ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިއުކްލިއަރ ހަތިޔާރުގެ ވާހަކަ ދެއްކުމަކީ ޔޫކްރެއިންއިން ހިންގާ ނުރައްކާތެރި އަމަލެއް: ޕުޓިން

ރަޝިއާ އަދި ޔޫކްރެއިންގެ ރައީސް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ނޭޓޯއާއި ގުޅުމުގައި ނާކާމިޔާބުވެއްޖެ ހާލަތެއްގައި ނިއުކްލިއަރ ހަތިޔާރު ހޯދާނެކަމަށް ޔޫކްރެއިން އިން ބުނެފައިވުމަކީ ނުރައްކާތެރި ކަމެއް ކަމަށް ރަޝިއާގެ ރައީސް ވްލެޑިިމިއަރ ޕުޓިން ވިދާޅުވެއްޖެއެވެ.

މީޑިއާތަކުން ބުނާގޮތުން ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީވަނީ އެ ގައުމަށް ނޭޓޯއާއި ނުގުޅެވިއްޖެ ހާލަތެއްގައި ދެން މަސައްކަތްކުރާނީ ނިއުކްލިއަރ ބާރުވެރިކަން ހާސިލުކުރުމަށްކަމަށް ބުނެފައެވެ. އަދި ރަޝިއާއިންވަނީ އެއީ ރަޝިއާއަށް ފިޔަވަޅުތަކެއް އެޅުމަށް މަޖުބޫރުވާފަދަ ނުރައްކާތެރި ވާހަކަތަކެއްކަމަށް ބުނެފައިކަމަށެވެ.

ޒެލެންސްކީ ވިދާޅުވީ، ޔޫކްރެއިންއަށް ރައްކައުތެރިވުމުގެ ގޮތުން ނިއުކްލިއަރ ހަތިޔާރު ނުވަތަަ ކޮންމެވެސް ބާވަތެއްގެ ޖަމާއަތެއް ނުވަތަ ގުޅުމެއްގެ އެއްބައިވަންތަކަން ހާސިލުކުރެވޭނެކަމަށެވެ. އޭނާ މި ވާހަކަތައް ދެއްކެވީ ސޮވިއެޓް ޔުނިއަން ވެއްޓުމާއިއެކު ޔޫކްރެއިންގެ ނިއުކްލިއަރ ބާރުވެރިކަން ދޫކޮށްލުމާއި ގުޅޭގޮތުން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ދެމެދު ކުރެވިފައިވާ މަޝްވަރާއަކަށް އަލިއަޅުއްވަމުންނެވެ.

މިކަމަށް ރައްދެއް ދެއްވައި ނޫސްވެރިންނާއިއެކު ބޭއްވި ބައްދަލުވުމެއްގައި ރަޝިއާގެ ރައީސް ޕުޓިންވަނީ ޒެލެންސްކީގެ ވާހަކަތައް ކުށްވެރިކުރައްވާފައެވެ. އޭނާ ވިދާޅުވީ، ޒެލެންސްކީ ދެއްކެވީ ނުރައްކާތެރި ވާހަކަތަކެއްކަަމަށާއި އެއީ ރަޝިއާ ލައްވާ ފިޔަވަޅުތަކެއް އެޅުވުމުގެ މަގުސަދުގައި އޭނާ ދައްކާ ވާހަކަތަކެއްކަމަށް ސިފަކުރެއްވިއެވެ.

ޕުޓިން ވިދާޅުވީ، ނިއުކްލިއަރ ގާބިލުކަން ހާސިލުކުރުމުގެ ގޮތުން ޔޫކްރެއިންއިން އަޅާ ކޮންމެ ފިޔަވަޅަކަށް އެކަމާއި އެއްފަދަ އެކަށީގެންވާކަމަށް ގަބޫލުކުރެވޭ ފިޔަވަޅެއް އަޅާނެކަމަށެވެ. އޭނާ ވިދާޅުވީ، ތަރައްގީގެ ޒަމާނުގައި ނިއުކްލިއަރ ހަތިޔާރު އުފެއްދުމަކީ ދަތިކަމެއް ނޫންކަމަށާއި މިހާރު ޔޫކްރެއިންގެ ކިބައިގައި އެ ގާބިލުކަން ހުރިކަން ޔަގީންވެވަޑައި ނުގަންނަވާކަމަށް ހިއްސާކުރެއްވިއިރު އެ ގައުމަށް އެއީ އުނދަގޫ މަސައްކަތްތަކަކަށް ވެގެންދާނެކަމަށެވެ. އެހެންނަމަވެސް އާންމު އުސޫލުން ނަމަ އެއީ އެއްވެސް ދަތިކަމެއް ހުރި މަސައްކަތްތަކެއް ނޫންކަމަށެވެ.

1991 ވަނަ އަހަރު ސޮވިއެޓް ޔުނިއަން ރޫޅިގެންދިޔައިރު ޔޫކްރެއިންއަކީ ނިއުކްލިއަރ ގާބިލުކަމުގެ ހައިސިއްޔަތުން ތިންވަނައަށް އެންމެ ވަރުގަދަ ގައުމުކަމަށްވާއިރު އެ ގައުމުންވަނީ އެއަށްފަހު ތިން އަހަރު ދުވަސްފަހުން އެ ހަތިޔާރުތައް ދޫކޮށްލާފައެވެ. އެ ފިޔަވަޅު އެޅީ ރަޝިއާ އާއި އެމެރިކާ ޝާމިލުވެގެން އެ ގައުމަށް ދީފައިވާ ރައްކައުތެރިކަމުގެ ޔަގީންކަމަށް ބަރޯސާވެގެންނެވެ.

މި އެއްބަސްވުމަށް ދެވިފައިވަނީ ބުޑަޕެސްޓް މެމޮރެންޑަމްގެ ނަންކަމަށްވާއިރު، ޔޫކްރެއިންއަދި އެހެނިހެން ކުރީގެ ސޮވިއެޓް ގައުމުތަކުގެ ސިޔާދަތާއި މިނިވަންކަމަށް އިހުތިރާމް ކުރާނެކަމަށް ސޮއިކޮށްފައިވާ ފަރާތްތަކުން އެއްބަސްވެއެވެ. އެހެންނަމަވެސް ރަޝިއާއިންވަނީ އެ އެއްބަސްވުމާއި ހިލާފުވެފައިކަމަށް ޒެލެންސްކީ ހިއްސާކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެކަމާއި ގުޅިގެން ޔޫކްރެެއިން އިން މަސައްކަތްކުރަމުންދަނީ ނިއުކްލިއަރ ހަތިޔާރު ހޯދަންޖެހުމާއި ދިމާލަށް ނުދިއުމަށްޓަކައި ޏޭޓޯގެ މެމްބަރަކަށް ވުމަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: