ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިންނަށް ނުދެވި ހުރި ފައިސާ މާދަމާ ދޫކުރާނެ: ޝިޔާމް

މަސްވެރިކަމާއި ބެހޭ ވަޒީރު އަހްމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހުގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް މަސްވެރިން ކިރުވި މަހަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް މާދަމާގެ ނިޔަލަށް ދީ ހަލާސްކުރާނެ ކަމަށް މަސްވެރިކާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، މިހާރު މަސްވެރިންނަށް ނުދެއްކި ބާކީ ހުރީ 16 މިލިއަން ރުފިޔާ ކަމަށެވެ.

މާދަމާ މަސްވެރިންނާ ހިސާބަށް މިހާރު ހުރި ބެކްލޮގް އެއްކޮށް [ކްލިއާ ވާނެ]، ނޫނީ މިހާރު މަސްވެރިންނަށް ނުދެވި އިން ފައިސާއެއް ވެއްޖިއްޔާ، މަސް ކިރާފައި މަސް ގަނެފައި ނުދެވިފައި އިން ފައިސާއެއް ވެއްޖިއްޔާ މާދަމާއަށް ހިސާބަށް ލިބިގެން ދާނެ.
ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިން ބާނާ މަސް ގަތުމަށް ފަހު 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. ވަޒީރު ޝިޔާމް ވިދާޅުވީ، އެ ވައުދުފުޅުގެ މަތިން ހަނދާން ނުނެތޭ ކަމަށާއި މި ސަރުކާރުން އެ ވައުދުފުޅު ފުއްދާނެ ކަމަށެވެ.

ރައީސް މުއިއްޒު، ވަނީ، މަސްވެރިންނަށް ދޭން ޖެހޭ ފައިސާ މިހާރު މިފްކޯއާ ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

މި ސަރުކާރުން މިހާތަނަށް މަސްވެރިންނަށް ވަނީ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: