ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅުދުފުށި އަލިފާނު ހާދިސާ: އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ!

ޝެއާރކޮށްލާ ކަހަލަދޯ؟

ކުޅުދުއްފުށި ސިޓީގެ ގެއެއްގައި އަލިފާން ރޯވެފައިވާއިރު، މި ހާދިސާގައި އެއްވެސް މިހަކަށް އިނިޔާއެއް ނުވާ ކަމަށް އެމްއެންްޑީއެފް އިން ބުނެފިއެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ކުޅުދުފުށި ސިޓީގައި ހުރި މީހުން ދިރިއުޅޭ ”ސަމޭދާން“ ނަމަކަށް ކިޔާ ގެއެއްގައެވެ. މި ހާދިސާ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނަށް ރިޕޯޓް ކޮށްފައިވަނީ 1 ނޮވެންބަރ 2024 ވަނަ ދުވަހު ރޭ 21:13 ގައެވެ. އެ ގޭގައި ރޯވި އަލިފާން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ ނިއްވާލެވިފައިވަނީ އެ ރޭ 22:25 ހާއިރު ގައެވެ. އެނގިފައިވާ ގޮތުގައި މިހާދިސާގައި އެގެއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

”ސަމޭދާން“ ނަމަކަށް ކިޔާ ގެއެއްގައި އަލިފާން ރޯވެފައިވާއިރު، މި ހާދިސާ ހިނގަން މެދުވެރި ގޮތެއް މިހާތަނަށް އެނގިފައެއް ނުވެއެވެ. މި ހާދިސާގެ އިތުރު މައުލޫމާތު ހޯދުމަށް ކުޅުދުފުށި ކައުންސިލަށް ގުޅި ނަމަވެސް، ފޯނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: