ހުޅުމާލޭގައި ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރު އޮފަރޭޝަނަށް ގެނެސް މަސްތުވާތެކި ބޭނުންކުރާ މީހުން އެ ސެންޓަރަށް ނަގަން ފަށާފައިވާ ކަމަށް ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ބޯޑުގެ ޗެއާމަން، އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް ލުބްނާ މުހައްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް ޑްރަގް އޭޖެންސީ އަދި ފުލުހުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލުބްނާ ވިދާޅުވީ ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރެއް މިހާރު ވަނީ ގައިމު ކޮށްފައި ކަމަށެވެ. މި ސެންޓަރުތައް ގާއިމުކޮށްފައި ވަނީ ކ. ހިންމަފުށީގައި އެއް ފެސިލިޓީ އަދި ހުޅުމާލޭގައި އެއް ފެސިލިޓީ ކަމަށް ލުބްނާ ވަނީ ވިދާޅުވެފައެވެ. މި ސެންޓަރުތަކުގެ ބޭނުމަކީ މަސްތުވާތަކެތި ނަގާ މީހުން އަދި މަސްތުވާ ތަކެތި ޕެޑަލް ކުރާ މީހުން ކުށުގެ ވެށިން ނެގުމާއި ގުޅިގެން އެމީހުންނަށް ދޭން ޖެހޭ ފަރުވާ ދެވޭނެ އިންތިޒާމް ހަމަ ޖެއްސުން ކަމަށް ލުބްނާ ވިދާޅުވިއެވެ.
ގާނޫނުގައި މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ފަރުވާ ދިނުމަށް ސެންޓަރެއް ހުންނަން ޖެހޭނެ ކަމަށް ބުނާ ކަމަށާއި އަދި އެ ސެންޓަރުގެ އެންމެ މުހިންމު ކަމަކީ މަސްތުވާ ތަކެތި ނަގާ މީހުންނަށް ދޭންޖެހޭ ފަރުވާ ވަގުތުން ފެށުން ކަމަށް ލުބްނާ ވިދާޅުވިއެވެ.
ރިމާންޑް ސެންޓަރެއްގެ އޮޕަރޭޓް ކުރުމުގެ ސަބަބުން ދިމާވާ ހާދިސާތައް ޑިޓޮކްސް ނުކުރުމުގެ ސަބަބުން ދިމާވާނެ ހާލަތްތައް ކަޑަތު ކުރެވޭނެ ކަމަށް ލުބްނާ ވިދާޅުވިއެވެ. ހަމައެއާއިއެކު މަސްތުވާތަކެތި ނަގާ މީހުން އެ ކުށުގެ ވެށިން ސަލާމަތް ކުރުމަކީ މުހިންމު ކަމެއް ކަމަށްވެސް ލުބްނާ ވިދާޅުވިއެވެ.
ލުބްނާ ވިދާޅުވެފައިވަނީ 3 މަސް ދުވަހުގެ ތެރޭގައި ރިމާންޑް ސެންޓަރުގެ އޮޕަރޭޝަންސް އެންމެ ފުރަތަމަ ފަށާފައިވަނީ ވަރަށް އާދައިގެ ގޮތަކަށް ޖޫން މަހުގެ ތެރޭގައި ކަމަށެވެ. އެހެން ނަމަވެސް ޖުލައި މަހުގެ ތެރޭގައި މީހުން ނަގަން ފަށާފައިވާ ކަމަށާއި އެންމެ ސެންޓަރެއް އޮޕަރޭޓް ކުރަމުން އައިސް ހުޅުމާލޭގައި ހުރި ސެންޓަރު އޮޕަރޭޓް ކުރަން ފަށާފައިވަނީ ދާދި ފަހުން ކަމަށެ ވިދާޅުވިއެވެ.
ސެންޓަރުގެ އެންމެ މުހިންމު ކަމަކީ މަސްތުވާތަކެތި ނަގާ މީހުން މުޖުތަމައުގެ ތެރޭގައި ކުށް ކުރުން މަދު ކުރުމަށް ވަރަށް މުހިންމު ސެންޓަރެއް ގޮތުގައި ފާހަގަކޮށްލަން. ހަމައެއާއި އެކު ނެޝެނަލް ޑްރަގް އޭޖެންސީން ވޭތުވެދިޔަ ތާންގައި އާއްމުންގެ ފަރާތުންނާއި ބެލެނިވެރިންގެ ފަރާތުން މަސްތުވާތަކެތި ނަގާ މީހުން އުޅޭ ތަންތަން އަދި މަސްތުވާތަކެތި ނަގާ މީހުން އުޅޭ ގޭގެއިން އަންނަ ކޯލް ތަކަށް ވަނީ ވަރަށް ބޮޑަށް އެޓެންޑް ކުރެވިފަ. މީގެތެރޭގައި އެކި ގޭގެއާއި އެކި ތަންތަނުން މަސްތުވާތަކެތި ނަގާ މީހުންވަނީ ރިމާންޑް ސެންޓަރުގެ އޮޕަރޭޝަންސްގެ ތެރެއިން ނަގާ ފަރުވާއަށް ގެންދެވިފަ. ހަމަމިއާއިއެކު އަޅުގަނޑު އިއުލާނުކޮށްލަން ނޭޝަނަލް ޑްރަގް އޭޖެންސީ އާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ ޑީޑީ އާއި ގުޅިގެން ރިމާންޑް އޮޕަރޭޝަނެއް ވަނީ ފެށިފައި
މި މައްސަލައިގައި ފުލުހުންގެ ޑްރަޑް އެންފޯސްމެންޓުގެ ހެޑް ސުޕްރިޓެންޑަންޓް ނާހިދު ވިދާޅުވީ ފުލުހުންނާއި އަދި އެންޑީއޭ ގުޅިގެން ކުރާ މަސައްކަތުގެ ތެރޭގައި މަސްތުވާތަކެތި ބޭނުން ކުރާ މަގުމަތީގައި ސަލާން ޖަހަން އުޅޭ މީހުންނާއި، ވައްކަމާއި ފޭރުމުގެ ހަރަކާތްތެރިވާ މަސްތުވާ ތަކެތި ބޭނުން ކުރާ މީހުންނާއި މަސްތުގެ ހާލުގައި ތިބޭ މީހުންނާއި މިސްކިތްތަކުގައި ނިދާ މަސްތުވާތަކެތި ބޭނުންކުރާ މީހުން ހިމެނޭ ކަމަށެވެ.
މި މަސައްކަތުގެ ތެރެއިން 9 އޮކްޓޫބަރ 2024 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 14 މީހުން މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގެ 103 ވަނަ މާއްދާގެ ދަށުން ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރުގައި ބަންދުކޮށްފައިވާ ކަމަށް ނާހިދު ވިދާޅުވިއެވެ.

