ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާސަންދައަށް ބަދަލު ގެނައީ އިންޝުއަރެންސް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާ ވާހަކަދެއްކުމަށްފަހު: އެންސްޕާ

އާސަންދައިގެން ދަށުން މެޑިކަލް ޗެކަޕް ފެށުން-- ވަގުތު އިމޭޖަސް: އަހުމަދު ޖައިޝަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދެމެހެއްޓެނިވި ގޮތެއްގައި އާސަންދަ ސްކީމްގެ ޚިދުމަތްތައް ދިނުމަށްޓަކައި އެންސްޕާއިން ދީފައިވާ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން، އާސަންދަ ސްކީމްގެ އިސްލާޙީ މަސައްކަތުގެ ތެރެއިން، ސްކީމުގެ ދަށުން ޚިދުމަތް ދިނުމުގައި ބަދަލުތަކެއް ގެނެސްފައިވަނީ އިންޝުއަރެންސް ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކާ މަޝްވަރާ ކޮށްފައި ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ބުނެފިއެވެ.

އެންސްޕާއިން ބުނީ، މިހާރު ގެނެވިފައިވާ ބަދަލުތަކާ ގުޅޭގޮތުން އެންސްޕާއިން އިންޝުއަރެންސް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާ ކޮށްފައިވާނެ ކަމަށެވެ. އެ ހުރިހާ ކުންފުނިތަކުންވެސް ވަނީ އެ ބަދަލަށް ކުންފުނިތަކުން ތައްޔާރުކަމަށް ބުނެފައެވެ. އަދި ބައެއް ތަންތަނުން ވަނީ މާ ކުރިން އެ ބަދަލަށް ތައްޔާރުވަމުންދާކަމަށްވެސް ބުނެފައެވެ.

އެހެންނަމަވެސް އެންސްޕާއިން އެ ބަދަލު ގެނައި ހިސާބުން ބައެއް އިންޝުއަރެންސް ކުންފުނިތަކުން ވަނީ ކޭޝްލެސް ހިދުމަތް ހުއްޓާލާފައެވެ. އޭގެ ސަބަބުން އާންމުންގެ މެދުގައި ނުތަނަވަސްކަން ބޮޑުވެފައިވާއިރު، އެ ޙާލަތުގައިވެސް އަމިއްލަ ޖީބުން ފައިސާ ދައްކަން ޖެހޭނަމަ، ކުރިއެކޭ އެއްގޮތަށް އާސަންދަ ހިދުމަތް ލިބޭނެ ކަމަށް އެންސްޕާއިން މައުލޫމާތު ދެއެވެ.

އެންސްޕާއިން މައުލޫމާތު ދޭ ގޮތުގައި މި ސިޔާސަތު ތަންފީޒު ކުރުމުގެެ މަޤްސަދަކީ އާސަންދަ ނިޒާމު އެއްހަމަ ކުރުމެވެ. އެގޮތުގެ މަތިން އެއްހަމަ ކުރެވިގެންދާއިރު، މުޅި ނިޒާމަށް ރަނގަޅު ބަދަލުތަކެއް އަންނާނެކަމަށް އެންސްޕާއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން، ޕްރައިވެޓް އިންޝުއަރެންސްގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސަސްއިން އަދި މޯލްޑިވްސް ޑިފެންސް ފޯރސްއިން ހިންގާ ސްކީމްތައް ނުހިމެނޭނެކަމާއި އެނދުމަތިކޮށްގެން ދެވޭ ފަރުވާ (އިންޕޭޝަންޓް) ބިލްތަކަށް މިހާރުވެސް އަމަލުކުރަމުންދާ އުޞޫލުން އާސަންދަ ސްކީމުން ޚިދުމަތް ދިނުމަށްވެސް އާސަންދައިން ވާނީ ޚިދުމަތްދޭ ފާރާތްތަކަށް އަންގާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: