ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީ ސަރުކާރުން މިލިއަނުން ފައިސާ ދޫކުރި މައްސަލަތައް އޭސީސީ ބަލަން ޖެހޭ: ހުސްނީ

ރައްޔިތުން މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނީ ބޮޑެތި ބާރުތަކެއް ލިބިފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަން ތަހުގީގު ކުރަން ޖެހޭ އެތައް މައްސަލައެއް ހުރިއިރު، ކުރީ ސަރުހާކާރުން ނުހައްގުން މިލިއަނުން ފައިސާ ދޫކުރުން އޭގެ ތެރޭގައި ހިމެނޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް ވިދާޅުވެއްޖެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެރިން އައްޔަނު ކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ނަން ހުށަހަޅުއްވަން ޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅާފައި ވަނީ އެމްޑީޕީ ދެކޭ ގޮތުގައި ނުފޫޒު ފޯރުވުމުގެ ގޮތުންނެވެ. މިނިވަން މުވައްސަސާތަކަށް މެމްބަރުން އައްޔަނު ކުރުމުގައި އަމަލު ކުރަން ޖެހޭ ގޮތް ތަފާތުވުމުން ސަރުކާރުން މި އިސްލާހު ހުށަހަޅާފައި ވަނީ ގާނޫނުތައް އެއްހަމަ ކުރުމުގެ ގޮތުންކަމަށް ބުނެ އެވެ.

މަޖިލީހުގައި ބިލަށް ބަހުސް ކުރައްވަމުން ހުސްނީ ވިދާޅުވީ ކުރީ ސަރުކާރުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިނގާފައި ހުރި ގިނަ ތުހުމަތުތައް އަދިވެސް ތަހުގީގު ނުކުރެވޭ ކަމަށެވެ. މަގާމުގެ ނުފޫޒާއި ބާރު ބޭނުންކޮށްގެން މިލިއަނުން ފައިސާ ދޫކުރި މައްސަލަތައް ފެންމަތިވި ނަމަވެސް މިއަދާއި ހަމައަށް އެއްވެސް ތަހުގީގެއް ނުކުރެވޭކަމަށް އޭނާ ވިދާޅުވި އެވެ.

60 ޕޮލިސް ސްޓޭޝަނެއް އެޅުމަށް ކޮންޓްރެކްޓު ކުރި އިންޑިއާގެ އިންދިރާ ޕްރޮޖެކްޓު ކުންފުނިން ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ އާއިލީ މަސްލަހަތު އޮންނަ ބިގް ކުންފުނީގެ ހިއްސާ ގަތުމަށް ފަހު މާލޭގައި ހުންނަ ގެއެއް އިމާރާތް ކުރަމުންދާކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައި ވާތީ ހުސްނީ ވަނީ އޭސީސީ އެފަދަ މައްސަލަތައް ނުބަލާ ސަބަބާ މެދު ސުވާލު އުފައްދާފަ އެވެ.

ސަރުކާރުން މިހާރު ހުށަހަޅާފައިވާ އިސްލާހަކީ ކޮމިޝަނުގެ ޒިންމާ އަދާކުރުވައި ޖަވާބުދާރީ ކުރުވުމުގެ ނިޒާމެއް ގެނައުމަށް ކުރެވޭ މަސައްކަތެއްކަމަށް ހުސްނީ ވިދާޅުވި އެވެ. އެކަމަކު އޭގެ ބަދަލުގައި ހަގީގަތް އޮޅޭ ގޮތަށް އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ މެމްބަރުން ވާހަކަ ދައްކަވަމުން ގެންދިއުން ހުސްނީ ކުށްވެރި ކުރި އެވެ. އޭނާ ވިދާޅުވީ ކޮމިޝަނަށް ކުރިމަތިލާން ހުޅުވާލުމުން، ހުށަހަޅާ ނަންތައް ތަރުތީބު ކުރައްވައި ނަމެއް މަޖިލީހުގެ ތަޅުމަށް ފޮނުއްވަނީ މިހާރު ވެސް ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.

ގާނޫނު މިހާރު އޮތް ގޮތުން ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް ހިމެނެނީ، މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. އަދި ކޮމިޝަނުގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުން ރައީސާއި ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތްކަމަށް ވެސް ނިންމިދާނެ އެވެ. ސަރުކާރުގެ އިސްލާހުގައި ވަނީ އެ މާއްދާތައް އުނި ކުރުމަށް ހުށަހަޅާފަ އެވެ.

މިތަނުގައި މެމްބަރުން އޮޅުވާލައިގެން ވާހަކަ ދައްކާތީ ހިތާމަ ކުރަން.. ހާއްސަގޮތެއްގައި އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން މި ގެނެވޭ އިސްލާހާއި ގުޅޭގޮތުން، ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ދައްކާތީ.. އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، މިހާރު ވެސް އެންޓި ކޮރަޕްޝަން ކޮމިޝަނަށް މެމްބަރުން އައްޔަނު ކުރުމަށްޓަކައި ނަންތައް ފޮނުވަނީ ރައީސުލްޖުމްހޫރިއްޔާ.. ރައީސުލްޖުމްހޫރިއްޔާ ނަންތައް ފޮނުވުމުން މި މަޖިލީހުން ނަންތައް ފާސްކުރަނީ.. ހަމަ އެގޮތަށް، މި އިސްލާހުގައި ހަމައެކަނި ގެނެވޭ ބަދަލަކީ އެ ކޮމިޝަނަށް އައްޔަނު ކުރާ ރައީސާއި ނައިބު ރައީސްގެ ނަން ވެސް މި މަޖިލީހުގެ ތަޅުމަށް ފޮނުވުމުން.. އެ ކޮމިޝަނަށް އައްޔަނު ކުރާނެ ރައީސަކާއި ނައިބު ރައީސަކަށް ރުހުން ދެވިގެން މިދަނީ.. އެއްވެސް ހާލަތެއްގައި މުތުލަގަށް އޮތް ބާރެއް ނޫން މިއީ

އިސްލާހަށް އެމްޑީޕީގެ މެމްބަރުން ދެކޮޅު ހަދާތީ ސަރުކާރުގެ މެމްބަރުން ނަންގަވަނީ ކުރީ ސަރުކާރުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ރައީސަކު އައްޔަނު ކުރުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް ގެނައި އިސްލާހެވެ. އަދި އޭރު އެމްޑީޕީ ވެސް އިސްލާހު ހުށަހަޅާފައި ވަނީ، މި ސަރުކާރުން ހުށަހަޅާ ސަބަބު ބަޔާންކޮށްކަމަށް ވަނީ ފާހަގަކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: