ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއާޕޯޓް ޓެކްސް ބޮޑު ކުރުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވުމުގެ ފުރުސަތު ބޮޑު: ނާޒިލް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރުން އިބްރާހީމް ނާޒިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އެއާޕޯޓްް ޓެކްސްގެ ގޮތުގައި 300 ނުވަތަ 400 ޕަސެންޓު އިތުރުވުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވެގެން ގޮސްދާނެ ކަމަށް ލަފާކުރެވޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރުން އިބްރާހީމް ނާޒިލް ސުވާލު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓު ހުށަހެޅުމުގެ ޖަލްސާގައި ނާޒިލް ވިދާޅުވީ ބަޖެޓާއި ގުޅޭ ތަފްސީލް ރައީސް މެދުވެރިކޮށް މެމްބަރުންނަށް ލިބޭނެ އިންތިޒާމް މިނިސްޓަރ އޮފް ފިނޭންސުން ހަމަޖައްސަން ޖެހޭނެ ކަމަށް މަޖިލީހުގެ ގަވައިދު ބުނާ ކަމަށެވެ. ބަޖެޓާއި ގުޅިގެން އިތުރު ސުވާލެއް މަޖިލީހުގެ މެމްބަރުން މިނިސްޓަރަށް ކުރައްވަން ބޭނުން ނަމަ އެ ފުރުސަތު ވެސް އޮންނާނެ ވާހަކަ މަޖިލީހުގެ ގަވައިދު ބުނާ ކަމަށް ނާޒިލް ވިދާޅުވިއެވެ.

ނާޒިލް ވަނީ މިއަދުގެ ޖަލްސާ އެފަދަ އެއްވެސް ފުރުސަތެއް ނުދެއްވާ އަވަހަށް ކުރިއަށް ގެންދަވާ ކަމަށް ވިދާޅުވެ އެކަން ކުރައްވަނީ ކޮން އުސޫލަކުން ތޯ ސުވާލު އުފައްދަވާފައެވެ. ނާޒިލް ވިދާޅުވީ 2025 ވަނަ އަހަރުގެ ބަޖެޓަކީ މުޅި ދިވެހި ހުރިހާ ރައްޔިތުންގެ ހައްގެއް ކަމަށްށާއި އެހައްގު ނިގުޅައިގަނެވޭހާ ގޮތަކަށް މަޖިލީހުގެ މެމްބަރުންނަށް އެ ފުރުސަތު ނުދީ ޖަލްސާ ކުރިއަށް ގެންދިއުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމުގައި ކަމަށެވެ.

ނާޒިލް ވިދާޅުވީ 2025 ވަނަ އަރަށް ލަފާކޮށް ސަރުކާރުން ހުށައަޅާފައިވާ ބަޖެޓުގައި ހުރީ ކޮން އެއްޗެއްސެއްތޯ ނުވަތަ ނެތީ ކޯޗެއްތޯ އަދި އިސްލާހު ކުރަން ކަމެއް ހުރިނަމަ އެކަމާ މެދު ވާހަކަފުޅުދައްކަން މަޖިލީހުގައި ތިބެވި ހުރިހާ މެމްބަރުންވެސް ބޭނުނފުޅުވެ ވަޑައިގަންނަވާނެ ކަމަށެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެ ވަގުތު ފުރުސަތު ދެއްވާފައިވަނީ ބަޖެޓު ބަހުހަކަށް ނޫން ކަމަށެވެ. އަދި މެމްބަރުންގެ ޕޯޓަލްއިން ބަޖެޓު ރިޕޯޓު ފެންނަން އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ 14 ވަނަ މާއްދާގައި ވާގޮތުގެ މަތިން ބަޖެޓުގެ ޕޮޒިޝަން ރިޕޯޓް ފޮނުވާއިރު ބަޖެޓުގެ ތަފްސީލުތަކާއިއެކު ބަޖެޓު ފޮތް މިނިސްޓަރ ފޮނުއްވާނެ ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ. ބަޖެޓުގެ ޕޮޒިޝަން ރިޕޯޓަކީ ދައުލަތުގެ އަހަރީ ބަޖެޓު މިނިސްޓަރ މަޖިީހަށް ހުށައަޅުއްވައި ދޭ ދުވަހާއި ބަހުސް އޮންނަ ދުވަހާއި ދެމެދުގެ ތާރީހެއްގައި ފޮނުވަން ޖެހެވަޑައިގަންނަވާ ރިޕޯޓެއް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މެމްބަރު ނާޒިލް ވިދާޅުވީ ކޮމިޓީގައި ދެކެވުނު އެއާޕޯޓް ޓެކްސް އާއި ގުޅޭގޮތުން ދެކެވުނު ވާހަކައަަށް ބަޖެޓު ހެދުމުގައި އިޖާބަ ދީފައި ނުވާ ކަމަށެވެ. އަދި މަޖިލީހުގެ ބަހުސްގެ ތެރޭގައިވެސް އެއާޕޯޓްް ޓެކްސްގެ ގޮތުގައި 300 ނުވަތަ 400 ޕަސެންޓު އިތުރު ވެގެންދިއުމަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވެގެން ގޮސްދާނެ ކަމަށް ލަފާކުރެވޭ ކަމެއް ކަމަށް ވެސް ނާޒިލް ވިދާޅުވިއެވެ.

މީގެއިތުރުން އެ މަސައްކަތާއި ގުޅޭ ގޮތުން ހަދައިފައިވާ ދިރާސާ ތަކަކީ ކޮބައިތޯ ސުވާލު ކުރެއްވި ކަމަށް ނާޒިލް ވިދާޅުވިއެވެ. އަދި އެކަމާއި ގުޅިގެން ދިރާސާއެއް ކުރެވިފައި ވޭތޯ އާއި ދިރާސާ އާއި ގުޅޭ ރިޕޯޓެއް ހަދައިފައިވޭތޯ ވެސް ސުވާލު ކުރެއްވި ނަމަވެސް އެކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: