ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަަކަށް ފައިސާ ލިބެންވާނެ: ޢައްބާސް

ވެލިދޫ ދާއިރާގެ މެމްބަރ މުޙައްމަދު ޢައްބާސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރަޖިސްޓްރީކޮށްފައިވާ ހުރިހާ ސިޔާސީ ޕާޓީތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް ވިދާޅުވެއްޖެއެވެ.

ސިޔާސީ ޕާޓީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ކުރެވުނު ބަހުސްގައި މެންބަރު ފާހަގަކުރެއްވި ގޮތުގައި، މިހާރުގެ ޤާނޫނުގެ ދަށުން 10،000 މެންބަރުން ހަމަނުވާ ޕާޓީތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ލާޒިމުކަމެކެވެ. ނަމަވެސް މެންބަރު ވަނީ މި އުސޫލަށް އިޢުތިރާޟްކުރައްވައި، ރަޖިސްޓްރީކޮށްފައިވާ ހުރިހާ ސިޔާސީ ޕާޓީތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ކަމަށް ވިދާޅުވެފައެވެ.

އައްބާސްގެ ނަޒަރުގައި، ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދުމަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީ ނިޒާމު ހަރުދަނާކުރުމަށް ލިބިފައިވާ މުހިންމު ފުރުޞަތެކެވެ. އަދި ގިނަ ފަރާތްތަކެއްގެ ޚިޔާލާއި މަޝްވަރާ ލިބުމަކީ ޤައުމުގެ ޑިމޮކްރަސީ ކުރިއެރުވުމަށް ލިބޭ ހެޔޮ ފުރުޞަތެއް ކަމުގައި މެންބަރު ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން، ރަޖިސްޓްރީކޮށްފައިވާ ހުރިހާ ސިޔާސީ ޕާޓީތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ މެންބަރު ތާއީދުކުރައްވާ ކަމެއް ކަމުގައި ވިދާޅުވެފައިވެއެވެ.

“ ރާއްޖޭގައި ގިނަ ސިޔާސީ ޕާޓީތައް އުފެދިގެން އައުމަކީ އެއީ ރާއްޖެއަށް އޮތް ރަނގަޅެއް، އަދި ރާއްޖޭގެ ޑިމޮކުރެސީ ހަރުދަނާ ކުރުމަށް ގިނަ ބައެއްގެ ޙިޔާލާއި މަޝްވާރާލިބި ކަންކަން ކުރިއެރުވުމަށް ލިބޭ ފަހި ފުރުސަތަކަށް ވެގެންދާނީ، އެހެންކަމުން ރަޖިސްޓްރީކޮށްފައިވާ ކޮންމެ ސިޔާސީ ޕާޓީ އަކަށްވެސް ފައިސާ ދިނުމަކީ އަޅުގަނޑު ތާއިދު ކުރާ ކަމެއް “ މެމްބަރ ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތައް އުފެދިގެން އައުމަކީ ރަނގަޅު ކަމެއް ނަމަވެސް މައްސަލައަކީ ރާއްޖޭގެ ޘަޤާފަތާއި އާދަކާދައާއި ވެއްޓާއި ނުގުޅޭ ގޮތަށް ޕާޓީތައް ބައްޓަންވެގެން އައުން ކަމަށް މެމްބަރ ވިދާޅުވިއެވެ. މެމްބަރ ވިދާޅުވީ، ސިޔާސީ ޕާޓީތައް އުފެދިގެން އަންނައިރު، ރާއްޖެއިން އަބަދުވެސް މިސާލު ނަގަންވާނީ އިސްލާމީ ޤައުމުތަކުން ކަމަށެވެ. އަދި ޤައުމަށް އެކަށީގެންވާ ސިޔާސި ހަރަކާތްތައް ހިންގުމަކީ މުހިންމު ކަމެއް ކަމަށް ވަނީ ވިދާޅުވިއެވެ. ޑިމޮކްރެސީގެ ނިޒާމުގެ ތެރެއިން ޕާޓީތައް އުފެދިގެން އައުމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ގިނަ ފައިދާ ތަކެއް ލިބިގެންދިޔަކަމަށާއި އަސާސީ ހައްޤުތައް ލިބިގެންދިޔަ ކަމަށް ވަނީ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: