ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމީ ބޭންކުގެ ފުރަތަމަ ދިވެހި ސީއީއޯއަކަށް ޝަރީފް!

ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް؛ ފޮޓޯ/ ބީއެމްއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ފުރަތަމަ ފަހަރަށް ގައުމީ ބެންކުގެ ސީއީއޯކަމަށް ދިވެއްސަކު އައްޔަނުކޮށްފިއެވެ.

ބެންކް އޮފް މޯލްޑިވްސްއިން މައުލޫމާތު ދީފައިވާގޮތުން، އެ ކުންފުނީގެ ސީއީއޯގެ މަގާމަށް އައްޔަނުކޮށްފައިވަނީ މުހައްމަދު ޝަރީފްކަމަށެވެ. އަދި އޭނާއަށް މަގާމުގެ މަސްއޫލިއްޔަތާއި ހަވާލުވެފަިއވާކަމަށް މަރުހަބާ ކިޔާކަމަށެވެ. އެ ކުންފުނިން ބުނެފައިވާގޮތުން ޝަރީފް އެ މަގާމާއި ހަވާލުވުމުން ބީއެމްއެލްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދިވެއްސަކު އެ މަގާމަށް އައިސްފައިވާކަމަށާއި އެއީ ފާހަގަކުރެވޭ ލަނޑުދަނޑިއެއްކަމަށާއި ރާއްޖޭގެ މާލީ ދާއިރާގައިވެސް އެކަން ފާހަގަކުރެވިގެންދާނެކަމަށެވެ.

ޝަރީފްއަކީ ބީއެމްއެލްގައި 25 އަހަރުގެ ތަޖުރިބާ ހުރި ފަރާތެއްކަމަށާއި އެގްޒެކިއުޓިވް މެނޭޖުމެންޓު ދާއިރާއިން ހަތް އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހާސިލުކުރައްވާފައިވާކަމަށެވެ. އަދި އޭނާވަނީ ބެންކު މޮޑަނައިޒް ކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައިކަމަށް ބުނެފައިވއިރު ހިދުމަތްތައް ހަރަދަނާކުރުމާއި ޑިޖިޓަލް ޓްރާންސްފޮމޭޝަން މަސައްކަތްތަކުގައިވެސް ޝާމިލުވާކަމަށެވެ.

އައު ސީއީއޯ، ޝަރީފް އަކީ ޔުނިވާސިޓީ އޮފް މެންޗެސްޓާއިން މާސްޓާޒް ހައްދަވާފައިވާ ފަރާތެއްކަމަށާއި ލަންޑަނުގެ ބިޒްނަސް ސުކޫލުންވެސް ތަމްރީނު ލިބިވަޑައިގެންފައިވާކަމަށެވެ. އަދި އޭނާވަނީ 2018 އިން 2020 އަށް  އޭޝިއަން ބެންކާޒް އެސޯސިއޯޝަންގެ ވައިސް ޗެއަރމަންކަން ކުރައްވާފައިކަމަށް މައުލޫމާތު ދީފައިވާއިރު 1995 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް ބެންކުގެ އެކި މަގާމުތައް ފުރުއްވާފައިވާކަމަށާއި އޭގެ ތެރޭގައި ޑެޕިއުޓީ ސީއީއޯކަން ހިމެނޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: