ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލާ ގުޅިގެން، އައްޔަންކުރެއްވި 3 ވަޒީރުންނަށް ރައްޔިތުން މިޖިލިހުން މިއަދު ރުހުން ދީފިއެވެ.
ރައީސް ޚާރިޖީ ވަޒީރުކަމަށް އައްޔަން ކުރެއްވި، ޑރ. ޢަބްދުﷲ ޚަލީލާއި މާލީ ވަޒީރުކަމަށް އައްޔަން ކުރެއްވި މޫސާ ޒަމީރުގެ އިތުރުން ސިއްޙީ ވަޒީރުކަމަށް އައްޔަންކުރެއްވި ޢަބްދުﷲ ނާޡިމް އިބްރާހީމަށް ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޤުލަބިއްޔަތަކުން ވަނީ ރުހުން ލިބިފައެވެ.
މި އަހަރުގެ ސެޕްޓެމްބަރު 30 ވަނަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ ކެބިނެޓަށް މުހިންމު ބަދަލުތަކެއް ގެންނަވާފައެވެ. މި ބަދަލުތަކުގެ ތެރޭގައި ހިމެނެނީ:
– ކުރީގެ ހާރިޖީ ވަޒީރު މޫސާ ޒަމީރު މާލީ ވަޒީރުގެ މަޤާމަށް ބަދަލުކުރެއްވުން
– ކުރީގެ ސިއްޙީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ހާރިޖީ ވަޒީރުގެ މަޤާމަށް ބަދަލުކުރެއްވުން
– ކުރީގެ ސަރުކާރުގައި ސިއްޙަތާބެހޭ ވުޒާރާ ހިންގެވުމުގައި އިސްކޮށް ހުންނެވި، މިހާރުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމް ސިއްޙީ ވަޒީރުގެ މަޤާމަށް
އެ ތިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކޮށް ބަލައި، އެ ކޮމިޓިންވެސް މައްސަލަ ދިރާސާކުރުމަށްފަހު ނިންމެވީ ތިން ވަޒީރުންނަށް ރުހުން ދިނުމަށެވެ.

