ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެނެޑާގެ ބޮޑެތި ތުހުމަތުތަކާއި އިންޑިއާ ދެކޮޅު!

ކެނެޑާއިން ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ހޯމް މިނިސްޓަރު އަމިތް ޝާހު ކެނެޑާގައި ތިބި ސިކުންގެ ބަޔަކު މަރާލުމަށް އޯޑަރުކުރިކަމަށް ކެނެޑާއިން ތުހުމަތުކުރާކަން އެ ގައުމުން ކުށްވެރިކޮށްފިއެވެ.

ބައިނަލްއަގުވާމީ ނޫސްތަކުން ބުނާގޮތުން އިންޑިއާގެ ސަރުކާރުގެ އެންމެ ބާރުގަދަ އެއް މިނިސްޓަރުކަމަށްވާ އެ ގައުމުގެ ހޯމް މިނިސްޓަރު އަމިތުގެ މައްޗަށް ކެނެޑާގައި ޖަރީމާތަކެއް ހިންގުމުގައި ބޮޑު ދައުރެއް އަދާކުރުމުގެ ތުހުމަތުތައް ކުރުމާއިއެކު އެ ގައުމުން އެ ކަމާއި ރަސްމީގޮތުން ނުރުހުން ފާޅުކޮށްފައިވާކަމަށެވެ. އެގޮތުން ކެނެޑާއިން ތުހުމަތުކުރަނީ އެ ގައުމުގައި މަސައްކަތްކުރަމުންދިޔަ ސިކުންގެ ސިޔާސީ އެކްޓިވިސްޓަކަށް ހަމާލާ ދިނުމަށް އޯޑަރުކުރުންކަމަށެވެ.

ދެ ގައުމުގެ ދެމެދު މަސްރަހު ގޯސްވުމަށް ދިމާވެފައިވަނީ ނިމިދިޔަ އަހަރުގެ ތެރޭގައި ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑައު އިންޑިއާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ސަައްހަކަމަށް ބެލެވޭކަމަށް ސިފަކުރެއްވުމާއިއެކުކަމަށެވެ. އެގޮތުން ކެނެޑާގައި ދިރިއުޅެމުންދިޔަ ސިކުންގެ މީހެއްކަމަށްވާ ހަރްދީޕް ސިންގް ނިއްޖަރު މަރާލުމާއި އެ ގައުމުގެ ސަރުކާރާއި ގުޅުންތަކެއް ވާކަމަށް ބެލެވޭކަމަށް އޭނާ ވިދާޅުވިއިރު އިންޑިއާއިންވަނީ ސާފު އިބާރާތުން މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އިންޑިއާއިންވެސް ދަނީ މިފަހުން އެ ގައުމުގައި ބައިބައިވުންތައް އުފެދުމަށް ފަހިވާކަންކަމަށް ކެނެޑާގެ ސަރުކާރުން ޖާގަ ދެމުންދާކަމަށް ތުހުމަތުކޮށްފައިކަން ފާހަގަކުރެވެއެވެ. އެގޮތުން ވަކި ޖަމާއަތެއްގެ ގޮތުގައި ހަރަކާތްތެރިވާ ސިކުންގެ ބައެއް ކަމަށްވާ ކާލިސްތާނަށް ނިސްބަތްވާ މީހުންނަށް ކެނެޑާގެ ފަސްގަނޑުގައި ގާއިމުވެ ވަކި ދައުލަތެއް ހެދުމަށް ފުރުސަތު ދެމުންދާކަމަށް ތުހުމަތުކޮށްފައިވެއެވެ. މި މައްސަލައިގެ ތެރެއިން ދެ ގައުމުންވެސް ވަނީ ހާރިޖީ މަސައްކަތްތައް ކުރަމުންދިޔަ ފަރާތްތައް އަނބުރާ ގައުމުތަކަށް ފޮނުވާލާފައެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ރަންދީރް ޖައިސްވާލް ވިދާޅުވީ، މިނިސްޓަރު އަމިތުގެ މައްޗަށް ކެނެޑާއިން ކޮށްފައިވާ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކަށް އިންޑިއާއިން ދެކޮޅު ހަދާކަމަށެވެ. އަދި އެ ވާހަކަތަކަކީ ތާކުންތާކު ނުޖެހޭ ވާހަކަތަކެއްކަމަށެވެ.

ރަންދީރު ވިދާޅުވީ، މި މައްސަލައިގައި އިންޑިއާއިންވަނީ ނިއުދިއްލީގައި ހުރި ކެނެޑާގެ ޑިޕްލޮމެޓަކު ހާޒިރުކޮށްފައިކަމަށެވެ. އަދި ކެނެޑާގެ ތުހުމަތުތަކަށް ދެކޮޅު ހަދާކަން ބަޔާންކޮށް ރަސްމީ ސިޓީއެއްވެސް ހަވާލުކޮށްފައިވާކަމަށް މައުލޫމާތު ދީފައިވާއިރު މިފަދަ ޒިންމާދާރުކަން ކުޑަ އަމަލުތަކުގެ ސަބަބުން ހާރިޖީ ގުޅުމަށް ނޭދެވޭ އަސަރުތައް ކުރާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: