ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް ނުރައްކާތެރި ގިނަ ޢަދަދެއްގެ ކެމިކަލް އެތެރެކުރޭ: ތޯރިޤް

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ނުރައްކާތެރި ގިނަ ޢަދަދެއްގެ ކެމިކަލް އެތެރެކުރާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުމުގައި ވަޒީރު ވިދާޅުވީ، ރާއްޖެއަށް ނުރައްކާތެރި ގިނަ ޢަދަދެއްގެ ކެމިކަލް އެތެރެކުރާކަމަށާއި ނުރައްކާތެރި ކެމިކަލް މެނޭޖްކުރުމަށް ޚާއްސަ ފެސިލިޓީތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ފައްޓަވައިފިއެވެ. އަދި އެތަކެތި މެނޭޖްކުރެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމަކީ މުހިންމު ކަމެއް ގޮތުގައި ވަޒީރު ވަނީ ފާޙަގަކުރައްވައިފައެވެ.

އެގޮތުން އެފަދަ ފުރަތަމަ މަރުކަޒު މިހާރު އައްޑޫ ސިޓީގައި ތަރައްޤީކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެމަރުކަޒު މިވަގުތު ވެމްކޯއާއި ހަވާލުކޮށްފައިވާކަމަށްވެސް ވަޒީރު ވަނީ ފާހަގަކުރައްވައިފައެވެ. މި މަޝްރޫޢުގެ ދަށުން މިހާރު ރ.ވަންދޫގައިވެސް ނުރައްކާތެރި ކެމިކަލް މެނޭޖްކުރާނެ ފެސިލިޓީއެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށް ވަޒީރު ވިދާޅުވިއެެވެ.

ނުރައްކާތެރި ކެމިކަލްތަކުން ރައްޔިތުންނަށާއި ތިމާވެއްޓަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށްޓަކައި، އެމްއެންޑީއެފް އިން ވަނީ ހަރަކާތްތަކެއް ފަށައިފައެވެ. އެ ހަރަކާތުގެ ތެރެއިން، ނުރައްކާތެރި ކެމިކަލްތައް ރައްކާތެރިކަމާއެކު ގެންގުޅުމާއި، އެ  ކަމާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ކުރިވިގެންދާނެ އެވެ.

ނުރައްކާތެރި ކެމިކަލްތަކަކީ އިންސާނުންގެ ސިއްހަތަށާއި ތިމާވެއްޓަށް ވަރަށް ބޮޑެތި ގެއްލުން ލިބޭ އެއްޗެކެވެ. އެހެންކަމުން އެފަދަ ކެމިކަލްތައް ރަނގަޅަށް މެނޭޖްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ކެމިކަލް ނައްތާލުމަށް ޚާއްސަ އުސޫލުތަކެއް ހެދިފައިވާއިރު ރައްކާތެރިގޮތުގައި ކެމިކަލް މެނޭޖްކޮށް ނައްތާނުލެވޭނަމަ އެއީ ނުރައްކާތެރި ސިއްޙީ އެކި މައްސަލަތަކަށް ހުށައެޅުމުގެ ފުރުސަތު އޮތް ކަމެކެވެ.

އެހެންކަމުން ރާއްޖޭގެ އެހެން ސަރަޙައްދުތަކުގައިވެސް ކެމިކަލް މާއްދާތައް ރައްކާތެރިގޮތުގައި ނައްތާލުމުގެ މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިންދަނީ އެކި ފިޔަވަހިތަކަށް ބަހާލައިގެން މަސައްކަތް ކުރަމުންނެވެ. އެގޮތުން މާލެ ސަރަޙައްދުގެ ފެސިލިޓީއެއް ތިލަފުށީގައި އަދި ދެކުނު ފެސިލިޓީ އައްޑޫގައި ޤާއިމުކޮށް އުތުރުގެ ފެސިލިޓީ ރ.ވަންދޫގައި ޤާއިމުކުރުމުގެ މަސައްކަތްވަނީ ފައްޓަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: