ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުވާ މަޖިލީހުގެ ކަންކަން ހަރުދަނާ ކުރުމަށް މި ސަރުކާރުން ހާއްސަ އިސްކަމެއްދޭ: ޑރ ޝަހީމް

ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ކަންކަން ހަރުދަނާކޮށް ކުރިއަށް ގެންދިއުމަކީ މި ސަރުކާރުން ވަރަށް އިސްކަމެއް ދެއްވާ ކަމެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ އައު ވެބްސައިޓު، ބޮޑެތި ބަދަލުތަކަކާއެކު އިފްތިތާޙްކުރައްވ ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ފަތުވާ މަޖިލީހުގެ މެމްބަރުންގެ ޢަދަދު ޤާނޫނީ ގޮތުން ފުރިހަމަވެފައި އޮންނަން ޖެހޭ ގޮތަށް ތަރުތީބުކުރައްވާ ފަތުވާ މަޖިލީހުގެ މަސައްކަތްތަކަށް ސަރުކާރުގެ ފަރާތުން ދޭން ޖެހޭ ހުރިހާ އެއްބާރުލެއްވުމަކާއި އެހީތެރިކަމެއް ދެއްވުމަށް ވުޒާރާއަށް އަންގަވާފައިވާކަމަށެވެ. އަދި ވުޒާރާގެ ފަރާތުން ފަތުވާ މަޖިލީހަށް ލިބެން ޖެހޭ ހުރިހާ އެއްބާރުލެއްވުމެއް ދެއްވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ފަތުވާ މަޖިލީހުގެ އާ ވެބްސައިޓު އިފްތިތާޙުވެގެން ދިއުމަކީ ފަތުވާގެ ނިޒާމަށް އަންނާނެ ހެޔޮ ބަދަލެއްކަމަށާއި ޢިލްމީ މަސައްކަތްތައް ފަސޭހަކަމާއެކު އާއްމުންނަށް ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަކީ މުހިއްމުކަމެއްކަމަށް ދެކިލައްވާކަމަށެވެ. މީގެ އިތުރުން، ފަތުވާ ނިޒާމު ހަރުދަނާކުރުމަކީ ބޮޑެތި އިސްލާމީ ޤައުމުތަކުންވެސް ވަރަށް އިސްކަމެއް ދެއްވާކަމެއްކަމަށާއި، ރާއްޖެއިންވެސް މި މަގުން މަސައްކަތްކުރަމުން ގެންދަވާކަމަށްވެސް ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން މިހާތަނަށްވެސް ދީނީ ޢިލްމީ ގިނަ މަސައްކަތްތަކެއް ކުރައްވާކަމަށާއި، ފަތިވާ މަޖިލީހުން ކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަން ކުރައްވާކަމަށެވެ.

ފަތުވާ މަޖިލީހުގެ އާ ވެބްސައިޓުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނެރުއްވާފައިވާ ފަތުވާތަކާއި، އިސްތިރާޝީ ލަފާތަކާއި، ފަތުވާ ފޮތްތައް ހިމެނޭ އޮންލައިން ލައިބްރަރީއަކާއި ފަތުވާ މަޖިލީހާއި ގުޅޭ އެންމެ ފަހުގެ ޚަބަރާއި މަޢުލޫމާތު ލިބިލައްވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: