ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫގެ ސައިކަލު 08 ނަސީބުވެރިއަކަށް، ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިޔަށް ދާނެ

އުރީދޫ މޯލްޑިވްސ އިން ފެށި ކޮންމެ 3 ދުވހަކުން ސައިކަލު ލިބޭ ޕްރޮމޯޝަނުގެ ނަސީބުވެރި ފަރާތެއް/ ފޮޓޯ: އުރީދޫ
ޝެއާރކޮށްލާ ކަހަލަދޯ؟

23 ސެޕްޓެމްބަރ 2024 ގައި އުރީދޫ މޯލްޑިވްސް އިން ފެށި ”ކޮންމެ 3 ދުވހަކުން ސައިކަލު ލިބޭ“ ޕްރޮމޯޝަނުގެ 8 ނަސީބުވެރިން ހޮވައިފިއެވެ.

31 ޑިސެމްބަރުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި މުޅިއަކު 30 ސައިކަލު ކަސްޓަމަރުންނަށް ލިބިގެންދާއިރު، އަދި 22 ސައިކަލުގެ ނަސީބުވެރިން ހޮވާނެއެވެ.

ކޮންމެ ތިން ދުވަހަކުން އަގުހުރި އައު ސައިކަލެއް ލިބޭ މި ޕްރޮމޯޝަނުގައި އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް އަދި އަލަށް ގުޅޭ ކަސްޓަމަރުންނަށް ބައިރިވެވޭނެ އެވެ.

އުރީދޫއަކީ ރާއްޖޭގެ 60 އިންސައްތަ ކަވަރުކުރާ ރާއްޖޭގެ އެންމެ ވަރުގަދަ އަދި އެންމެ ބޮޑު 5 ޖީ ނެޓްވޯކެވެ.

މި އަހަރުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ކަސްޓަމަރުންނަށް ކޮންމެ ތިން ދުވަހަކުން ސައިކަލެއް ކާމިޔާބު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

ކަސްޓަމަރުންނަށް ލިބޭ ސައިކަލުތަކުގެ ތެރޭގައި:

  • އެއާ ބްލޭޑް 125 – ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ)

  • އެއާ ބްލޭޑް 160 – ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ)

  • ޕީސީއެކްސް 160 (ކަޅު ކުލަ)

މި ޕްރޮމޯޝަނުގެ އެންމެ އަގުހުރި އިނާމެއްގެ ގޮތުން ނަސީބުވެރި ފަރާތަކަށް 2024 ވަނަ އަހަރުގެ ރެބެލް 300 ސައިކަލެއް ލިބިގެންދާނެއެވެ.

ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ އުރީދޫ ކަސްޓާމަރެއްނަމަ 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުމުން ނުވަތަ އުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރެއް ނަމަ ހިދުމަތް ބޭނުންކުރުމަށް 400 ރުފިޔާ އިން މަތިން ބިލް ދައްކާ، ރީޗާޖުކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުމުންނެވެ.

މި ޕްރޮމޯޝަނަކީ އުރީދޫގެ 5 ޖީ ލިބޭ ކެމްޕެއިންގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކަށް ހަލުވި ސްޕީޑާއި ލެޓެންސީ ދަށްކޮށް، ކަނެކްޓިވިޓީ އިތުރުކޮށްދޭ އުރީދޫގެ ޒަމާނީ 5 ޖީ ޓެކްނޮލޮޖީ ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: