ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓު ސްޕްލިމެންޓު ކުރުމުގެ ކުރިން، މަޖިލީހަށް ހުށަހަޅައި ފާސްކުރި މީއީ ފުރަތަމަ ފަހަރު: އަލީ މޫސާ

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެމްބަރު އަލީ މޫސާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ފަހުގެ ތާރީހެއްގައި ސަޕްލިމެންޓަރީ ބަޖެޓެއް ހަރަދު ކުރުމުގެކުރިން މަޖިލީހަށް ހުށައަޅައިގެން ފާސްކުރި މިއީ ފުރަތަމަ ފަހަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެމްބަރު އަލީ މޫސާ ވިދާޅުވެއްޖެއެވެ.

އަހަރު ނިމުމުގެ ކުރިން 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ފާސް ކުރިއިރު، މި ފަހުން އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ކުރީ ސަރުކާރުން ވަނީ ބަޖެޓުން ބޭރުން ބޮޑެތި ހަރަދުކޮށްފަ އެވެ. އަދި އަހަރު ނިމުމަށް ފަހު، އޭގެ ޖެހިގެން އަންނަ އަހަރަށް ބިލުކޮށް ސަޕްލިމެންޓު ކުރަމުން ދިޔަކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މައްސަލައިގައި ވާހަކަ ދައްކަވަމުން، މެމްބަރު މޫސަ ވިދާޅުވީ މިހާރު މިއަހަށް ފާސްކުރި ބަޖެޓަކީ މި ސަރުކާރުން އެކުލަވާލައިފައިވާ ބަޖެޓެއްނޫން ކަމަށާއި މިއީ ކުރީ ސަރުކާރުގެ މަޖިލީހުން މި ސަރުކާރަށް ކުރި ޖެއްސުމެއް ކަމަށެވެ. އެ ދަތިތަކާއި އެކު ވެސް މި އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގެ ތެރެއިންވެސް ޖާގަ ހޯދައިގެން ސަރުކާރުގެ މެނިފެސްޓޯގައިވާ މައިގަނޑު ބޮޑެތި ވައުދުތައް ފުއްދުމުގެ މަސައްކަތްތައް މިހާރުވެސް ކުރެވޭތޯ މަސައްކަތް ކުރައްވާ ކަމަށް މޫސާ ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ އެންމެ ބޮޑެތި ވައުދުތަކުގެ މަސައްކަތުގެ އަމަލީ މަސައްކަތް ނުފެށުނު ނަމަވެސް އެކަމަށް ކުރަންޖެހޭ މަަސައްކަތުގެ ތައްޔާރިތައް މިހާރު ދަނީ ވަމުންނެވެ. މި ވައުދުތަކުގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅޭ ބޭރު މީހުންނާއި، މަސްތުވާތަކެތީގެ މައްސަލަ އަދި އެހެނިހެން ހުރި ބޮޑެތި ގައުމީ މައްސަލަތަކަށް އެޑްރެސް ކުރެވިގެން ހައްލު ކުރެވޭނެކަމަށް ވިދާޅުވި އެވެ.

“ ދިވެހިރާއްޖޭގެ ފަހުގެ ތާރީހެއްގައި ސަޕްލިމެންޓަރީ ބަޖެޓެއް ހަރަދު ކުރުމުގެކުރިން މަޖިލީހަށް ހުށައަޅައިގެން މަޖިލީހުން ފާސްކުރި ފުރަތަމަ ފަހަރު މިއީ. އެހެންނޫން ނަމަ ގިނަ ފަހަރު ސަޕްލިމެންޓަރީ ބަޖެޓު ގެނެސްފައި ހުންނަނީ ހަރަދުކޮށްފައި އޭގެ ފަހުން. ހަގީގަތުގައި އެއީ ދިވެހިރާއްޖޭގެ މާލިޔަތު ގާނޫނާއިވެސް ހިލާފަށް ކުރެވޭ ކަމެއް“

މެމްބަރު ވިދާޅުވީ ސަޕްލިމެންޓަރީ ބަޖެޓެއް ހަރަދު ކުރުމުގެކުރިން މަޖިލީހަށް ހުށައަޅައިގެން މަޖިލީހުން ފާސްކުރުމަކީ މި ސަރުކާރުން މުޅި މާލީ ނިޒާމު ގާނޫނީ އިމުގެ ތެރެއަށް ފެއްތުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެޅުއްވި ހަރުދަނާ ފިޔަވަޅެއް ކަމަށެވެ.

މީގެއިތުރުން ސަރުކާރުން ހުށައެޅި 5.1 ބިލިއަން ސަޕްލިމެންޓަރީ ބަޖެޓަކީ ކުރިއަށް އޮތް 2 މަސް ދުވަހުގެ ހަރަދުތަކަށް އަންދާޒާކޮށް ހުށައަޅާފައިވާ ބަޖެޓެއް ކަމަށް މެމްބަރު މޫސާ ވިދާޅުވިއެވެ. އަދި މައިގަނޑު ގޮތެއްގައި ބަޖެޓު ކުރެވިފައިވާ މަސައްކަތްތަކުގެ ތެރެއިންވެސް ހުރީ ޕީއެސްއައިޕީ މަޝްރޫއު ތަކާއި އެސްއީތަކުގެ ހިންގުން ހަރުދަނާ ކުރުމަށާއި ސްޓޫޑެންޓު ލޯނާއި އާސަންދައާއި ސަބްސިޑީ އާއި އަދި ދައުލަތުގެ ބައެއް މުވައްސަސާތަކުގެ މުސާރަތައް ހަމަޖެއްސުމަށް ކަމަށް މެމްބަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: