ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ކައުންސިލްތަކަށް ފަޅުރަށްތައް ދޫކުރުމުގެ އެންމެ ބޮޑު ބޭނުމަކީ މާލީގޮތުން ބާރުވެރި ކުރުވުމަށް ލޯކަލް ގަވަމަންޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
ފަޅުރަށްރަށް ހޯދުމަށް ކައުންސިލްތަކުން ހުށައެޅި ޕްރޮޕޯސަލް ވަޒަން ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ ރައީސްގެ ސިޔާސަތުތަކާ، ކައުންސިލުތަކުން ކުރެވޭ މަސައްކަތްތައް އެއް ގޮތްވުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށެވެ.
ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރެވޭނެ ގޮތެއްގެ މަތީން ކައުންސިލްތަކުން ކުރަމުންދާ މަސައްކަތްތައް ބަލައިގަންނަކަން ފާހަގަކޮށް އާދަމް ޝަރީފް ވިދާޅުވީ، ރައްޔިތުންނަށް މަންފާވާނެ ހުރިހާ ގޮތެއް ހޯއްދަވައިދެއްވާނެ ކަމަށެވެ. ރަށްރަށުގެ ރައްޔިތުން ވަރަށް އުފާވާނެ އެރަށެއްގެ ރައްޔިތުންނަށް ނުވަތަ ކައުންސިލަށް ކަމަށް ވިޔަސް އަދި ރައްޔިތުންނަށް އޭގެ ނަފާލިބޭނެ ގޮތަށް ފަޅުރަށެއް އެރަށަކަށް ނިސްބަތްވާ ގޮތަށް އޮތުމަކީ އަޅުގަނޑު ދެކޭގޮތުގައި އެރަށެއްގެ ބަޔަކަށް ވަރަށް ބޮޑު ހިންހަމަޖެހުމެއް އަދި އުފާވެރިކަންލިބިގެންދާނެ
މިނިސްޓަރ ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ ރައީސް މުއިއްޒުގެ އިސްނެންގެވުމުގެ މަތީން ކައުންސިލްތަކަށް ފަޅު ރަށްތައް ދޫކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވުން ކަމަށެވެ. ކޮންމެ ރަށެއްގެ ރައްޔިތުން ވެސް، އެ ބައެއްގެ ފަސްގަނޑަށް ކުރިއެރުމާއި ނަފާ ބޭނުންވާއިރު ފަޅު ރަށެއް އެ ރަށަކަށް ނިސްބަތްވާ ގޮތަށް އޮތުމުން ރައްޔިތުންނަށް ހިތްހަމަޖެހުން ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ އިތުރަށް ފާހަގަ ކުރެއްވިގޮތުގައި ފަޅުރަށްތައް ކައުންސިލްތަކާއި ހަވާލު ކުރުމުން އެކަމުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް އުފާފާގަތިކަން ލިބި ރަށްރަށުގެ ރައްޔިތުން ބޭނުންވާ ތަރައްގީ އެރަކަށް ގެނައުމަށް މަގުފަހިވެގެން ދާނެ އެވެ.
ކުރެވޭނެ ވަަރަށް ގިނަ މަސައްކަތްތައް އަދި ވަރަށް ގިނަ ފުރުސަތު އޮތްކަމެއް މިކަމަކީ މިއީ ރައީސުލްޖުމުހުރިއްޔާ ކައުންސިލްތަކަަށް ހުޅުވާލަދެއްވި ވަރަށް މުހިންމު ފުރުސަތެއް
މިނިސްޓަރ ވިދާޅުވިއެވެ.
ފަޅުރަށްރަށް ހޯދުމަށް މިކަމަށް ޝައުގުވެރިކަން ފާޅުކުރި 3 ރަށުކަންސިލް އަކުން ހުށައެޅި ޕްރޮޕޯސަލްތައް އެވެލިއުއޭޓު ކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. އެކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ ކައުންސިލްތަކާއި ފަޅު ރަށްތައް ހަވާލު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެކަމަށެވެ.

