ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސީ ހިދުމަތް ފަސޭހައިން ފޯރުކޮށްދިނުމަށް ސަރުކާރު ހިއްސާވާ ކުންފުންޏަކާއި ހަވާލު ކުރަން ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ އާއި ހުޅުމާލޭގެ ޓެކްސީ ހިދުމަތް މިހާރަށްވުރެން ރަނގަޅަށް އަދި ފަސޭހައިން ފޯރުކޮށްދިނުމަށްޓަކައި ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ހަވާލު ކުރަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި މިނިސްޓަރ ވިދާޅުވީ ކުރިން ހުރި އުސޫލު ނުވަތަ ގާނޫނުގެ ތެރެއަށް ވައްދައި ޓެކްސީ ކޮންޓްރޯލެއް ނަގަން ޖެހެވަޑައިގަންނަވާ ކަމަށެވެ. ނުނަގައިފި ކަމަށްވާ ނަމަ ވެހިކަލްތަކުން މާލެ ސަރައްހައްދު އެއްކޮށް ފުރޭ ހިސާބަށް ގޮސްދާނެ ކަމަށާއި މިހާރުވެސް އޮތީ ރައްކާތެރިކަން ގެއްލިފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިބަދަލު ގެނެއި ނަމަވެސް ޓެކްސީ ކުރާ މީހުންނަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށެވެ. ސަރުކާރު ކުންފުނީގެ ދަށުން ހިންގާ ޓެކްސީ ލައިންގައި ހިމެނޭ މުވައްޒަފުންގެ 50 އިންސައްތައަކީ ދާއިމީ މުވައްޒަފުންނަށް ހަދާނެ ކަމަށއ އަމީން ވިދާޅުވިއެވެ.

ވަޒީފާގައި އުޅެމުން ޓެކްސީ ކުރަން ބޭނުންވާ މުވައްޒަފުންނަށް ބާކީ 50 އިންސައްތައިގެ ޖާގަ ހާއްސަކުރާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ސަރުކާރު ޓެކްސީ ލައިންގައި ހިމެނޭ ބައެއް ކަންކަން:

  • ބިދޭސީންނަށް ޓެކްސީ ނުކުރެވޭނެ
  • ޓެކްސީކުރާ 25 ޕަސަންޓު، އިލެކްޓްރިކް ޓެކްސީތަކަށް ހެދުން
  • ޑްރައިވަރެއް ކަން އެނގޭނެ ވަކި ޔުނީފޯމެއް ލުން.
  • ޓެކްސީ ކުރާ ކޮންމެ ގަޑިއިރަކަށް ދޭ ފީ، 100 ރުފިޔާއަށް ވުރެ ދަށް ނުކުރުން.
  • ސަރުކާރުން އެ ޓެކްސީއެއްގެ މެއިންޓަނެންސާއި ޕެޓްރޯލް އެޅުން ހަމަޖައްސައިދިނުން.
  • ކޮންމެ ހަފުތާއަކު މުސާރަ ދިނުން
  • 24 ގަޑިއިރު ހިދުމަތް ދޭ ޓެކްސީ ލައިނަކަށް ހެދުން.

ސަރުކާރުން ޓެކްސީ ހިދުމަތް ފަށަން ނިންމީ ދަތުރުފަތުރަށް ހާއްސަކޮށްފައިވާ ސަރުކާރު ހިއްސާވާ ކުންފުނި އެމްޓީސީސީން އެ ހިދުމަތް މިހާރު ވެސް ވަރަށް ރަނގަޅަށް ކުރިއަށް ގެންދާތީ ކަމަށް އަމީން ވިދާޅުވިއެވެ. އަދި ގޮތުގައި މާލެ ސަރަހައްދުގެ ޓްރެފިކް ހައްލުކުރުމަކީ ވެސް ސަރުކާރުން ޓެކްސީ ހިދުމަތް ދިނުމުގެ މުހިއްމު ބޭނުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
22%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: