ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީ.އެމް.އާރް.އާރް) 2024 ގެ ބިބް އަދި ރޭސް ކިޓް ދޫކުރަން ދިރާގުން ފަށައިފިއެވެ.
މިއަހަރުގެ ޑީ.އެމް.އާރް.އާރް ބިބް އެކްސްޕޯ ދަނީ 17 އޮކްޓޫބަރުން ފެށިގެން އަމީނީ މަގުގައި ހުންނަ ދިރާގު ހެޑް އޮފީހުގެ ތިރީ ފަންގިފިލާގައި ގާއިމްކުރެވިފައިވާ ބިބް އެކްސްޕޯ ސެންޓަރުގައި ކުރިއަށްދަމުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ބިބް އެކްސްޕޯގައި ދުވުންތެރިންނަށް އެފަރާތްތަކުގެ ބިބް އަދި ރޭސް ކިޓް ހަވާލުކުރެވޭނެ ކަމަށާއި އަދި 22 އޮކްޓޫބަރު ވާ އަންގާރަ ދުވަހުގެ ނިޔަލަށް އެކި ވަގުތުތަކުގައު ބައިވެރިންނަށް އެމީހުންގެ ބިބް އަދި ރޭސް ކިޓް ނެގޭނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.
ބިބް އަދި ރޭސް ކިޓް ބެގޭބެ ގަޑިތައް:
- މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށް
- ރޭގަނޑު 8:00 އިން 10:00 އަށް
ކޮންމެ ރޭސް ކިޓެއްގައިވެސް ޓައިމިންގ ޗިޕް ހިމެނިފައިވާ ބިބް، ރޭސް ޓީޝާޓު، ސްޓްރިންގް ބޭގް އަދި ހަތަރު ނަރުދަތި ހިމެނޭނެއެވެ. އަދި ވެރިފައި ކުރުމުގެ ގޮތުން ރޭސް ކިޓް ބާލާ އަންނަ ފަރާތުން ދުވުންތެރިޔާގެ އައި.ޑީ ކާޑާއި ބިބް ނަންބަރު ހުށަހަޅަން ޖެހޭނެއެވެ.
ޑީ.އެމް.އާރް.އާރްއަކީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ދުވުމުގެ ހަރަކާތެވެ. އެގޮތުން މިއަހަރު މި ފާހަގަކުރާ މި ރޭހުގެ 15 ވަނަ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 27 އޮކްޓޫބަރު 2023 ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާރކްގައެވެ. މިއަހަރުގެ ދުވުމުގައި 4،400 އަށް ވުރެ ގިނަ ބައިވެރިން ދުވުމަށް ވަނީ ހަމަޖެހިފައެވެ.

