ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހާލު ކިހިނެއް ޕްރޮގްރާމް ބ. އޭދަފުށީގައި ފަށައިފި

އިޖުތިމާޢީ އަދި ޢާއިލީ ތަރައްގީއާއި ބެހޭ ވުޒާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޢާއިލާތަކުގެ ހާލަތު ރަނގަޅު ކުރުމާއެކު، އިޖުތިމާޢީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ”ހާލު ކިހިނެއް؟“ ޕްރޮގްރާމް ބ. އޭދަފުށީގައި ފަށައިފިއެވެ.

ބ. އޭދަފުށީގައި ކުރިއަށް ގެންދިޔަ ހާލު ކިހިނެއް ޕްރޮގުރާމްގެ ތެރެއިން 150 އަށް ވުރެން ގިނަ ގޭބިސީއަށް އެ މަަސައްކަތުގައި ހަރަކާތްތެރިވާ ޓީމުން ވަނީ ޒިޔާރަތްކޮށްފައެވެ.

މި ޕްރޮގްރާމުގެ މަޤްސަދަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ތިބި ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް، އެމީހުންގެ ހާލު ބަލައި، މުޖުތަމަޢުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވުމެވެ.

ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި، ރައްޔިތުންނަށް ޚިދުމަތްދޭ މުއައްސަސާތަކާއި، ކަމާގުޅުންހުރި އިދާރާތަކާއި އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއެކު އެ ވުޒާރާއިން ދަނީ ގިނަ މަސައްކަތް ކުރަމުންނެވެ. އަދި އަމާޒަކީ ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ގެތަކަށް ޒިޔާރަތްކޮށް، ދައުލަތުގެ ޚާއްސަ ސަމާލުކަމާއި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަތުމެވެ. އަދި އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

”ހާލު ކިހިނެއް؟“ ޕްރޮގްރާމުގެ ދަށުން މިހާތަނަށް ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ބޭސްފަރުވާގެ އެކި މައްސަލަތައް ވަނީ ފާހަގަކުރެވިފައެވެ. އެ ވުޒާރާއިން ބުނެފައިވަނީ، ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޭސްފަރުވާގެ އެކި މައްސަލަތަކަށްވާއިރު، އޭގެ ތެރޭގައި ޑޮކްޓަރަށްދެއްކުމުގައި ދިމާވާ މައްސަލަތަކާއި، ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމަށް އެޕޮއިމެންޓް ހެއްދުމާއި އަދި ބޭސް ސިޓީ އާކުރުމުގައި ދިމާވާ ދަތިތައް ހިމެނޭ ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ.

އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާއި އެއްގޮތަށް، ރައްޔިތުންގެ ހާލަތު ދެނެގަނެ، އެކަކު އަނެކެއްގެ ހާލު ބަލައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ރީތި ސިފަތައް ދިވެހި މުޖުތަމަޢުގައި އަށަގެންނެވުމަކީ ސަރުކާރުގެ އަމާޒެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: