ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒުގެ ފިޔަވަޅުތަކާއިމެދު ނުތަނަވަސްކަން އޮތަސް، މިކަންކަން މުސްތަގުބަލު އުޖާލާކޮށްދޭނެ: ޝުޖާއު

ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކާ މެދު ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، މި ސިޔާސަތުތަކުގެ ސަބަބުން ޤައުމުގެ މުސްތަޤްބަލު އުޖާލާވެގެންދާނެ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) އިން ކުރިއަށްގެންދިޔަ މެންބަރޝިޕް ޑްރައިވްގައި މީޑިއާއާ ބައްދަލުކޮށް ވާހަކަދައްކަވަމުން ޝުޖާޢު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ޙަވާލުވިއިރު ޤައުމުގައި ގިނަގުނަ ގޮންޖެހުންތަކެއް ހުރި ކަމަށެވެ. އަދި ކުރީގެ ސަރުކާރުތަކުން ޙައްލުކުރަން ނުކެރި ހުރި މައްސަލަތައްވެސް ރާއްޖޭގައި ހުރި ކަމަށް ޝުޖާޢު ފާހަގަކުރެއްވިއެވެ.

ޝުޖާޢު ފާހަގަކުރެއްވި މައްސަލަތަކުގެ ތެރޭގައި މަސްތުވާތަކެތީގެ ވަބާއާއި، ގޭންގުޭންގު މާރާމާރީއާއި، ރާއްޖެއަށް ލިބޭ ބޭރު ފައިސާގެ މަންފާ ރައްޔިތުންނަށް ނުލިބޭ މައްސަލަ ހިމެނެއެވެ. މީގެ އިތުރުން، ވޭޕިންގގެ މައްސަލައަށް ސަރުކާރުން ޙައްލު ހޯދައިދިން ކަންވެސް ޝުޖާޢު ފާހަގަކުރެއްވިއެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒު މި ނަންގަވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން، އަދި ވަކިން ހާއްސަކޮށް، ދާދި މިދާކަށް ދުވަހު ސްކޫލު ކުދިންނާއި އަދި ވަރަށް ގިނައިން ޕޭރެންޓުންނާއި އާންމު ރައްޔިތުންގެ އެންމެ ބޮޑު، ކަންބޮޑުވުމަކަށް ވެފައި އޮތް މައްސަލަ، ވޭޕް މަނާ ކުރުމާއި މިފަދަ، އަޅުގަނޑުމެންގެ މުޖުތަމައުގައި ހުރި ވަރަށް މުހިންމު މައްސަލަތަކަކަށް ހައްލުތައް ހޯދައިދިނުމުގެ މަސައްކަތްތައް، ގާނޫނަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނެސްގެން ކުރެވެމުންދާއިރު ހުންނާނެ ނުތަނަވަސްކަމެއް. މި ނުތަނަވަސްކަމަކީ މާދަމާގެ މުސްތަގުބަލަށްޓަކައި އަޅުގަނޑުމެން އަޅާ ފިޔަވަޅުތަކެކޭ.

ޝުޖާއު ވިދާޅުވިއެވެ.

ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކާއިމެދު، ނުތަނަވަސްކަން އޮތަސް މިއީ މުސްތަގުބަލަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކެއްކަމަށް ޝުޖާއު ވިދާޅުވިއެވެ. މި ބަދަލުތަކުގެ ސަބަބުން ރައްޔިތުންނަށް ކުރިއަށް އޮތް ތަނުގައި ހިނިތުންވުން ލިބިގެންދާނެކަމަށް ޝުޖާއު ވިދާޅުވިއެވެ.

މި ސަރުކާރުގެ ފިޔަވަޅުތަކުގެ ސަބަބުން ހުދު އެބޭފުޅުންނަށްވެސް ދަތިތައް އެބަހުރިކަމަށް ވިދާޅުވިއެވެ. މިހެން ކަންއޮތްއިރު، އެވަރުގެ ފިޔަވަޅުތަކެއް އަޅަން ކެރޭ ވެރިއަކަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވީތީ ފަހުރުވެރިވާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: