ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތައް ރަނގަޅުކޮށް، ބަދަލުތައް ދަނީ ގެންނަމުން: ސީޕީ

ހއ. ވަށަފަރު ޕޮލިސް ޕޯސްޓު ހުޅުއްވައިދެއްވާ ސީޕީ ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތް ރަނގަޅުކޮށް ފުލުހުންގެ ޚިދުމަތް ކުރިއެރުވުމަށް ބޭނުންވާ ބަދަލުތައް ގެންނަމުންދާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

ސީޕީ މިހެން ވިދާޅުވީ ހއ. ވަށަފަރު ޕޮލިސް ޕޯސްޓު ހުޅުއްވައިދެއްވާ ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތް ރަނގަޅުކޮށް ފުލުހުންގެ ޚިދުމަތް ކުރިއެރުވުމަށް ބޭނުންވާ ބަދަލުތައް ގެންނަމުންދާކަމަށެވެ. އެގޮތުން އަތޮޅުތެރޭގައި ފުލުހުން މަސައްކަތްކުރާނެ ރަނގަޅު އޮނިގަނޑެއް އެކުލަވާލައި، ރަށުގެ ކައުންސިލާއި މުއައްސަސާތަކާ ގުޅިގެން އެކީގައި ދެމެހެއްޓެނިވި ގޮތުގައި ހަރުދަނާކުރުމަށް މި އޮނިގަނޑު މަގުފަހިކުރާނެ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

ފުލުހުން ތިބުމުން އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީއަށް މިރަށުގެ ރައްޔިތުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު އެހީތެރިކަމެއް ލިބިގެންދާކަމީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫން. މިއަދު ވަށަފަރު ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް ފެށިގެން ދިއުމަކީ ރަށުގެ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު އުފަލެއް.

 ޝުޖާއު ވިދާޅުވިއެވެ.

އޭގެ އިތުރުން، ވަށަފަރަކީ ކުށްމަދު ރަށެއްކަން ފާހަގަވެފައިވާ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އެހެންކަމުން އެ ރަށުގައި ގާއިމުވެތިބޭ ފުލުހުންނަކީ ހަމައެކަނި ބޮޑު ކަމެއް ދިމާވުމުން އެތަނަށް ހާޒިރުވާން ތިބޭ ފުލުހުންނަށް ނުވުމަށާއި، ރަސްމީ ޑިއުޓީގަޑީގައި ވީހާވެސް ބޮޑަށް ރަށުތެރޭގައި ހަރަކާތްތެރިވެ ރައްޔިތުންނާ ގާތުން މަސައްކަތްކުރުމަށް ކޮމިޝަނަރ އެދިވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޢަލީ ޝުޖާއު އާއި ވަށަފަރު ކައުންސިލު ރައީސް އަޙްމަދު މުޢީންއެވެ.

މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ފުލުހުންގެ އިތުރުން ހއ. އަތޮޅު ކައުންސިލު ރައީސް މޫސާ ޝަފީޤް އަދި ރަށުގެ މުއައްސަސާގެ މުވައްޒަފުންނާއި ބައެއް ރައްޔިތުން ބައިވެރިވެލެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: