ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކަ ކުރީގެ އެމްޑީ ސައީދުގެ ޕާސްޕޯޓު ހިފަހައްޓައިފި

ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީ ސަރުކާރުގައި ހިނގިކަމަށް ތުހުމަތު ކުރާ ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަހުމަދު ސައީދުގެ ޕާސްޕޯޓު ކްރިމިނަލް ކޯޓުން ހިފަހައްޓައިފި އެވެ.

ސައީދު ހިމެނޭހެން ކުންފުނީގެ ބައެއް ކުރީގެ އިސްވެރިންގެ މައްޗަށް ކުރާ ތުހުމަތުގެ ތަހުގީގަށް ކޮމިޝަނުން އެދިގެން ކްރިމިނަލް ކޯޓުން ވަނީ އޭނާގާ ޕާސްޕޯޓު ހިފަހައްޓާފަ އެވެ.

ސައީދުއަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި އޭނާގެ މަސްލަހަތު އޮންނަ ޖަމްއީއްޔާތަކާއި ކުންފުނުތަކަށް މަންފާ ލިބޭ ގޮތަށް ޕްރޮޖެކްޓްތައް ހިންގުމުގެ އިތުރުން އޭރުގެ ސަރުކާރުގެ އިސްވެރިންގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް މަންފާ ލިބޭ ގޮތަށް މަޝްރޫޢުތައް ކުރިއަށް ގެންދިއުން ހިމެނެއެވެ.

 ތަހުގީގުތަކާއި ގުޅޭގޮތުން އޭސީސީން ބުނެފައި ވަނީ ފެނަކައާއި ހަވާލުކޮށްފައިވާ މަޝްރޫއުތަކެއް ނުނިންމައި، ބަޖެޓު އެއްކޮށް ހުސްކޮށްލި މައްސަލަތަކެއް ބަލަން ފަށައި ޝައްކު ކުރެވޭ މީހުންގެ ބޭންކު ޓްރާންސެކްޝަން އެނަލިސިސް ތައްޔާރު ކުރުމުގެ މަސައްކަތް ކުރިޔަށް ދާކަމަށެވެ. އަދި ފެނަކައިގެ 60 މަޝްރުއޫއުއެއް ނުނިންމައި ބަޖެޓު ހުސްކޮށްލިކަމަށް ތުހުމަތުވާ މައްސަލަތަކެއް ބަލަމުންދާކަމަށެވެ.

މަޝްރޫއު ނުނިމެނީސް ބަޖެޓު ހުސްކޮށްލި މި މައްސަލަތަކަކީ، މިދިޔަ ފަސް އަހަރުގެ ތެރޭގައި އިންހައުސްކޮށް އެ ކުންފުނިން ކުރިޔަށް ގެންގޮސްފައިވާ ޕްރޮޖެކްޓުތަކެކެވެ. މައްސަލަތަކުގެ ތަހުގީގަށް ބައެއް މީހުން ފާހަގަކުރެވިވާއިރު އެއީ ޝައްކު ކުރެވޭ މީހުންކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: