ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއިން މާލީ ބޮޑު ޖަރީމާތަކެއް ހިންގިތަ؟

މިނިސްޓަރު އިބްރާހިމް އަމީރު، މިނިސްޓަރު ފައްޔާޒު އިސްމާއިލް، ރައީސް ސާލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ދިވެހިރާއްޖެއިން ތަހައްމަލު ކުރަމުންދާ މާލީ ދަތިކަމުގެ ޒިންމާ އާއި ގުޅޭގޮތުން އެކި ފަރާތްތަކުން އެކި ވާހަކަތައް ދައްކައެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް ސިޔާސީ ޕާޓީ، އެމްޑީޕީއިން ބުނަނީ ދަތިތަކެއް ކުރިމަތިވެެފައިވަނީ މާލީ މިސްމެނޭޖުމެންޓުގެ ސަބަބުންކަމަށެވެ. އަދި ވެރިކަމަށް އައި އިރު ގައުމުގެ ހާލަތު އެނގޭނެކަމަށްވެސް ބުނެއެވެ. މި ފާޑުކިޔުން އަމާޒުކުރަނީ ކެމްޕެއިން ދުވަސްވަރު މިހާރުގެ ރައީސް ޑރ މުހައްމަދު މުއިއްޒު ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ދަތިކަމުން އަރައިގަނެވޭނެކަމުގެ ޔަގީންކަން ދެއްވާފައިވުމަށް އިޝާރާތްކޮށެވެ.

އެހެންނަމަވެސް އެ ދުވަސްވަރުގެ ކަންކަން ހަނދާނަށް ގެންނައިރު، ދިވެހިރާއްޖޭގެ ނޫސްވެރިން މާލީ ހާލަތާއި ގުޅިގެން ތަކުރާރުކޮށް ސަރުކާރާއި ކުރި ސުވާލުތަކުގެ މައްޗަށް އަލިއަޅުވާލުން މުހިންމެވެ. ދިވެހިރާއްޖެ ބަނގުރޫޓުވެދާނެކަމުގެ ބިރު އޮތްކަމަށް އެކި ފަރާތްތަކުން ބުނަމުންދިޔަ ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ މާލިއްޔާތާއި ހަވާލުވެތިއްބެވި ފަރާތްތަކުން އެ ވާހަކަތައް ދޮގުކުރިއެވެ. ރާއްޖޭގެ މާލީ ހާލަތު ބަޔާން ކުރަމުންދިޔަ ބޭރުގެ ވުޒާރާތަކުގެ އޮފިޝަލުން ޑިސްކްރެޑިޓްކޮށް ހާމަކުރަމުންދިޔަ މައުލޫމާތުތައް ދޮގުކުރިއެވެ. ”ރިސެޕްޝަނިސްޓް“ ގެ ވާހަކަ އެންމެންވެސް ހަނދާން ހުންނާނެއެވެ.

އެހާ ފާޅުގައި އެވާހަކަދައް ދޮގުކުރާނީ ދިވެހި މާލިއްޔާތަށް ހަގީގަތުގައި ވެސް އެ ބުނާ ފަދަ ދަތިކަމެއް ނެތުމުންކަމަށް ވެސް އެކަމުގެ ސަބަބުން ގަބޫލުކުރެވުނެވެ. މާލީ މުއައްސަސާތަކުގެ އަންދާޒާތައް ނުބައިކަމަށްވުމުން ވެސް އެކަށީގެންވެއެވެ. މައުލޫމާތުތައް ސިއްރު ކުރަމުންދިއުމާއިއެކު އޭރު ރާއްޖޭގެ މާލީ ކަންކަން ދެނެގަތުމުގައި ދަތިތައް ކުރިމަތިވިއެވެ.

ތަފާސް ހިސާބުތަކެއް އާންމު ނުކުރާ ވާހަކައެއް ނޫނެވެ. އެހެންނަމަވެސް އޭރު ނަގަމުންދިޔަ ލޯނުތަކާއި އިންޓްރެސްޓު އަދި މަގުސަދުތަކާއިމެދުވެސް ކުރެވެމުންދިޔަ ސުވާލުތަކަށް އެކަށީގެންވާ ޖަވާބެއް ނުލިބެއެވެ. ބުނާ ބުނުމަށް އެ ވާހަކަތައް ހާމަކުރުމުން ގައުމީ ސަލާމަތަށް ނުރައްކާވެއެވެ. ކުރާ ތުހުމަތުތަކުގެ ތެރޭގައި އަހަރު ނިމުމާއި ގާތްވުމުން މާލީ ތަފާސް ހިސާބުތަކުން ވަކި މަންޒަރެއް ދެއްކުމަށްޓަކައި ދިވެހިރާއްޖެއާއި އަވައްޓެރި ގައުމެއްގެ އެހީތެރިކަން ހޯދައިގެން ފައިސާތަކެއް ނަގައިގެން ރިޒާވު ވަކި މިންގަނޑެއް ހުރިކަމަށް ދެއްކުން ހިމެނެއެވެ. އެހެންނަމަވެސް އެމްޑީޕީގެ ވެރިކަމުގައި ހުންނެވި މާލީ ވަޒީރު އޭރު އަދި މިހާރުވެސް އެ ޕާޓީގެ ދައުރުގައި ނަހަމަ މާލީ އަމަލުތަކެއް ހިންގާފައިވުން ދޮގުކުރެއެވެ.

މިއަދު އިތުރު ތުހުމަތުތަކެއްވެސް އެބަ ކުރެވެއެވެ. ކުރެވެމުންދާ ތުހުމަތަކީ ވެރިކަމުގެ ދެވަނަ ދައުރެއް ކާމިޔާބުކުރުމުގެ ބޭނުމުގައި ރައްޔިތުންނަށް އޮޅުވާލުމެވެ. ރައްޔިތުންގެ ގާތަށް ގޮސް އެދެމުންދާ ކަންކަން ހޯދައި އެކަން ވައުދުތަކެއްގެ ތެރޭގައި ހިމަނައިގެން ބަޖެޓުކޮށްލިކަމުގެ ތުހުމަތުތައް އަމާޒުކުރެވޭއިރު އެ މަސައްކަތްތަކަށް ހިމަނާފައި ހުރީ ހަގީގަތުގައި ހިނގާނެ ހަރަދާއި އިންތިހާއަށް ނުބައްދަލު އަދަދުތަކެއް ކަމަށް އެބަ ބުނެއެވެ.

ދިވެހިރާއްޖޭގައި ހިންގަމުންދާ ތަރައްގީގެ މަޝްރޫޢުތައް ހުއްޓިފައިވާކަމަށް ބުނެ އެމްޑީޕީން އަޑުއުފުލަން ފެށުމާއިއެކު ސަރުކާރުންވަނީ ކަމުގެ ހަގީގަތްތައް ހާމަކޮށްފައެވެ. ސަޕްލިމެންޓަރީ ބަޖެޓެއް ހުށައަޅަންޖެހި އެކަމާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކުގެ ތެރޭގައި ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހުވަނީ އެމްޑީޕީއިން 2024 ވަނަ އަހަރުގެ ބަޖެޓު އެކުލަވާލުމުގައި ނޭދެވޭ އަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތުކޮށްފައެވެ.

އެގޮތުން ބަޖެޓުގައި 49 ބިލިއަން ރުފިޔާކަމަށް ޖަހާފައިވާއިރު ހަމަ އަގަށް ބަޖެޓުގެ މަސައްކަތްތައް ނިންމާކަމަށްވާނަމަ 79 ބިލިއަން ރުފިޔާ އަރާކަމަށާއި އެ އަދަދުން ހިމަނާފައިވާ މަސައްކަތްތައް ހަގީގަތުގައި ފުރިހަމަ ނުކުރެވޭކަމަށެވެ. އޭނާ ވަނީ ސަޕްލިމެންޓަރީ ބަޖެޓުގެ ގޮތުގައި ހުށައަޅާ އަދަދާއިއެކުވެސް އެމްޑީޕީ ހިމަނާފައިވާ މަސައްކަތްތައް ކުރުމުގައި ބޮޑެތި ގޮންޖެހުންތައް ހުރިކަން ހިއްސާކުރައްވާފައެވެ. އަދި ވިދާޅުވީ، ބަޖެޓު ފޮތުގައި ފެންނަން ހުރީ އެމްޑީޕީއިން މި ދައުރު ކާމިޔާބުކުރުމަށްޓަކައި ކުރި ނުބައި މަސައްކަތްތަކުގެ ނުބައި ނަތީޖާކަމަށެވެ.

ބައެއް ވަކި ވަކި މަސައްކަތްތަކާއި އެކަން ކުރުމަށް ކަނޑައަޅާފައިވާ އަދަދުތައްވެސް ފަލާހު މި ފުރުސަތުގައި ފާހަގަކުރެއްވިއެވެ. އެގޮތުން ބ ކެންދޫގައި ކުރުމަށް ކަނޑައަޅާފައިވާ ތައުލީމީ ދާއިރާގެ ބައެއް މަސައްކަތްތަކަށް ތިން ލައްކަ ރުފިޔާ ބަޖެޓުކޮށްފައިވާއިރު ހަގީގަތުގައި މަޝްރޫޢުއަށް ޖުމުލަ 30 މިލިއަން ހޭދަވެގެންދާނެކަމަށް ފާހަގަކުރެއްވިއެވެ. އޭނާ މި ވާހަކަތައް ދެއްކެވީ މަޖިލީހުގައި އެންމެހާ މެމްބަރުންގެވެސް ހާޒިރުގައިކަމަށްވާއިރު މިއީ ވެރިކަމަށް އައުމުގެ ބޭނުމުގައި އަމަލުކޮށްފައިވާ ގޮތްކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. ފަލާހު ވިދާޅުވީ މަޝްރޫޢުތައް ނުހިނގާކަމަށް ބުނަމުންދަނީ އިސްވެ ދެންނެވި ގޮތުގެ މަތިން ބަޖެޓުކުރުމަށްފަހުކަމަށެވެ. އެހެންކަމުން މިއީ އޮޅިގެން ވެފައިވާކަމެއް ނޫންނަމަ، ހަގީގަތުގައިވެސް ފަލާހު ވިދާޅުވި ފަދަ ޖަރީމާތަކެއް އެ ޕާޓީއިން ހިންގީތޯ ސުވާލު އުފެދެއެވެ.

މިކަމުގެ އިތުރު މައުލޫމާތުތަކަށް ބަލާއިރު، މަޝްރޫޢުތައް ހަވާލުވެފައިވާ ފަރާތްތަކުން އެ މަސައްކަތްތައް ކުރިއަށް ނުގެންގޮސް ތިބި މައްސަލަވެސް ފާހަގަކުރެވެއެވެ. ސަރުކާރުގެ ފަރާތުން ހާމަކުރާގޮތުން މިފަދަ ގޮތަކަށް އަމަލުކުރުމުގެ ސަބަބުން އައު ކޮންޓްރެކްޓަރުން ހޯދައި، މަސައްކަތްތައް ހަވާލުކޮށް އެޑްވާންސް ދީގެން މަސައްކަތްތައް ކުރިއަށް ގެންދަންޖެހުމުގެ ދަތިކަމާއިވެސް ކުރިމަތިލާންޖެހިފައިވެއެވެ. ތުހުމަތުކުރާގޮތުން އެމްޑީޕީއިންވަނީ އެ ޕާޓީގެ އެކްޓިވިސްޓުންނާއި ޕާޓީއަށް ފަންޑުކުރާ ފަރާތްތަކަށް ޕްރޮޖެކްޓުތައް ހަވާލުކޮށްފައެވެ. މިކަން ކުރީ އެޑްވާންސް ފައިސާ ނެގުމުގެ ބޭނުމުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދުވަނީ ތުހުމަތުކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: