ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަތޮޅު ކައުންސިލްތަކުގެ ވެރިން ކަނޑައެޅުމުގެ ބާރުވެސް ރައީސަށް ދޭން ޖެހޭ: އައިބީ

ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ)
ޝެއާރކޮށްލާ ކަހަލަދޯ؟

އަތޮޅު ކައުންސިލްތަކުގެ ވެރިން ކަނޑައެޅުމުގެ ބާރުވެސް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒަށް ދެއްވަން ޖެހޭކަމަށް ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން، ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު ހުށައަޅުއްވާފައިވާ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ދީދީ ވަނީ އެ ބިލަށް އޭނާ ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ.

މި އިސްލާހު އޮތީ އޭސީސީގެ ރައީސް އައްޔަނުކުރުމުގެ ބާރު ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުއަށް ލިބިވަޑައިގަންނަވާ ގޮތަށެވެ.

މީގެ ކުރީގައި މިކަން އޮތް ގޮތަށް ކުރުމާއި، މިހާރު ހުށައަޅާފައިމިވާ ގޮތަށް ކުރުމަކުން މާ ބޮޑު ތަފާތެއް ނެތްކަމަށް މެންބަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ ބޭނުންވާ ބޭފުޅަކު މިފަދަ މަގާމުތަކަށް އައްޔަނުކުރެވޭ ގޮތަށް އޮތުމަކީ އެންމެ ރަނގަޅު ގޮތްކަމަށެވެ. މިފަދަ ހުރިހާ މަގާމަކަށް މީހުން އައްޔަނުކުރުމުގެ ބާރު ރައީސްއަށް ދޭ ގޮތަށް ބަދަލު ގެނައުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

ކޮމިޝަންތަކުގެ ވެރިންނަށް ރައީސްއޭ ކިޔުމުން އެއީ ވަކި މާ ހާއްސަ ބައެއްގެ ގޮތުގައި ހީވާކަމަށް ފާހަގަކޮށް މެންބަރު ވިދާޅުވީ، މިތަންތަން ހިންގަނީވެސް ރާއްޖޭގެ ރައްޔިތުން އެދޭ ގޮތަކަށް ނޫންކަމަށެވެ. އޭގެ ބަދަލުގައި ހިންގުން ބައްޓަން ކުރަނީ އަމިއްލައަށް ބޭނުންވާ ގޮތަށްކަމަށް ވިދާޅުވިއެވެ.

ދެން އަނެއް ކަމަކީ މި މަޖިލީހަށް މިސާލަކަށް ހުށައަޅާ، މަޖިލީހުން ފާސްކޮށްގެން ކޮމިޝަނަށް ގޮސްފަ ތިބޭ މެންބަރުންނަކީވެސް ހަމަ ރައީސުލްޖުމްހުރިއްޔާ ތާއީދު ކޮށްގެން ރުހުމާއިއެއްކޮށް ދާ މެންބަރުން.

އިބްރާހީމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ކޮމިޝަންތަކަށް މެންބަރުން އައްޔަނުކުރާ ގޮތަށް އޮންނައިރު، ގިނަ ފަހަރު މަޖިލީހުގައި އޮންނަނީ ސަރުކާރުގެ މެޖޯރިޓީކަމަށްވުމުން، ހަމަ އައްޔަނުކުރެވިގެންދަނީ ރައީސުލްޖުމްހުރިއްޔާގެ ތާއީދު އޮންނަ މީހަކުކަމަށް އޭނާ ވިދާޅުވިއެވެ.

ދީދީ ވިދާޅުވީ އެހެންކަމުން މާ ބޮޑު ތަފާތެއް ނެތްކަމަށެވެ. ކުރިން އޮތް ގޮތަށް ކަންތައް ކުރުމުން ގިނަވެގެންދިޔައީ މައްސަލަތައްކަމަށް ވިދާޅުވިއެވެ.

އަތޮޅު ކައުންސިލްތަކުގެ ވެރިންވެސް ކަނޑައެޅުމުގެ ބާރު ރައީސަށް ދެއްވަން ޖެހޭކަމަށް ވިދާޅުވެ، ދީދީ ސުވާލުއުފެއްދެވީ މިހާރު އޮތް ގޮތަށް އަތޮޅު ކައުންސިލްތަކަށް ބޭފުޅުން ލައިގެން އަތޮޅުތައް ހިންގޭތޯއެވެ. ކަތީބު ޒަމާނުގައި ކަން ހިނގައި ދިޔަ ގޮތް މާ ރަނގަޅުކަމަށާއި، ކަންކަން ކުރެވޭނީ ސަރުކާރަށް ލިބޭ އާމްދަނީއާއި، ސަރުކާރަށް ކޭޓާ ކުރެވޭނެ ކަންކަންވެސް ބަލައިގެންކަމަށާއި، ނަމަވެސް މިހާރު ކަން ކުރަނީ އެމީހަކު ހިތުހުރި ގޮތަކަށްކަމަށް ވިދާޅުވިއެވެ.

ދީދީ ވިދާޅުވީ ގައުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ބޭނުންވާނަމަ، މެޖޯރިޓީ ރައްޔިތުންގެ ތާއިދާއިއެކު ވެރިކަމަށް އަންނަ ބޭފުޅާއަށް މިފަދަ ބާރުތައް ދޭން ޖެހޭކަމަށެވެ.

ބިލިއަނުން ރައްޔިތުންގެ ފައިސާއަށް ވެިރން ހިޔާޏާތްވެފައިވާއިރު، މި ކޮމިޝަންތަކުގެ ޒިންމާ އަދާ ކުރެވިފައި ނެތްކަމަށް ދީދީ ވިދާޅުވިއެވެ. އޭސީސީގެ ސަބަބުން ބައެއް މައްސަލަތައް ބެލުމުގައި ފުލުހުންނަށްވެސް ހުރަސް އެޅޭކަމަށް ދީދީ ވިދާޅުވިއެވެ. ޖިނާއީ ހުރިހާ ކުށްތަކެއް ތަހުގީގު ކުރުމުގެ ބާރު ފުލުހުންގެ މުއައްސަސާއަށް ދޭން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: