ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޭންޑްޔޫސް ޕްލޭން ބަދަލުވުމުން، ގުޅިފަޅު ގޯތިތަކުގެ ގުރުއަތު އަލުން ލަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ގުޅީފަޅުގެ ބިން ބެހުމުގައި އައު ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ނިންމައިފިއެވެ. މި ބަދަލުތަކާ ގުޅިގެން، ކުރިން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ އަލުން ގުރުއަތުލުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ހައުސިންގ މިނިސްޓްރީން އާންމުކުރި މަޢުލޫމާތުގައިވާ ގޮތުން، ގުޅީފަޅުގެ އައު ”ލޭންޑް ޔޫސް ޕްލޭން“ އާ ގުޅިގެން، ކުރިން ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ލޮކޭޝަނަށް ބަދަލު އައިސްފައިވެއެވެ. މި ބަދަލާ ގުޅިގެން، އަލުން ގުރުއަތުލުމެއް 29 އޮކްޓޫބަރު 2024 ވާ އަންގާރަ ދުވަހު ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ގުރުއަތުލުމުގައި ބައިވެރިވާނީ:
1. ކުރިން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތައް
2. މިހާތަނަށް ގުޅީފަޅުން ގޯތި ހަވާލުކޮށްފައިވާ ފަރާތްތައް
3. ގިރާވަރު ފަޅުން ލިބިފައިވާ ގޯތިތައް ގުޅީފަޅަށް ބަދަލުކުރުމަށް އެދުނު ފަރާތްތައް

ގުޅީފަޅުން ދޫކުރެވޭ ގޯތިތަކުގެ ތަފްޞީލް:
• 1250 އަކަފޫޓުގެ 669 ގޯތި
• 1650 އަކަފޫޓުގެ 1234 ގޯތި
• 2050 އަކަފޫޓުގެ 916 ގޯތި
• 2450 އަކަފޫޓުގެ 473 ގޯތި
• 2850 އަކަފޫޓުގެ 158 ގޯތި
• 3250 އަކަފޫޓުގެ 49 ގޯތި
• 3650 އަކަފޫޓުގެ 21 ގޯތި

ގުރުއަތުލުމުގެ ކަންކަން ކުރިއަށް ގެންދާނީ ހައުސިންގ މިނިސްޓްރީން އެކުލަވާލާފައިވާ ލިސްޓުގައިވާ ތަރުތީބުން، މިނިސްޓްރީން ކަނޑައަޅާފައިވާ މުވައްޒަފުންނެވެ. ބިން ލިބޭ ފަރާތްތަކަށް ގުރުއަތުލުން އޮންނަ މާލަމަށް ވަދެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

ބިން ލިބޭ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ހާޒިރުވާން ބޭނުންވާނަމަ، ބިން ލިބޭ ފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމަކާއި އައިޑީ ކާޑުގެ ކޮޕީއަކާއެކު ހާޒިރުވުމަށް މިނިސްޓްރީން އިލްތިމާސް ކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: