ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޮމެއިންގެ ހިދުމަތް މޮނިޓަރ ކުރާނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަކީ އަމާޒެއް: ޓްރާންސްޕޯޓް

އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތައް ގެންދިއުމަށް ދިން ބިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޑޮމެއިންގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާއިރު ރެކޯޑުތައް ބަލަހައްޓާ އަދި މޮނިޓަރ ކުރާނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަކީ މިނިސްޓްރީގެ އެއް އަމާޒުކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެއްގަމުގައި ދުއްވާ އުޅަނދުތަކުގައި ބޭނުންކުރާ ޑޮމެއިން ނަންބަރުތަކާއި ގުޅޭ ގިނަ މަސައްސަލަތަކެއް ފެންމަތި ވުމާއިއެކު ނިމިދިޔަ ރިޔާސީ ދައުރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވަނީ މިނިސްޓްރީން ފޯރުކޮށްދެމުން ގެންދިޔަ ޑޮމެއިންގެ އެންމެހާ ހިދުމަތްތައް އެ މައްސަލަތަކާއިމެދު ވަކި ގޮތެއް ނިމެންދެން ހުއްޓުވާފައި ކަމަށެވެ.

މި ހިދުމަތަކީ ދިވެހިންގެ މެދުގައި އަދި ވަކިން ހާއްސަކޮށް ޒުވާނުންގެ މެދުގައި ނުހަނު މަގުބޫލުކަން ލިބިފައިވާ އަދި ޑޮމެއިން ގަތުމަށާއި ގުޅުންހުރި ހިދުމަތް ހޯދުމަށް އެފަރާތްތަކުން ބޮޑެތި ހޭދަސަތައްވެސް ކޮށްފައިވާ ހިދުމަތެއްކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އެހެންކަމުން މި ހިދުމަތުގެ މައްސަލަތަކަށް އަވަސް ހައްލެއް ގެނެސް ހިދުމަތް ފެށުމަށްޓަކައި ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކައްތައް ކުރައްވާ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެހެންނަމަވެސް ޑޮމެއިންގެ ހިދުމަތް ފެށުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ވޭތުވެދިޔަ ތަނުގައި ޑޮމެއިންގެ ރެކޯޑުތައް ހަރުދަނާ ގޮތެއްގައި މިނިސްޓްރީގައި ބެހެއްޓިފައި ނެތުމާއި ހިދުމަތް ފޯރުކޮށްދިނުމުގައި އަމަލުކުރާނެ ހަރުދަނާ އުސޫލުތަކެއް އެކުލަވާލައިފައި ނެތުން ކަމަށް ޓްރާންސްޕޯޓުން ވަނީ ފާހަގަކޮށްފައެވެ.

ޑޮމެއިންގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާއިރު ރެކޯޑުތައް ބަލަހައްޓާ އަދި މޮނިޓަރ ކުރާނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށާއި، ކުރިމަގުގައި ދިމާވެދާނެ މައްސަލަތައް މަދުކުރުމަށްޓަކައި، އެކަށީގެންވާ ހަރުދަނާ އަދި ފުރިހަމަ ގަވާއިދެއް އެކުލަވާލައި އެ ގަވާއިދާ އެއްގޮތަށް ދެމެހެއްޓެނިވި ގޮތެއްގައި ޑޮމެއިންއާ ގުޅޭ ހިދުމަތް ފޯރުކޮށްދިނުމަކީ މިނިސްޓްރީގެ އެއް އަމާޒުކަމަށް ވަނީ ބަޔާނުގައި ފާހަގަކޮށްފައެވެ. އެހެންކަމުން ވޭތުވެދިޔަ 10 މަހުގެތެރޭގައި ކުރެވުނު މަސައްކަތުން އެކަށީގެންވާ ކުރިއެރުންތަކެއް ލިބިފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން ބަޔާނުގައި ވަނީ މައްސަލަތައް ހައްލުކުރުމަށްޓަކައި މިނިސްޓްރީން ފަށާ މަސައްކަތުގެ ތެރޭގައި އެއްވެސް ފަރާތެއްގެ ހައްގަކަށް އުނިކަމެއް އަންނާނެ ކަމެއް އެކުލެވިގެން ނުވާނެ ކަމުގެ ޔަގީންކަން ވަނީ އަރުވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: