ހަރަދުތައް ފޫބެއްދުމަށްޓަކައި، އަނެއްކާވެސް ޓީ ބިލު ވިއްކުމަށް ހުޅުވާލައިފިއެވެ.
ފިނޭންސް މިނިސްޓްރީއިން އިއުލާންކޮށްފައިވާ ގޮތުގައި ވިއްކުމަށް ހުޅުވާލާފައިވަނީ 4 ޓީބިލެކެވެ. އެއީ އެއް މަހާއި، ތިން މަހާއި، ހަ މަހާއި، އެއް އަހަރުތެރޭ އަނބުރާ ދައްކަން ޖެހޭ ހަތަރު ބިލެކެވެ. މި ޓީބިލުތަކުގެ ޖުމްލަ އަދަދު 4.27 ބިލިއަނަށް އަރައެވެ.
އެ ބިލްތައް ވިއްކަނީ:
- އެއް މަސް، 1.97 ބިލިއަން ރުފިޔާ %3.50 އިންޓަރެސްޓުގައި
- ތިން މަސް، 172 މިލިއަން ރުފިޔާ %3.87 އިންޓަރެސްޓުގައި
- ހަ މަސް، 830 މިލިއަން ރުފިޔާ %4.23 އިންޓަރެސްޓުގައި
- އެއް އަހަރު، 1.29 ބިލިއަން ރުފިޔާ %4.60 އިންޓަރެސްޓުގައި
ބިލް ގަންނަކަމަށްވާނަމަ، އަންނަ ހޯމަ ދުވަހުގެ ކުރިން ބިލަށްވާ ފައިސާ ދައްކަން ޖެހެއެވެ.
އެންމެ ފަހުން ސަރުކާރުން ޓީބިލު ވިއްކަން އިއުލާން ކުރީ މިއަހަރުގެ އޮގަސްޓު މަހުއެވެ. އެއީ 1.9 ބިލިއަން ރުފިޔާގެ ޓީބިލެވެ.
އާންމު ގޮތެއްގައި މިހެން ހުޅުވާލާ ޓީބިލުތައް ގަމެ، އެ ބިލުތަަކަށް އިންވެސްޓް ކުރަނީ ރާއްޖޭގެ ބައެއް ބޭންކުތަކުންނާއި، ޕެންޝަން އޮފީހުންނާއި، ސަރުކަރުގެ ކުންފުނިތަކުންނެވެ. އަމިއްލަ ކުންފުނިތަކުންވެސް އިންވެސްޓްކޮށްފައި އެބަހުރިއެވެ.
ޓީވބިލު ވިއްކުމަށްފަހު 85.3 ބިލިއަން ރުފިޔާ ނުދައްކާވާކަަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

