ދައުލަތުގެ އެއްވެސް ބާރެއްގެ ތެރެއަށް ނުފޫޒު ފޯރުވުމަކީ މިއަދާ ހަމަޔަށްވެސް ކުރައްވާފައިވާ ކަމެއް ނޫންކަމަށް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެވެ.
ރައީސް އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދައުލަތުގެ ބާރުތަކާއި ނުވަތަ މިނިވަން މުއައްސަސާއެއްގެ، ނުވަތަ އިންތިޚާބު ކުރެވޭ އެއްވެސް ބައެއްގެ ބާރުތަކުގެ ތެރެއަށް ނުފޫޒެއް ފޮރުވައިފައި ނުވާނެ ކަމަށާއި އަދި ކުރިއަށްއޮތް ތަނުގައި ވެސް އެފަދަކަމެއް ނުކުރައްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ދައުލަތުގެ ބާރުތަކާއި މިިނިވަން މުވައްސަސާތަކުން ޢަދުލުވެރިކަމާއި، އިންސާފާއި، ހަމަހަމަކަމާއެކު، ވަކި މީހަކަށް ބެލުމެއްނެތި ހަލުއި ދުވެލީގައި މަސައްކަތްކުރަމުން ދޭތޯ ކަށަވަރުކުރުމާއި އެ މަގަށް ކަންކަން ބައްޓަން ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް، ޤާނޫނާއި ޤަވާޢިދަށް ގެންނަންޖެހޭ އިސްލާހެއްވާނަމަ އެ އިސްލާޙެއް ގެންނަން ސަރުކާރުން ހުށަހަޅަމުން ގެންދާނެ ކަމަށެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލު ހުށައެޅުމުގެ ބޭނުމަކީ މުސްތަގިއްލު ކޮމިޝަންތަކުގެ ހިންގުން ހަރުދަނާކޮށް ކޮމިޝަންތަކަށް އައްޔަނުކުރާ މެންބަރުންގެ ތެރެއިން އެ ކޮމިޝަންތަކުގެ ރައީސާއި ނައިބުރައީސްގެ މަގާމަށް މެންބަރުން އައްޔަނުކުރުމުގައި އަމަލުކުރަމުން އަންނަ އަސޫލު އެއްހަމަކުރުމަށްޓަކައި ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނާއި އިލެކްޝަން ކޮމިޝަނަށް ވެރިން އައްޔަނު ކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ނަން ހުށަހަޅުއްވަން ޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅުމުގެ ބިލު ވަނީ މަޖިލީހަށް ހުށައަޅާފައެވެ. އެކަމަށް މެމްބަރުން ބަހުސް ކުރައްވާފައިވާއިރު އެމްޑީޕީގެ މެމްބަރުންގެ ފާޑުކިއުން އެކަމަށް އަމާޒުވެގެން ގޮސްފައިވެއެވެ.

