ރާއްޖެއަށް ޑިމޮކްރަސީ ތަޢާރަފުކުރުމަށް ކުރި މަސައްކަތުގައި ބަހުގެ ދަރަޖަތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ށ. އަތޮޅު ކަނޑިތީމުގައި އިއްޔެ ބޭއްވި ށ. އަތޮޅުގެ ސްކޫލުތަކަށް ހުޅުވާލައިގެން ބޭއްވި ފުރަތަމަ ވާހަކަދެއްކުމުގެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން،ނެވެ.
ވަޒީރު އާދަމް ޝަރީފު ވިދާޅުވި ގޮތުގައި، ބަހުގެ ދަރަޖަތަކީ މުހިންމު ނޫން ބައެއް ކަމަށް އަޑުތައް ފަތުރައި، އެ ސިޔާސަތު ފަތުރައި ހިންގުމަކީ ދަރަރަޖަތަކަށް ނުހަނު ބޮޑު ހީނަރުކަމެއް ލިބުނު ކަމެކެވެ. އަދި ބަހުގެ ދަރަޖައޖައަކީ ބޭނުމެއް ނެތް އެއްޗެއްޗެއް ކަމަށް އޭރުވެސް އަދި މިހާރުވެސް ވަކާލާތުކުރާ ބަޔަކު މި ރާއްޖޭގައި ތިބުމަކީ، ބަހުގެ ދަރަޖަތައް އޮޅި މި ހާލަތަށް ދިޔުމަށް ކުރިމަތިވި ސަބަބު ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، ބަހުގެ ދަރަޖަތައް މުހިންމު ވަނީ ހަމައެކަނި ބަޔަކަށް މަތިވެރި މަޤާމެއް ދިނުމަށް އެކަނި ނޫނެވެ. ބަހުގެ ދަރަޖަތައް ނުހިފަހައްޓައިފިނަމަ، މީހުން ދައްކާ ވާހަކަތައް ފަހުމުވުމުގައިވެސް އޮޅުންތަކެއް އަރާނެއެވެ.
މި ރަސްމިއްޔާތުގައި ވަޒީރު ވަނީ ސްކޫލުތަކުން ޚާއްޞަ ސަމާލުކަމެއް ދީގެން ބަހުގެ ދަރަޖަތައް ދަރިވަރުންނަށް ދަސްކޮށްދިނުމަށް ގޮވާލައްވާފައެވެ. އަދި އެކަމުގެ ސަބަބުން މާދަމާ ޤައުމުގެ ބޮޑެތި މަޤާމުތަކާއި ވަޒީފާތަކާ މިއަދުގެ ކިޔަވާކުދިން ހަވާލުވާއިރު، އަޑުއަހަން ތިބޭ މީހު މީހުންނަށް ބަހުގެ ދަރަޖަތައް އެނގިގެން ކުރިއަށްދާތަން ވަރަށް ފަސޭހައިން ފެންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ރަސް ރަސްމިއްޔާތުގައި ށ. އަތޮޅު ކައުންސިލުގެ ރައީސާއި، އެ ކައުންސިލުގެ މެންބަރުންނާއި، ކަނޑިތީމު ކައުންސިލުގެ މެންބަރުންގެ އިތުރުން ށ. އަތޮޅު ސްކޫލުތަކުގެ ވެރިންނާއި، މުދައްރިސުންނާއި، ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވެފައިވެއެވެ.

