ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީއަކަށް ސޮއި ކުރުމުން މަދުވެގެން ދެ އަހަރު ދަފްތަރުގައި ހުންނަން ޖެހޭ އިސްލާހެއް ބޭނުންވޭ: ޝާހިދު

ރަޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު)
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީއަކަށް ސޮއި ކުރުމުން، ދަފްތަރުގައި މަދުވެގެން ދެ އަހަރު ހުންނަން ޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ޖެހޭކަމަށް އައްޑޫ ހުޅުދޫ ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެ އެވެ.

މިއަދު މަޖިލީހުގައި ކުރިޔަށް ގޮސްފައި ވަނީ ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ގާނޫނާއި ހިލާފު އަމަލެއް ހިންގައިފި ނަމަ، އެ މީހަކު ޖުރިމަނާ ކުރުމުގެ އިތުރުން ނިސްބަތްވާ ޕާޓީ ވެސް އެއްލަކަ ރުފިޔާއިން ޖުރިމަނާކުރެވޭ ގޮތަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގެ ބަހުސެވެ.

ބިލަށް ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އަހަރުތަކެއްވެފައިވާ ސިޔާސީ މަސައްކަތަށް މިފަހުން ބޮޑެތި ބަަދަލުތަކެއް އައިސްފައިވާކަމަށެވެ. އަދި ސިޔާސީ ހަރަކާތް ހިންގައި، ޖަލްސާތަކާއި ބައްދަލުވުންތައް ބޭއްވުމަކީ ކޮންމެ ޕާޓީއަކަށްމެ ލިބިފައިވާ ހައްގެއް ނަމަވެސް އެ މަސަައްކަތް ކުރަން ޖެހޭނީ ވަކި އިމެއްގެ ތެރެއިންކަމަށް ޝާހިދު ވިދާޅުވި އެވެ. މި ސަރުކާރުން ސިޔާސީ މަސައްކަތްތަކަށް ޖާގަ ދޭކަމަށް އިޝާރާތްކޮށް ޝާހިދު ވިދާޅުވީ، ބައެއް ބޭފުޅުން އެކަމުގެ ނާޖާއިޒް ފައިދާ ނަގައި އަމިއްލަ މަންފާ އިސް ކުރަމުން ދިއުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

ރާއްޖެއަށް މަލްޓި ޕާޓީ ޑިމޮކްރަސީ ގެނައުމަށް ފަހު މިއަދާއި ހަމައަށް ކުރެވުނު ތަފާތު ތަޖުރިބާތައް ފާހަގަކޮށް ޝާހިދު ވިދާޅުވީ ސިޔާސީ ޕާޓީއެއް ހަމަމަގުން ދުރަށް ދާން ފެށުމުން އެކަމަށް ފިޔަވަޅު އެޅުމަށް އޮތް ބެލެނިވެރި ފަރާތަކީ އިލެކްޝަންސް ކޮމިޝަން ކަމަށެވެ. އަދި ކޮމިޝަނަށް ގާނޫނީ ބޮޑެތި ބާރުތަކެއް ދެވިފައިވާއިރު، އިތުރު ބާރުތަކެއް ބޭނުންވާނަމަ އެކަން ތަނަވަސްކޮށްދޭން ޖެހޭކަމަށެވެ. އޭގެ ސަބަބެއްކަމަށް ޝާހިދު ވިދާޅުވީ ސިޔާސީ ލީޑަރުން ހަގީގަތް އޮޅުވާލައި، ރައްޔިތުންނަށް ހަގީގަތް ނޫން އެހެން މަންޒަރެއް ވެރިކަމުގެ ބޭނުމުގައި ދައްކަމުން ދިއުމެވެ.

ޝާހިދު ވިދާޅުވީ އެ ލީޑަރުންނާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަފާތުވަނީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ދެއްކެވި ވާހަކައާއި މިއަދުވެސް ދައްކަވާ ވާހަކަތަކުގައި އެއްވެސް ތަފާތެއް ނެތުމުންކަމަށެވެ.

މީގެއިތުރުން ޝާހިދު ދެން ފާހަގަކުރެއްވީ، ސިޔާސީ ޕާޓީތަކަށް ސޮއި ކުރުމަށް ފަހު މާ ގިނަ ދުވަހެއް ނުވެ އެހެން ޕާޓީއާއި ގުޅޭ މައްސަލަ އެވެ. އެހެންވެ އޭނާ ހުށަހެޅީ ސިޔަސީ ޕާޓީއަށް ސޮއި ކުރާ މީހާ އެ ޕާޓީއެއްގެ ދަފްތަރުގައި ދެ އަހަރު ހުންނަން ޖެހޭ ގޮތަށް އިސްލާހު ގެނައުމެވެ.

ސިޔާސީ ޕާޓީތަކަށް މީހުން ވަދެފައި މާދަން ނިކުންނަނީ.. މިއީވެސް އަޅުގަނޑުމެން ވިސްނާލަން ޖެހޭކަމެއް.. ސިޔާސީ ޕާޓީއަކަށް ވަނުމަށްފަހުގައި އެ ސިޔާސީ ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި، އަހަރެއް ދެ އަހަރު ވަންދެން އެ މެމްބަރަކު ހުންނަން ޖެހޭ ކަހަލަ އިސްލާހެއް ވެސް އައުމަކީ އެދޭކަމެއް.. މިކަމާ ދޭތެރޭ ވެސް އަޅުގަނޑު ގަބޫލު ކުރަނީ ކޮމިޓީގައި ވާހަކަ ދައްކާނެކަމަށް.. މިވެސް ފަސޭހަކަމެއް ނޫން.. ހެނދުނު އެއް ޕާޓީއަށް ސޮއި ކުރަނީ، ހަވީރު އަނެއް ޕާޓީއަށް ސޮއި ކުރަނީ… ރައްޔިތުން ވެސް އެބަޖެހޭ ދެއްތޯ ޕާޓީއަށް ވަންނައިރުގައި ޒިންމާދާރުވާން.. ހަމަ ފޯމެއްދޭއިރަށް ސޮއި ކުރަނީއެއް ނޫން.. ކޮންމެވެސް ހަމަތަކާއި އުސޫލުތަކެއް ގަބޫލު ކުރުމަށްފަހު ޕާޓީތަކަށް މިވަންނަނީ..

ޝާހިދު ވިދާޅުވީ ސިޔާސީ ޕާޓީގެ ދަފްތަރަށް ކައިރި ކައިރީގައި ބަދަލު އައުމަކީ އެންމެ ރަނގަޅު ގޮތެއް ނޫންކަމަށެވެ. އެހެންކަމުން މަޖިލީހުގެ ކޮމިޓީ މަރުހަލާފައި އެފަދަ އިސްލާހެއް ގެނެވޭނެ ގޮތެއް އޮތް ތޯ ބަލައި މެމްބަރުން މަޝްވަރާ ކުރައްވާނެކަމުގެ އުންމީދު ކުރާކަމަށް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އާންމުކޮށް އެންމެ ބޮޑު ބަދަލެއް އަންނަނީ އެތެރޭގެ އިންތިހާބައި، އެހެން ބޮޑެތި އިންތިހާބުތަކާއި ދިމާކޮށެވެ. އަދި ރާއްޖޭގައި 10،000 ހަމަވާ ބައެއް ސިޔާސީ ޕާޓީތައް އޮތް ނަމަވެސް އޭގެ ތެރެއިން އިންތިހާބުގައި ބޮޑެތި ކާމިޔާބީތައް ލިބެނީ ސަރުކާރުގެ މައި ޕާޓީ ޕީއެންސީއާއި، އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށް އެކަންޏެވެ.

ސަރުކާރުގެ ފަރާތުން ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅިއިރު، އިންތިހާބުގައި ލިބޭ ވޯޓުތަކުގެ އިންސައްތައަށް ބަލައި ސިޔާސީ ޕާޓީއަށް ފައިސާ ދޫކުރާ ކަރުދާހެއް އޮތީ ތައްޔާރުކޮށްފަ އެވެ. އެހެން ނަމަވެސް އެ އިސްލާހު މި ބިލުގައި ހިމަނާފައި ނެތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: