ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ މަގާމުތަކުގެ އަދަދު ފޮރުވަން ސަރުކާރުން މަސައްކަތެއް ނުކުރޭ: މެމްބަރު ޝަރީފް

ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ މަގާމުތަކުގެ އަދަދު ފޮރުވުމަށް މި ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފް ވިދާޅުވެއްޖެއެވެ.

ސިޔާސީ މަގާމުތަކުގެ އަދަދު ވަކި ވަރެއްގައި ހިފެހެއްޓުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ނަމަވެސް، މިހާތަނަށް މި ސަރުކާރުގެ އެ ތަފްސީލުތައް ހާމައެއް ނުކުރެ އެވެ. ހަރަދުތައް ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ދަށުން 228 ސިޔާސީ މަގާމު ކުރިޔަށް އޮތް 15 ދުވަހުގެ ތެރޭގައި މަދު ކުރުމަށް ރައީސް ވަނީ އިއުލާނު ކުރައްވާފަ އެވެ.

މި ނިންމެވުމަށް އެކި ފާޑުކިއުންތައް އަމާޒުވަމުންދާއިރު، ޝަރީފް ވިދާޅުވީ މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށް ވުރެ ގިނަ ނުވާނެކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތް ކުރާ ގޮތާއި މަސައްކަތް ތަރުތީބުވެފައިވާ ގޮތް އެނގިވަޑައިގަންނަވާކަމަށެވެ.

ޝަރީފް ވިދާޅުވީ އިގްތިސާދު ރަނގަޅުކުރުމުގެ ގޮތުން ސަރުކާރުން އަޅާފައި ވަނީ ހަރުދަނާ ފިޔަވަޅުތަކެއްކަމަށާއި، ސިޔާސީ މަގާމުތަކުގެ އަދަދުތައް މަދު ކުރުމަށް ރައްޔިތުން ވެސް ބޭނުންވާކަމަށެވެ.

ޝަރީފް ވިދާޅުވީ ގައުމަށް ބޭނުންވަނީ ރައްޔިތުންގެ އިހުސާސްތަކާއި ރައްޔިތުން ދައްކަވާ ވާހަކަ އަޑުއަހާ ރައްޔިތުންނާއިއެކުގައި މަސައްކަތް ކުރާނެ ވެރިއެއް ކަމަށެވެ.

މިސާލެއްގެ ގޮތުން ބައްލަވާ، މިއަދު ގައުމުގެ ހާލަތު އެހާ ރަނގަޅެއްވެސް ނޫން. އިންތިހާއަށް ޓެކްސްވެސް ނަގަން ބޭނުން. ގައުމަށް ލާރި ވައްދަން އިންތިހާއަށް ބޭނުން. އެހެންނަމަވެސް ދިވެހިރައްޔިތުންގެ ތެރޭގައި ހާއްސަކޮށް އަޅުގަނޑުމެންގެ ދަރިވަރުން ހުރިހާ ސްކޫލްތަކެއްގައި ކިޔަވަމުން އަންނަ، ހުރިހާ ބެލެނިވެރިން ކަންބޮޑުވެގެން ވާހަކަ ދައްކަން ފެށީ ވޭޕްގެ މައްސަލައިގައި. ދުންފަތުން ވަރަށް ބޮޑު އެއްޗެއް ލިބޭނެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ރައްޔިތުންގެ ތެރޭގައި ހާއްސަކޮށް ކޮންމެ މަންމަ އަކާއި ބައްޕައެއްގެ ލޮލުގެ ނޫރުފަދައިން ލޯބިވާ ދަރިންގެ އެކަންކަމަށް އިސްކަން ދެއްވުން

ރާއްޖޭގައި ވޭޕް ބޭނުން ކުރުން މަނާކޮށް ރައީސް ނިންމެވީ، ބޮޑު ނިންމެވުމެއްކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ މީގެ ކުރީގައި އެއްވެސް ސަރުކާރަކަށް އެ ފިޔަވަޅު އަޅަން ނުކެރުނު ކަމަށެވެ. އަދި ވޭޕް ގެ މައްސަލަ ބޮޑުވެފައިވާތާ އެތައް ޒަމާނެއްވެފައިވާ ކަމަށާއި ދުނިޔޭގެ އެކި ގައުމުތަކުން މިކަން ހުއްޓުވައިފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: