ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ އަމާޒަކީ، ހެޔޮ އަގުގައި ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރެވޭނެ މަގު ތަނަވަސް ކޮށްދެއްވުން: ވަޒީރު

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ ޙައްޖާއި ޢުމްރާގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ހެޔޮ އަގުގައި ޙައްޖާއި ޢުމްރާގެ ޢަޅުކަން އަދާކުރެވޭނެ މަގު ތަނަސްކޮށްދެއްވުންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަަޢީދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގައި ބޭއްވޭ ފުރަތަމަ ޙައްޖު، ޢުމްރާ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މި ކޮންފަރެންސްއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ދިވެހިރާއްޖެއިން މީހުން ޙައްޖާއި އުމްރާއަށް ގެންދިއުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓައި މަޝްވަރާކުރުމުގެ މަޤުޞަދުގައި ބާއްވާ ކޮންފަރެންސްއެއްކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ދިވެހިރާއްޖޭގެ ޙައްޖު އަދި ޢުމްރާގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނަން ޖެހޭކަމަށް ޤަބޫލްކުރައްވާކަމަށާއި މިކަން އެންމެ ފުރިހަމައަށް ކުރެއްވޭނީ ޢުމްރާ އަދި ޙައްޖު ޤުރޫޕުތަކަށްކަމަށެވެ. ވަޒީރު ވިދާޅުވީ، ޢުމްރާ ގްރޫޕުތަކުން މިހާރު އާއްމުކޮށް ހަދާފައިވާ ޕެކޭޖުތަކުގެ ބަދަލުގައި ޕެކޭޖުތަކަށް ބަދަލުތަކެއް ގެނައުމަކީވެސް، ހާއްސަކޮށް ޒުވާނުންނަށް އަގުހެޔޮ ޕެކޭޖުތައް އުފެއްދުމަކީ ހެޔޮ ބަދަލަކަށް ވެގެންދާނެކަމަށެވެ. ވަޒީރު ވިދާޅުވީ، ޢިލްމީ އަދި ތަރުބަވީ މަޢުލޫމާތުތަކެއް ދަތުރުތަކުން ލިބޭނެ ފަދަ ގޮތަކަށްވެސް ޕެކޭޖުތަކަށް ބަދަލުތައް ގެނައުމަކީ މުހިއްމުކަމެއް ކަމަށް ދެކިލައްވާކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ސަޢުދީ ސަރުކާރުން އަބަދުވެސް ރާއްޖެއާއިމެދުގައި ވަރަށް ގާތްކަން ބާއްވަވާކަމަށާއި، ރާއްޖެއިން ކަމެއްގައި އެދިލައްވައިފިނަމަ އެކަމެއް ކޮށްދެއްވަމުން ގެންދަވާކަމަށެވެ. އަދި އެކަމަށްޓަކައި ދިވެހި ސަރުކާރުގެ ނަމުގައި ސަޢުދީ ސަރުކާރަށް، ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަދި ވަލީއަޙްދު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒަށް އަދި ސަޢުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓަރު ޑރ. ތަޢުފީޤު ބިން ރަބީޢާއަށް ޝުކުރު އަދާކުރައްވާކަމަށެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގައި ހުންނަވާ ސަޢުދީ ސަފީރު އަލްއުސްތާޛް މަތްރެކް ބިން ޢަބްދުﷲ އަލްޢަޖާލީން އަލްދައުސަރީގެ ފަރާތުން ލިބިލައްވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށްވެސް ޝުކުރު އަދާކުރައްވާކަމަށާއި، ޙައްޖާއި ޢުމްރާގެ ކަންކަމުގައި އެދިލެއްވި ކޮންމެކަމެއްގައިވެސް އެމަނިކުފާނުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބިލައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައިވަނީ ސަޢުދީ ޢަރަބިއްޔާއިން ގެންނަމުންދާ ބައެއް ބޮޑެތި ބަދަލުތަކަށްވެސް އަލިއަޅުއްވާލާފައެވެ. އެގޮތުން ރަޢުޟާއަށް މީހުން ވެއްދުމުގެ ކަންކަން ތަރުތީބުކޮށް ކުރިއަށް ގެންދިއުމަށް އެޕްލިކޭޝަނެއް މެދުވެރިކޮށް އެޕޮއިންޓްމެންޓު ހެއްދޭނެ އިންތިޒާމެއް ހަމަޖައްސަވާފައިވާކަމަށާއި، ހިރާ ފަރުބަދައިގެ އައްސޭރީގައި ހިރާ ކަލްޗަރަލް މިއުޒިއަމެއް ތަރައްޤީކޮށް ހިރާ ފަރުބަދައަށް ކުރާ ޒިޔާރަތަކީ ޢިލްމީ ތަރުބަވީ މަޢުލޫމާތުތައް ލިބޭނެ ޒިޔާރަތަކަށް ބަދަލުކޮށްދެއްވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރުގެ ވާހަކަފުޅުގައި ސަޢުދީގެ ރަސްމީ އެއާލައިން، ސަޢުދިއާގެ ފަރާތުން ލިބިލައްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ. ވަޒީރު ވިދާޅުވީ، ސަޢުދީ އެއާލައިނަކީ ދިވެހިރާއްޖޭގެ ޙައްޖާޖީންނަށް ވަރަށް ތަނަވަސްކަމާއެކު ޚިދުމަތް ދެއްވާ އެއާލައިނެއްކަމަށާއި، ޙައްޖުވެރިން އުފުލުމާއި ޙައްޖާއި ޢުމްރާއަށް ޚާއްސަ މޫސުންތަކުގައި ޚާއްސަ ފްލައިޓުތައް ބާއްވަމުން ގެންދަވާ ވަރަށް އިޚްލާސްތެރި ޙިދުމަތްތަކެއް ދެއްވަމުން ގެންދަވާ އެއާލައިނެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: