ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޒްރޭލުން އަންރާ މަނާކުރުމަށް ފާާސްކުރި ޤާނޫނާއެކު ގާޒާއަށް އެހީ ވެއްދުމަށް އިތުރު ހުރަސްތަކެއް

ޣައްޒާގެ ސަރަހައްދެއް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިޒްރޭލުގެ ޤާނޫނު ހަދާ މަޖިލީހުން ވަނީ ފަލަސްތީނަށް އެހީ ފޯރުކޮށްދިނުމަށް އެންމެ އިސްކޮށް ޙަރަކާތްތެރިވާ އދ ގެ ޖަމިއްޔާ، އަންރާ (ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވަރކްސް އޭޖެންސީ) އިޒްރޭލުގައި ޙަރަކާތްތެރިވުން މަނާ ކުރުމަށް ޤާނޫނުތަކެއް ފާސްކުރުމަށް ނިންމައިފިއެވެ.

މި ޤާނޫނު ފާސްކުރުމާއެކު، އިޒްރޭލާއި އިޒްރޭލުން ހިފާފައިވާ އިރުމަތީ ޤުދުސްގައި އަންރާގެ ޙަރަކާތްތައް ކުރިއަށް ގެންދިއުން މަނާވެގެންދާނެއެވެ. އަދި މީގެ އިތުރުން، އަންރާގެ މުވައްޒަފުންނަށް އިޒްރޭލުގެ އޮފިޝަލުންނާ މުއާމަލާތްތައް ކުރުން މަނާވެގެންދާނެއެވެ. ހަމައެހެންމެ، ގާޒާއާއި ހިފާފައިވާ ހުޅަނގު އައްސޭރީގައި އަންރާއިން ހިންގާ ޙަރަކާތްތަކަށްވެސް މުޅިން ހުރަސް އެޅިގެންދާނެކަމަށް ބީބީސީއިން ވަނީ ރިޕޯޓު ކޮށްފައެވެ.

އަންރާއަކީ ފަލަސްތީނަށް އެހީ ވެއްދުމަށް ޙަރަކާތްތެރިވާ އދ ގެ މައި ޖަމިއްޔާއެވެ. ނަމަވެސް، މީގެ ކުރިންވެސް އިޒްރޭލުން ވަނީ އަންރާގެ އެކިއެކި އެހީގެ އޮޕަރޭޝަންތަކަށް ހުރަސް އަޅައި، އަންރާގެ މުވައްޒަފުންނާއި ވަސީލަތްތަކަށް އަމާޒުކޮށް ޙަމަލާތައް ދީފައެވެ.

މިހާރު އިޒްރޭލުން މި ފާސްކުރި ޤާނޫނުގެ ސަބަބުން އަންރާގެ މުވައްޒަފުންނަށް އިޒްރޭލުގައި ޤާނޫނީ ހިމާޔަތެއްވެސް ނޯންނާނެ ކަމަށް ބޭރުގެ ނޫސްތަކުން ވަނީ ފާހަގަކޮށްފައެވެ. އަދި އިރުމަތީ ޤުދުސްގައި ހުންނަ އަންރާގެ މައި އޮައި އޮފީސްވެސް ބަންދު ކުރެވިގެންދާނެކަމަށް ބެލެވެއެވެ.

މި ޤާނޫނު ފާސްކުރުމާއެކު، ގާޒާއަށް އެހީ ފޯރުކޮށްދިނުމަށް އިތުރު ހުރަސްތަކެއް ކުރިމަތިވެގެންދާނެކަމަށް ބެލެވެއެވެ. މިކަމާ ގުޅިގެން އދ އިންނާއި އެހެނިހެން ބައިނަލްއަޤްވާމީ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، މި ޤާނޫނުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބޭނެ އިންސާނީ އެހީތެރިކަމަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: