ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމިޝަންތަކުން ޤާނޫނު އަސާސީގެ ބޭނުން ހެޔޮ ގޮތުގައި ހިފަންޖެހޭ: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮމިޝަންތަކުން ޤާނޫނު އަސާސީން ލިބިދީފައިވާ ބާރުތައް ހެޔޮ ގޮތުގައި ހިފަން ޖެހޭކަމަށް ބާރަށު ދާއިރާގެ މެމްބަރ އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނާއި، އިލެކްޝަންސް ކޮމިޝަނަށް ވެރިން އައްޔަނު ކުރުމުގެ ބާރު ރައީސަލަށް ލިބިދޭ ގޮތަށް ހުށަހެޅި އިސްލާހުގެ ތެރެއިން މަޖިލީހުގައި މިއަދު ބަހުސްކޮށްފައި ވަނީ އޭސީސީގެ ބިލަށެވެ. ކޮމިޝަންތަކަށް ރައީސާއި، ނައިބު ރައީސުން އައްޔަނު ކުރުމުގައި އަމަލު ކުރަން ޖެހޭ ގޮތް އެކި ގާނޫނުތަކުގައި ތަފާތުވުމުން ސަރުކާރުން އިސްލާހު ހުށަހެޅީ އެއް ހަމަ ކުރުމުގެ ގޮތުންނެވެ.

މި އިސްލާހަށް ބަހުސް ކުރައްވަމުން ޝުޖާއު ވިދާޅުވީ، މުސްތަޤުބަލުގައި ދިވެހިރާއްޖެއިން ކޮރަޕްޝަން ނައްތާލުމާއި ޝައްކުތައް ނެތި ދިއުމަށްޓަކައި ކޮމިޝަންތަކުން ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ކަމަށެވެ. ޝުޖާއު ވިދާޅުވީ ރާއްޖޭގެ ތަރައްޤީގެ ދުވެލި މަޑުވެފައިވާ އެއް ސަބަބަކީ ކޮރަޕްޝަންގެ މައްސަލަތައް ގިނަ ވުމުގެ ސަބަބުން ކަމަށެވެ. އަދި މީހެއްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތެއް ކުރެވުމާއި އެކު ރައްޔިތުންނަށް އެކަން ސާފުކޮށް ދިނުމަކީ މުހިންމުކަމެއްގެ ގޮތުގައި ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ ގައުމުގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު، ފަސް އަހަރު ކުރާ ވެރިއެއްގެ ދައުރު ނިމިގެން ދަނީ އެކައުންޓަށް ޖަމާވެފައި ހުންނަ ގިނަ އަދަދެއްގެ ފައިސާއި އެކު ކަމަށެވެ.

އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، ޤައުމުގެ ރައީސްކަން ކޮށްފަ ހުންނަ މީހަކު ވެރިކަން ނިމޭއިރު، އެމީހެއްގެ އެ ކައުންޓުގައި ހުރޭ 400-500 މިލިއަން ޑޮލަރު، އެހެންވީމަ މިއީ އަޅުގަނޑުމެން ރައްޔިތުންގެ ކަންބޮޑުވުން، ކޮންމެ މީހެއްގެ އެކައުންޓުގައި އެހާ ފައިސާ ހުރީމައި ބެެލެންޖެހޭނެ، ނުބެލެންޔާ މުޅިކޮމިޝަންތައް އެ އޮތީ

މީގެއިތުރުން މަޖިލިސް މެމްބަރުންގެ އެކައުންޓުގައި ވެސް ގިނަ އަދަދެއްގެ ފައިސާ ހުންނަކަމަށް ޝުޖާއު ވިދާޅުވި އެވެ. ގާނޫނުއަސާސީން ދީފައިވާ ބާރުގެ ބޭނުން ކޮމިޝަންތަކުން ހިފުމަށް ގޮވާލައި ޝުޖާއު ވިދާޅުވީ މިއަދު ޤައުމަށް ދިމާވެފައިވާ މައްސަލަތަކަކީ ސިޔާސި ގޮތުން ހިޔާލު ތަފާތު ވުމުގެ ސަބަބުން، އެކަމަށް ރިޔާއަށްކޮށް ކޮމިޝަންތައް ހެދުން ކަމަށެވެ. ޝުޖައު ވިދާޅުވި ގޮތުގައި ކޮމިޝަންތަކަށް ރައްޔިތުންގެ އިތުބާރު ގެއްލިގެން ދާ ސަބަބަކީ މިއީ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: