ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗާގޮސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނީ ރިޕޯޓު ހުށަހެޅުމުގެ މަރުހަލާގައި ވަނިކޮށް: އުޝާމް

ރައީސް ޑރ މުހައްމަދު މުއިއްޒު އަދި ބަންޑާރަ ނައިބު އަހުމަދު އުޝާމް: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހީތެރިކަމާއެކީގައި، ރިޕޯޓެއް އެކުލަވާލާ ހުށަހެޅުމުގެ މަރުހަލާގައި ވަނިކޮށް އިނގިރޭސި ސަރުކާރުން ޗާގޯސް ރަށްތަކުގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ދިނުމަށް ނިންމި ނިންމުމާއި ގުޅިގެން ގޮންޖެހުންތަކެއް އެބަހުރި.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމާއެކު ދިވެހި ސަރުކާރުގެ ސްޓްރެޓަޖީއަށް ބަދަލު ގެންނަން ޖެހިފައިވާކަމަށް ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ބަންޑާރަނައިބު އުޝާމް މިހެން ވިދާޅުވީ، އެ އޮފީހުން ކުރަމުންދާ މަސައްކަތާއި ގުޅޭ މައުލޫމާތު ހާމަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެންމެ ބޮޑަށް އެމަނިކުފާނުގެ ސަރުކާރަށް ކުރި ތުހުމަތަކީ ރާއްޖެ – މޮރިޝަސްކަނޑުގެ ސަރަހައްދު ފުށު އަރާ މައްސަލައިގައި އިންޓަނޭޝަނަލް ޓަރައިބިއުނަލް ލޯ އޮފް ދަ ސީސް (އިޓްލޮސް) ގައި ގޮތް ނިންމާފައި ވަނީ ގެއްލުން ލިބޭ ގޮތަށްކަމަށާއި އޭގެ ސަަބަބުން ދިވެހި ކަނޑުން ބޮޑު ބައެއް ގެއްލިގެން ގޮސްފައިވާކަމަށް ތުހުމަތު ކުރި އެވެ. އަދި ރާއްޖެއިން ސްޓޭންޑު ބަދަލުކޮށް މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީއެއް ފޮނުވުމުގެ ފަހަތުގައި ވެސް ޑީލްތަކެއް ވާކަމަށް އޭރު ވާހަކަ ދެކެވުނެވެ.

ގެއްލުނުކަމަށް ބުނާ ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމަކީ، ހަފްތާ 14 ގެ ދަށުން ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ރިޔާސީ ވައުދެކެވެ. އަދި އިޓްލޮސްގެ ނިންމުން އިސްތިއުނާފު ކުރުމަށް ބޭރުގެ އެކްސްޕާޓުންނާއި އެކު އެކުލަވާލި ރިޕޯޓުގެ މައުލޫމާތުތައް މިދިޔަ ފެބްރުއަރީ މަހު އޭޖީ އޮފީހުން ހާމަކުރި އެވެ. ރިޕޯޓުގައި ގިނަ ތަފްސީލުތައް ހިމަނައި ބުނެފައި ވަނީ، ކަނޑުގެ މައްސަލައިގައި ކުރީ ސަރުކާރުން އަމަލު ކުރީ ޒިންމާދާރުކަން ކުޑަގޮތަކަށް ކަމަށެވެ.

ދިވެހި ސަރުކާރުން މި މައްސަލަ ރިވިއުކުރުމަށް އިޓްލޮސް އަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންދަނިކޮށް ދާދި ފަހުން އިނގިރޭސިވިލާތުން ވަނީ ޗާގޯސް ރަށްތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަށް ނިންމާފައެވެ.

ބަންޑާރަނައިބު އަހުމަދު އުޝާމް ވަނީ އިނގިރޭސިވިލާތުގެ މި ނިންމުމުގެ ސަބަބުން ދިވެހިރާއްޖެއިން މި މައްސަލައިގައި ގެންގުޅޭ ސްޓްރެޓަޖީ ބަދަލުކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި މިހާރު އެކަމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.

އަޅުގަނޑުމެން މިކަމަށް ނަގާފައި ތިބި އިންޓަނޭޝަނަލް އެކްސްޕާޓުންގެ އެހީތެރިކަމާއެކީގައި، ރިޕޯޓެއް އެކުލަވާލާ ހުށަހެޅުމުގެ މަރުހަލާގައި ވަނިކޮށް އިނގިރޭސި ސަރުކާރުން ޗާގޯސް ރަށްތަކުގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ދިނުމަށް ނިންމި ނިންމުމާއި ގުޅިގެން ގޮންޖެހުންތަކެއް އެބަހުރި. އަޅުގަނޑުމެންގެ ސްޓްރެޓެޖީ ބަދަލުކުރަން ޖެހޭ ފަދަ ނިންމުމެއް އެއީ

ބަންޑާރަނައިބު ވިދާޅުވީ، މި މަސައްކަތުގައި ބައިނަލްއަޤްވާމީ ވަކީލުންގެ ޓީމުގެ ލަފާ ހޯދަމުންދާ ކަމަށެވެ. ނަމަވެސް މިކަމުގެ ރިޕޯޓު އަލުން އެކުލަވާލައި، މައްސަލަ ކުރިއަށް ގެންދެވޭނެ ދުވަހެއް އަދި ދަންނަވަން ދަތިކަމަށެވެ. މީގެ ސަބަބެއް ކަމަށް ބަންޑާރަނައިބު ވިދާޅުވެފައިވަނީ އެހެން ބަޔަކު ތައްޔާރުކޮށްފައިވާ ރިޕޯޓަކަށް ބިނާކޮށް މި މަސައްކަތް ކުރަން ޖެހުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: