ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓުގައި ތަފްސީލެއް ނެތް، ރައީސްއަށް ވެސް ސާފުނުވާނެކަން ޔަގީން: މޫކޭ

އާރްޑީސީގެ ކުރީގެ އެމްޑީ މޫސާ އަލީ މަނިކު: ފޮޓޯ/ އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

2025 ވަނަ އަހަރުގެ ބަޖެޓުގައި ހުރީ ތަފްސީލުތައް ނުހިމަނާފައިކަމަށާއި އޭގައި އޮތް އެއްޗެއް ރައީސް ޑރ މުހައްމަދު މުއިއްޒުއަށްވެސް ސާފުނުވާނެކަން ޔަގީންވެވަޑައިގަންނަވާކަމަށް އާރްޑީސީގެ ކުރީގެ އެމްޑީ މޫސާ އަލީ މަނިކު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ހަރުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން މޫސާ ވިދާޅުވީ، 2025 ވަނަ އަހަރުގެ ބަޖެޓަށް ބަލާއިރު ފެނިގެންދަނީ ރައްޔިތުންގެ ބޭސް ފަރުވާގެ ކަންތައްތައް ސަލާންޖެހުމާއި ދިމާލަށް ގެންދާ މަންޒަރުކަމަށާއި މިހާރު އެކަމުގެ އެއްބައި ފުރިހަމަ ކޮށްފައިވާކަމަށެވެ. އެގޮތުން އަމިއްލަ އިންޝުއަރެންސްއަށް އިސްކަންދޭ ވާހަކައަކީ ދައުލަތުގެ އިންޝުއަރެންސް ނެތް ވާހަކަ ކަމަށާއި ސަރުކާރުން ހާމަކޮށްފައިވަނީ އެކަން ނިމިފައިވާ ވާހަކަ ކަމަށެވެ.

މޫސާ ވިދާޅުވީ، ކުރިއަށް އޮތްތާނގައި ޖެހޭނީ މެމްބަރުންނާއި އެހެނިހެން އެފަދަ ފަރާތްތަކުގެ ކިބައިން ބޭސް ފަރުވާއަށް ސަލާން ޖަހަންކަމަށާއި ފެނުނީ މެމްބަރުންނަށްވެސް އޮޅުވާލާފައިވާ ބަޖެޓެއްކަމަށެވެ. ރައީސް މުއިއްޒު މެމްބަރުންނަށް ފައިސާ ދޭކަމަށް ތުހުމަތުކުރައްވާ މޫސާ ވިދާޅުވީ، އެކި ދާއިރާތަކުގެ މެމްބަރުންނަށް ދެނީވެސް އެކި އަދަދުތައްކަމަށް ހިއްސާކުރެއްވިއެވެ. އޭނާ ވިދާޅުވީ، ނައިފަރު ދާއިރާގެ މެމްބަރަށް އެއްލައްކަ ރުފިޔާ ދޭއިރު މަޑުއްވަރީ ދާއިރާގެ މެމްބަރަށް 50،000 ރުފިޔާ ދިނުމުން ކަމަކު ނުދާކަމަށާއި މެމްބަރުނަށް މި މިންގަނޑަށް އޮޅުވާލާފައިވާއިރު އެއީ ރައްޔިތުންގެ ހައްގުގައި ބަސްބުނަން ތިބި މީހުންކަމަށެވެ.

މޫސާ ވިދާޅުވީ، އެ ފަރާތްތަކަށް ރައްޔިތުންގެ ފަރާތުން އެންމެ ބޮޑަށް ކަންބޮޑުވުންތައް އަންނާނީ މި ދުވަސްވަރުކަމަށާއި އެއީ ދައުލަތުގެ ބަޖެޓު އެކުލަވާލަމުންދިއުމާއި ގުޅިގެންކަމަށް އިޝާރާތްކުރެއްވިއެވެ. އެނާ ވިދާޅުވީ ބަޖެޓު ހަދަމުންދާއިރު ސަރުކާރުންވަނީ އެމްޑީޕީއިން މަޑުއްވަރީގައި ފެށި މަސައްކަތްތައް ހުއްޓުވާލާފައިކަމަށާއި މީދޫގައި ހުރި ޕްރޮޖެކްޓުތައްވެސް ގެއްލުވާލައިފައިވާކަމަށެވެ.

އޭނާ ވިދާޅުވީ، މީދޫ ހޮސްޕިޓަލާއި މަޑުއްވަރީގެ މަގުތައް ނެހެދޭ ސަބަބާއިމެދު ރައްޔިތުން ސުވާލުކުރަމުންދާކަމަށާއި ސަބަބު ނޭނގޭކަމަށް ދާއިރާގެ މެމްބަރު ވިދާޅުވާކަމަށެވެ. މޫސާ ވިދާޅުވީ ބައްދަލުކުރާނެ މީހަކު ނުހުންނަކަމަށާއި އެއްވެސް ވުޒާރާއެއް ވެރިޔަކުވެސް ބައްދަލުނުކުރާކަމަށެވެ. އޭނާ ވިދާޅުވީ، އެކަން ކުރެވެނީ ރައީސް އޮފީހުން ހުއްދަ ދިނުމުންކަމަށެވެ. އަދި މެމްބަރުންވެސް ޖެހެނީ އެކި ފަރާތްތަކާއި ބައްދަލުކުރަން ރައީސް އޮފީހުގައި އެދެންކަމަށާއި ބައްދަލުވުމަށް ފުރުސަތު ލިބިގެންދަނީ ރައީސް އޮފީހުން އެޕޮއިންޓުމެންޓު ހަމަޖެއްސުމުންކަމަށެވެ.

އޭނާ ވިދާޅުވީ، މެމްބަރުން ތިބީ އެ މިންގަނޑަށް ބާކީ ކޮށްފައިކަމަށާއި ރަށްތަކަށް އަދަދުތައް ހިމަނާފައިވަނީ ގަނޑުކޮށްކަމަށެވެ. އޭނާ ވިދާޅުވީ، ބަޖުޓުގައި ވާކަމެއް އަދި ނެތްކަމެއްވެސް ނެތްކަމަށާއި އެއްވެސް އެއްޗެއް ސާފުވެސް ނުވާކަމަށެވެ. މޫސާ ވިދާޅުވީ މީހަކަށް ސާފުވެސް ކޮށްދެވެން ނެތްކަމަށާއި ސާފުކޮށްދީގެންވެސް ވާން ސަރުކާރަށް ނެތްކަމަށާއި ބަޖެޓުގައި އޮތް އެއްޗެއް ރައީސް މުއިއްޒުއަށްވެސް ސާފުނުވާނެކަން ޔަގީންވެވަޑައިގަންނަވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: