ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނގުރާމައިގެ ސަބަބުން 600 މިލިއަން އަންހެނުންނަށް އަސަރުކުރޭ: އދ

ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓޭރެޒް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަނގުރާމަތަކުގެ ސަބަބުން 600 މިލިއަނަށްވުރެ ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިންނަށް ނޭދެވޭ އަސަރުތައް ކުރަމުންދާކަމަށް އދއިން ބުނެފިއެވެ.

އދއިން އާންމުކޮށްފައިވާގޮތުން ހަނގުރާމައިގެ ސަބަބުން މިހާރު ކުޑަކުދިން ހިމެނޭހެން 600 މިލިއަނަށްވުރެ ގިނަ އަންހެނުންނަށް ނޭދެވޭ އަސަރުތައް ކޮށްފައިވާކަމަށާއި މިއީ ވޭތުވެދިޔަ 10 އަހަރާއި އަޅާ ބަލާއިރު 50 އިންސައްތައިގެ އިތުރުވުމެއްކަމަށެވެ. އދގެ އިސް އޮފިޝަލުން ބުނާގޮތުން މިގޮތުގެ މަތިން ހާލުގައި ޖެހިފައިވާ ފަރާތްތަކާއިމެދު ހަނދާން ނެތިގެންދިއުމުގެ ބިރުވެސް އޮތްކަމަށެވެ.

އދގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓޭރެޒް ވިދާޅުވީ، ހަނގުރާމަތަކާއި ހަމަލާ ބަދަލުކުރުންތައް ރެކޯޑު މިންގަނޑަކަށް އިތުރުވެފައިވާއިރު، އަންހެނުންގެ ހައްގުތައް ރައްކައުތެރިކުރުމަށްޓަކައި ދުނިޔެ މަތީގައި ކުރަމުން އައިސްފައިވާ މަސައްކަތްތައް އެކުގައި ބޭކާރުވުމާއި ގާތަށް ގޮސްފައިވާކަމަށެވެ. އަދި އޭނާ މި ވާހަކަތައް ދެއްކެވީ މީގެ އަހަރުތަކެއް ކުރިން އަންހެނުންނަށް ސުލްހައިގެ މަޝްވަރާތަކުގައި ހަމަހަމަ ފުރުސަތުތަކެއް ދިނުމަށްޓަކައި ސޮއިކުރެވިފައިވާ މުއާހަދާއެއްގެ ދަށުން ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުއްވައިކަމަށްވާއިރު އެ ލަނޑުދަނޑި އޮތީ ޖެންޑާރ އީކުއާލިޓީގެ ލަނޑުދަނޑިއާއި އެއްފަދައިން އަތް ފޯރާ ފަށަށްވުރެ ދުރުގައިކަން މީޑިއާތަކުން ފާހަގަކުރެއެވެ.

ގުޓޭރެޒް ވިދާޅުވީ، ސުލްހަ ގާއިމުކުރުމުގެ މަސައްކަތްތަކުގެ ތެރެއިން އަންހެނުންގެ ލީޑަރޝިޕުގެ ދައުރު ކުޑަވެފައިވާކަމުގެ އިތުރުން އެ މަސައްކަތްތަކުގައި ގޮތް ނިންމުމުގެ ބާރުތައް މައިގަނޑު ގޮތެއްގައި އޮތީ ފިރިހެނުންގެ އަތުގައިކަން މައުލޫމާތުތަކުން ދައްކާކަމަށެވެ. އޭނާ ވިދާޅުވީ، އަންހެނުންގެ މައްޗަށް ފިރިހެނުން އިސްވެ ތިބުމާއި ޖިންސީ ތަފާތުކުރުން ފަދަ މައްސަލަތަކުގެ ސަބަބުން މުޖުތަމައުގެ ދެ ބައިކުޅަ އެއްބައި ހިފެހެއްޓިފައި އޮންނަ ނަމަ ސުލްހަ ގާއިމުކުރުން ނާދިރު ކަމަކަށް ވެގެންދާނެކަމަށެވެ.

އދއިން އެއްކޮށްފައިވާ މައުލޫމާތުތަކުން ދައްކާގޮތުން، ހަނގުރާމަތަކާއި ހަމަލާ ބަދަލުކުރުންތަކުގެ ތެރެއިން މަރުވެގެންދާ އަންހެނުންގެ އަދަދުތައްވަނީ 2022 ވަނަ އަހަރާއި އަޅާބަލާއިރު 2023 ވަނަ އަހަރުގައި 50 އިންސައްތަ އިތުރުވެފައިކަމަށެވެ. އަދި މިފަދަ މައިދާނުތަކުގައި ޖިންސީ ގޯނާ އަދި އަނިޔާގެ އަމަލުތައްވެސް 50 އިންސައްތަ އިތުރުވެފައިވާކަމަށް ރިޕޯޓުތަކުން ދައްކާއިރު ބޮޑެތި ޖަރީމާތަކުގެ އަސަރުތައް ފޯރާފައިވާ އަންހެނުންގެ އަދަދުތައް 35 އިންސައްތައިން އިތުރުވެފައިވާކަމަށްވެސް އދގެ މައުލޫމާތުތަކުން ދައްކާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: