ނޮވެމްބަރު މަސް ފެށި، ވޭޕް ބޭނުން ކުރުން މަނާ މުއްދަތާއި ދެމެދު ރާއްޖެއަށް އެތެރެ ކުރާ ބާވަތްތަކުން ޑިއުޓީ ބޮޑު ކުރުމަށް ނިންމައި ސަރުކާރުގެ ފަރާތުން އިސްލާހެއް ހުށަހަޅައިފި އެވެ.
ނޮވެމްބަރު މަހުގެ 1 އިން 15 ގެ ދެމެދު ރާއްޖެއަށް އެތެރެ ކުރާ ވޭޕްތަކުން ޑިއުޓީ ބޮޑު ކުރުމަށް ނިންމައި ބިލެއް ހުށަހަޅާކަން ބަންޑާރަ ނައިބު އަހުމަދު އުޝާމް ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާ މި އިސްލާހާއި ގުޅޭގޮތުން އުޝާމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައި ވަނީ ނޮވެމްބަރު މަހުން ގެށިގެން، މަނާ ކުރާ މުއްދަތާއި ދެމެދު އެތެރެ ކުރާ ވޭޕް ކުރުމުގެ ބާވަތްތަކުން ޑިއުޓީ ބޮޑު ކުރަން ކަމަށެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ގާނޫނުގެ ދަށުން، މި އިސްލާހު ހުށަހަޅާފައި ވަނީ އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްއާއި ގުޅުން ހުރި އާލަތްތައް ރާއްޖެއަށް އެތެރެކުރުން މަނާކުރާ ތާރީހާ ހަމައަށް ހިނގާ މުއްދަތުގައި ގެންނަ ތަކެތިން އިމްޕޯޓް ޑިއުޓީގެ މިންވަރު އިތުރުކުރުމަށެވެ. މި ބިލުގައި ޑިއުޓީއާއި ރޯޔަލްޓީ އަދި ރެވެނިއު މައާފު ކުރެވޭނެ ހާލަތްތަކަށް އިސްލާހު ގެނައުން ވެސް ހިމެނެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ 1 ނޮވެމްބަރ 2024 އިން ފެށިގެން ދުންފަތުގެ ޑިއުޓީ ބޮޑުކުރުމަށް އަދި 15 ނޮވެމްބަރ 2024 އިން ފެށިގެން ވޭޕު ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުން މަނާކުރުމަށް. ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ 1 ނޮވެމްބަރ އިން ފެށިގެން 15 ނޮވެމްބަރ 2024 މި މުއްދަތުގެ ތެރޭގައި އެތެރެކުރާ ވޭޕްކުރުމަށް ބޭނުންކުރާ ތަކެތީގެ ޑިއުޓީ ބޮޑުކުރުމަށް ހުށަހަޅާފައިވާ އިސްލާހެއް.
އިސްލާހުގައި ވަނީ އީ ސިނގިރެޓުން 50 އިންސައްތައާއި، ސްޓިކާއަކުން 8 ރުފިޔާ ނެގުމަށެވެ، އަދި ވޭޕް ފްލޭވާތަކުން 08 ރުފިޔާ ނެގުމަށެވެ.
ރާއްޖެ އަށް ވޭޕް އެތެރެކުރުން މަނާކޮށްދިނުމަށް އެދި އެންސީޑީ އެލަޔަންސުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި މީގެކުރިން ވަނީ އެދިފައެވެ. އާއްމު ސިއްހަތަށް ބޮޑު ގެއްލުމެއް ލިބޭތީ ދުންފަތުގެ ބާވަތްތަކާއި ވޭޕް ރާއްޖެއަށް އެތެރެކުރުން މަނާކުރަން ގޮވާލައި ސްކޫލުތަކާއި ސިއްހީ ދާއިރާއިން ގިވާލަމުން ދަނިކޮށް ވޭޕް މަނާ ކުރުމަށް ނިންމައި އެކަން ރައީސް އިއުލާނު ކުރެއްވީ ހަފްތާގެ ހޯމަ ދުވަހު އެވެ.
ރާއްޖެއަށް ވޭޕް އެތެރެ ކުރާ މިންވަރު އިތުރުވެފައި ވާއިރު ކަސްޓަމްސްގެ އެންމެ ފަހުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި 2018 އިން ފެށިގެން މިދިޔަ ޖުލައި މަހާ ހަމައަށް 124،342،915 ރުފިޔާގެ ވޭޕާއި އީ-ސިނގިރޭޓް ރާއްޖެއަށް އެތެރެކޮށްފައިވެއެވެ. އެ އަދަދު، މި އަހަރުގެ ޖެނުއަރީން ފެށިގެން މިދިޔަ ޖުލައި މަހާ ހަމައަށް ހުރީ 19.7 މިލިއަން ރުފިޔާ އެވެ. އަދި 2018-2023 އަށް ހުރީ 104،564 މިލިއަން ރުފިޔާގަ އެވެ.

