ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާހުތަކުގެ ސަބަބުން އޭސީސީއަށް ނުފޫޒު ފޯރުވުމަށް ރައީސްއަށް ބާރުތަކެއް ލިބިގެން ނުދޭ: ޝަރީފް

މެމްބަރު ޝަރީފް: ފޮޓޯ / މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނަށް ގެންނަން މަސައްކަތްކުރެވޭ އިސްލާހުތަކުގެ ސަބަބުން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާއަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ނުލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މެންބަރު ޝަރީފް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާމެދު ރައްޔިތުންގެ އިތުބާރު ކުޑަވެފައިވާކަން ފާހަގަކުރެވެއެވެ. އެހެންނަމަވެސް، ހުށަހެޅިފައިވާ އިސްލާހުތަކުގެ ސަބަބުން އޭ.ސީ.ސީ ފަދަ މުއައްސަސާތަކުގެ ޒިންމާ އަދާކުރުވވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ގާާނޫނުއަސާސީން މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް އިތުރު ބާރު ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މެންބަރު ޝަރީފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި އިސްލާހުތަކުގެ ސަބަބުން އޭ.ސީ.ސީގެ މައްޗަށް ނުފޫޒު ފޯރުވުމަށް ރައީސުލްޖުމްހޫރިއްޔާއަށް މުޠުލަޤު ބާރުތަކެއް ލިބިގެންދާކަށް ނޫނެވެ. އޭގެ ބަދަލުގައި، ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ވަގުތުން ހުއްޓުވުމަށް ބާރު ލިބިގެންދާނެއެވެ. އަދި ހުށަހެޅިފައިވާ އިސްލާހުތަކުގެ ސަބަބުން އޭ.ސީ.ސީ އިތުރަށް ބާރުވެރިކުރުމަށް މަސައްކަތްކުރުމަށްވެސް ރައީސުލްޖުމްހޫރިއްޔާއަށް މަގުފަހިވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ރާއްޖޭގައި އޮންނަނީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްކަމަށާއި މި އިސްލާހުތަކުގެ ސަބަބުން އޭސީސީގެ މައްޗަށް ނުފޫޒު ފޯރުވުމަށް ރައީސްއަށް މުތުލަގަށް ބާރުތަކެއް ލިބިގެންދަނީ ނޫންކަންވެސް ފާހަގަކުރެއްވިއެވެ. އަދި ދައުލަތް ހިންގުން އޮންނަނީ ރައީސްގެ ޒިންމާއެއްގެ ގޮތުގައިކަމަށްވާއިރު ހުށައެޅިފައިވާ އިސްލާހުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ވަގުތުން ހުއްޓުވުމަށް ބާރު ލިބިގެންދާނެކަމަށެވެ. ރާއްޖޭގެ ވެރިކަމަށް އަންނަ ކޮންމެ ސަރުކާރަކަށް ފަހު ނާޖާއިޒް ގޮތެއްގައި މަންފާތަކެއް ހާސިލުކޮށް މުއްސަނދިވެގެންދާ ފަރާތްތަކެއް ފެނިގެންދާއިރު ގާނޫނުގައި އެކަމާއި ދެކޮޅަށް ފިޔަވަޅުތައް ހުރިކަމަށްވެސް އިޝާރާތްކުރެއްވިއެވެ.

އެހެންނަމަވެސް އެކަންކަން ތަންފީޒު ނުކުރެވޭކަމަށްވުމުން ކޮރަޕްޝަންގެ އަމަލުތައް ހިންގަން އެދޭ ފަރާތްތަކަށް ހިތްވަރު ލިބިގެންދާކަމަށާއި އެހެންކަމުން އަލަށް ހުށައެޅިފައިވާ އިސްލާހުތަކުގެ ސަބަބުން އެކަންކަން ހުއްޓުވުމަކަށް ގެނައުމަށް ހިތްވަރު ލިބިގެންދާނެކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. ޝަރީފް ވިދާޅުވީ، ލިޔެކިއުމުން ހުށަނޭޅިނަމަވެސް ކޮރަޕްޝަނަށް ޝަކުކުރެވޭނަމަ އެކަމެއް ބެލުމުގެ ބާރުވެރިކަން ގާނޫނުތަކުން އޭސީސީއަށް ލިބިދީފައިވާކަމަށެވެ. އެހެންނަމަވެސް އެ މުއައްސަސާ ރަނގަޅަ ނުހިނގާ ކަމަކީ ފެންނަން އޮތް ހަގީގަތެއްކަމަށާއި އެހެންކަމުން އެއިރެއްގައި ދައުލަތް ތަމްސީލުކުރަން ތިބޭ ބައެއްގެ މައްޗަށް ރައްޔިތުންގެ ތެރޭގައި އޮންނަ އިތުބާރު ގެއްލިގެންދާކަމަށާއި މިއަދު ހުށައެޅިފައިވާ އިސްލާހުގެ ސަބަބުން ރައީސްގެ މައްޗަށް ރައްޔިތުންގެ ފަރާތުން އިތުރު ޒިންމާތަކެއް އެޅިގެންކަމަށެވެ. އަދި ހުށައެޅިފައިވާ އިސްލާހުތަކުގެ ސަބަބުން އޭސީސީ އިތުރަށް ބާރުވެރިކުރުމަށް މަސައްކަތްތައް ކުރުމަށްވެސް ރައީސްއަށް ފަހިވެގެންދާކަމަށެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: