ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ 6 ބިދޭސީއިން ރާއްޖެ ނާދެވޭގޮތަށް ޑިޕޯޓުކޮށްލައިފި

ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ 6 ބިދޭސީން ރާއްޖެ ނާދެވޭގޮތަށް ޑިޕޯޓުކޮށްލުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ 6 ބިދޭސީން ރާއްޖެ ނާދެވޭގޮތަށް ޑިޕޯޓުކޮށްލައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، އިތުރު 3 ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާ ބިދޭސީން ހޯދާ ފިޔަވަޅުއެޅުމަށް މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތުންވަނީ ޚާއްސަ އޮޕަރޭޝަނެއް ފައްޓަވާފައެވެ. މިގޮތުން މިމަހުގެ ތެރޭގައި މިފަދަ 5 މައްސަލައަކާއި ގުޅިގެން ބިދޭސީ 7 އަންހެނުން އަދި އޭޖެންޓުންގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ ބިދޭސީ 2 ފިރިހެނުންވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިކަމަށް އެއިދާރާއިން ބުންޏެވެ. އަދި މިމައްސަލަ ތަޙުގީގުކޮށް މީގެތެރެއިން 5 އަންހެނުންނާއި 1 ފިރިހެނަކު އަނބުރާ ރާއްޖެ ނާދެވޭގޮތަށް ޑީޕޯޓުކޮށްލާފައިވާކަމަށް އިމިގްރޭޝަނުންވަނީ ހާމަކުރައްވާފައެވެ. އަދި މިމައްސަލައިގައި ހިމެނޭ އަނެއް 3 ބިދޭސީންވެސް ޑީޕޯޓުކުރުމުގެ މަސައްކަތް އިމިގްރޭޝަނުންދަނީ ކުރަމުންނެވެ.

ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ހިންގި އޮޕަރޭޝަނެއްގައި ހޮނިހިރު ދުވަހުވެސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް 5 ބިދޭސީއަކުވަނީ ގެންގޮސްފައެވެ. އެގޮތުން މާލޭގައި ކުރިއަށްގެންދިޔަ ރެއިޑުގައި 3 ކެފޭއެއް ބަލައި ފާސްކޮށް ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ 5 ބިދޭސީންވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް މުޅި ރާއްޖެ ހިމެނޭހެން ސަރުކާރުން ގެންދަވަނީ ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން އަތޮޅު ތެރޭގެ ރަށްރަށުގައިވެސް މިފަދަ އޮޕަރޭޝަންތައް ދަނީ ހިންގަމުންނެވެ. މިގޮތުން ކ.ގުރައިދޫއިން ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 39 ބިދޭސީއަކުވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ގަވާއިދާ ޚިލާފަށް ރަށްރަށުގައި އުޅެމުންދާ ބިދޭސީން ހޯދާ ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް ސަރުކާރުންގެންދަވަނީ ކުރައްވަމުންނެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގައިވާ ބިދޭސީންގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: