ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނެޝަނަލް ސެކިއުރިޓީއާއި ގުޅުން ހުރި ކަންކަމުގައި ދޮގު ފެތުރުން ރަނގަޅެއް ނޫން: އިހުސާން

ހޯމް މިނިސްޓަރ އަލީ އިހުސާން
ޝެއާރކޮށްލާ ކަހަލަދޯ؟

ނެޝެނަލް ސެކިއުރިޓީއާ ގުޅޭ ހައްސާސް މައްސަލަތަކުގައި ހަގީގަތާ ޚިލާފަށް ރައްޔިތުންނަށް އޮޅޭ ގޮތަށް މައުލޫމާތު ނުފެތުރުމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މެލޭޝިއާގެ ބެސްޓިނެޓަަށް ދައުވާނުކޮށް 6.9 ބިލިއަން ރުފިޔާ ދައުލަތުން ހޭދަވާ ގޮތަށް އެކްސްޕެޓް ސިސްޓަމަށް ދީފައިވާ ކަމުގެ ތުހުމަތުތަކުގެ ރައްދުގައި މިނިސްޓަރ ވިދާޅުވީ ބެސްޓިނެޓު ކުންފުނިން ކުރީގެ ސަރުކާރާއެކު 8 ސިޓީ ބަދަލުކޮށްފައިވާކަން ބެލިބެލުމުން ފެންނަން އެބައޮތް ކަމަށާއި އަދި ލޯފާމުތަކުން ހަތަރު ފަހަރެއްގެ މަތިން ކްލެއިމް ކުރުމަށް އެދިފައިވާ ކަމަށެވެ.

އިހުސާން ވިދަޅުވީ މަގާމާއި ހަވާލުވުމަށް ފަހު، ބެލި ބެލުމުން އެނގުނު ގޮތުގައި އޭރުގެ ބަންޑާރަ ނައިބުގެ ލަފައެއް ބަދަލު ދިނުމުގެ މަރުހަލާ ފެށުމަށް ކަނޑައަޅަފައި އޮތް ކަމަށެވެ. އަދި އޭރު ރައީސް އޮފީހުގެ ސިޓިއެއްގައި ބަދަލު ދިނުމުގެ މަރުހަލާއެއް ދިމާވެދާނެކަން ބަޔާޏްކޮށް، އިމިގްރޭޝަނާއި އިކޮނޮމިކް މިނިސްޓްރީއަށް ފޮނުވާފައިވާކަމަށް އިހުސާން ވިދާޅުވި އެވެ.

މައްސަލައިގައި ފެތުރެމުން ދަނީ ދޮގު މައުލޫމާތުތަކެއްކަން ފާހަގަކުރައްވައި، އިހުސާން ވިދާޅުވީ ދައުލަތުގެ މައްޗަށް ވަގުތުން ކްލެއިމް ކުރި އަދަދަކީ 15 މިލިއަން ޑޮލަރު ކަމަށެވެ.

 ވަރަށް ބޮޑަށް އޮޅިވަޑައިގަތުމެއް މިއީ. މިއީކީ އެއްވެސް ހާލެއްގައި ހަމަތާކު ކުންފުންޏެއް އޮއްވައި އަޅުގަނޑުމެން އެ ކުންފުނި ހޯދައިގެން މިކަން ކުރީކީނޫން. ދައުލަތުގެ މައްޗަށް އަޅުގަނޑުމެންނަށް އޮބިނޯންނަވަރުގެ، އެމީހުން އިމީޑިއޭޓްލީ ކްލެއިމްކޮށްފައި މިވަނީ 15 މިލިޔަން ޑޮލަރަށް. އަދި އެއަށްފަހުގައި އޭރުގެ އެ ކޮންޓްރެޓުގެ މުއްދަތުގެ ބާކީއަށް އޮތް އެމީހުންނަށް ގެއްލުންވާ އަދަދަށް ކްލެއިމް ކުރާނެކަމަށް ލީގަލް ޑޮކިއުމަންޓޭޝަން އޮވެފައި އޭރުގެ އެޓަރނީ ޖެނެރަލްގެ ލަފާފުޅެއްވެސް އޮވެގެން އަޅުގަނޑުމެން އަމަލުކުރި ގޮތެއް. ދާޚިލީ ވަޒީރު

ބެސްޓިނެޓުން ދިވެހި ސަރުކާރާއެކު ބަދަލުކޮށްފައިވާ ލިޔެކިޔުންތަކުން އެންގެންއޮތްގޮތުން ކުންފުންޏަށް 2019 ވަނަ އަހަރުން ފެށިގެން ލިބުނު ގެއްލުމުގެ ބަދަލުގެގޮތުގައި 13.7 މިލިއަން ޑޮލަރު ދެއްކުމަށް އަންގާފައިވާކަމަށް މިނިސްޓަރ މީގެ ކުރިން ވެސް ވަނީ ވިދާޅުވެފައެވެ.

އެކަން ފާހަހަކޮށް މިނިސްޓަރ ވިދާޅުވީ ދައުލަތަށް ކުރިން ލިބެމުން އައީ ހަސަތޭކަ މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް ދައުލަތަށް މިހާރު ނުވަސަތޭކަ މިލިއަން ރުފިޔާ އެގްރިމަންޓް ހެދިގެން އަންނައިރު ލިބޭނެ ކަމަށެވެ.

މިނިސްޓަރ ވަނީ ނެޝެނަލް ސެކިއުރިޓީއާ ގުޅޭ މިފަދަ ހައްސާސް މައްސަލަތަކުގައި ހަގީގަތާ ޚިލާފަށް ރައްޔިތުންނަށް އޮޅޭ ގޮތަށް މައުލޫމާތު ނުފެތުރުމަށް މެމްބަރުގެ ކިބައިން އެދިވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: