މިނިވަން މުވައްސަސާތަކަށް ރައީސާއި ނައިބު ރައީސް އައްޔަނު ކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރު އޮންނަ ގޮތަށް އިސްލާހު ގެނައުމަށް ކޮމިޝަންތަކުން ބަންޑާރަ ނައިބުގެ އޮފީހާއި، މަޖިލީހުގެ ކަމާއި ބެހޭ ކޮމިޓީއަށް ފޮނުވިކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރު އަދި އީސީގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަނަށް ރައީސާއި ނައިބު ރައީސަކު ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހު ގިނަ ބަޔަކު ފާހަގަކުރަނީ ސަރުކާރުން ފޯރުވާ ނުފޫޒެއްގެ ގޮތުގަ އެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހަޅާ ސަބަބެއްކަމަށް ބުނެފައި ވަނީ، އެހެން ކޮމިޝަންތަކުގެ މަގާމުތަކަށް މެމްބަރުން އައްޔަނު ކުރުމަށް އަމަލު ކުރާ އުސޫލާއި އެއް ހަމަ ކުރުމަށެވެ .
ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ކޮމިޝަނުގެ ރައީސަކު ނުވަތަ ނައިބު ރައީސަކު އައްޔަނު ކުރުމަށް ބޭނުންވުމުން، އެ ނަމެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވާނެކަމަށެވެ.
އިސްލާހަށް ފާޑުކިއުންތައް ވެސް އަމާޒުވެފައި ވަނިކޮށް، އިލެކްޝަންސް ކޮމިޝަނުގައި ވެސް ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ހަބޫބު ވިދާޅުވީ މިދިޔަ އަހަރުގެ ތެރޭގައި މިބިވަން މުވައްސަސާތަކުން ހުށަހެޅި ބަންޑާރަ ނައިބުގެ އޮފީހަށް ހުށަހެޅި ކަރުދާހެއްގައި އޭސީސީގެ ރައީސާއި ނައިބު ރައީސް އައްޔަނު ކުރާނީ ރައީސުލްޖުމްހޫރިއްޔާކަމަށް ކަނޑައެޅުމަށް ހިމަނާފައިވާކަމަށެވެ. އަދި މި ހުށަހެޅުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކަށް ވެސް ފޮނުވާފައިވާކަމަށް ހަބީބު ވިދާޅުވި އެވެ.
މި ހުށަހެޅުން ފޮނުވާފައި ވަނީ ހަބީބު ވިދާޅުވި ގޮތުގައި އޭސީސީ، އާއި އިލެކްޝަންސް ކޮމިޝަން ހިމެނޭ ގޮތަށް އެޗްއާރުސީއެމާއި ސިވިލް ސާވިސް ކޮމިޝަން އެވެ.
އީސީ، އޭސީސީގެ ރައީސާއި ނާއިބު ރައީސް، ރައީސުލް ޖުމްހޫރިއްޔާ ޢައްޔަނު ކުރައްވާގޮތަށް މިހާރު މަޖިލީހަށް ހުށަހަޅުއްވާފައިވާ އިސްލާޙަކީ މިނިވަން މުއައްސަސާތަކުން 2023 ގައި ރައީސުލް ޖުމްހޫރިއްޔާގެ އަރިހަށާއި، އެޓަރނީ ޖެނެރަލް ގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް، އޭސީސީ، އީސީ، އެޗްއާރުސީއެމް އަދި ސީއެއްސީގެ މެންބަރުން ހުށަހެޅި ޕޭޕަރުގައި ހިމެނިފައިވާ ކަމެއް.. އަދި އެއީ ދުނިޔޭގެ ކުރިއަރާފައިވާ އެމެރިކާ ފަދަ ޤައުމުތަކުންވެސް އެކަން ކުރަމުން އަންނަގޮތް.
މިއީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެެސް އަމަލު ކުރަމުން އަންނަގޮތްކަން ހަބީބު ފާހަގަކުރެއްވި އެވެ.
މިރޭ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މުވައްސަސާތަކަށް ބަދަލު ގެންނަނީ އިންސާފު ކަށަވަރު ކުރުމަށްކަމަށާއި، ނުފޫޒު ފޯރުވުމުގެ އެއްވެސް ނިޔަތެއް ނެތްކަމަށެވެ.

