެ.

ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ މަގްސަދުގައި ޓީޖީއެސްޓީ ނެގުމުން އެކަމާ، ފަތުރުވެރިކަމާއި ހަވާލުވެ ތިބި ބޭރުގެ ފަރާތްތަކުން ހިތްހަމަ ނުޖެހޭނެކަމަށާއި، އެމީހުންނަށް ދަތިވާނެކަމަށް ވިދާޅުވެ، އެމްޑީޕީގެ މެންބަރަކު ވާހަކަދެއްކެވުމުން ރައްދުދެއްވާ ފަލާހު ވިދާޅުވީ، މިކަންކަމާއި ގުޅޭ ގޮތުން ސަރުކާރުން ވަނީ އެފަދަ ފަރާތްތަކާއިއެކު މަޝްވަރާކޮށްފައިކަމަށެވެ. އަދި މިއީ އެއް ވަނައިގެ ނިންމުމެއްކަމަށް އެމީހުންވެސް ފާހަގަކުރިކަމަށް ފަލާހު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: