ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ވެރިންނަށް ކޮރަޕްޝަން ހިންގުމުގެ ޖާގަ މި ސަރުކާރަކުން ނުދޭނެ: ރިފާއު

ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ވެރިންނަށް ކޮރަޕްޝަން ހިންގުމުގެ ޖާގަ މި ސަރުކާރަކުން ނުދޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް ސަރުކާރުގެ ފަރާތުން އިސްލާހެއް ހުށައެޅީ ދައުލަތުގެ މަގާމުތަކުގައި ތިބެ ހޯދާފައިވާ ނުޙައްގު މުއްސަނދިކަމުގެ މައްސަލަތައް ބެލުން ފަސޭހަކުރުމަށެވެެ.

އެގޮތުން ދައުލަތުގެ މަގާމެއްގައި ހުރެ، ލިބިފައިވާ އާމްދަނީ ނުވަތަ ދައުލަތުގެ މަގާމެއްގައި ހުރެ ލިބެމުންދާ އާމްދަނީއާއި ނުބައްދަލު މިންވަރަކަށް އޭނާގެ ނަމުގައި، ނުވަތަ އޭނާގެ އާއިލީ ނުވަތަ އޭނާގެ ޒާތީ، ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައި މުދާ ނުވަތަ ފައިސާ ހޯދައި މިލްކުރާނަމަ، އެ މައްސަލަ ބެލުމަށެވެ.

މިގޮތަށް އިސްލާޙު ގެނައުމަށް ނިންމީ، ޖުމްލަ މީހުންގެ ބަދަލުގައި ސީދާ މީހާ ޝާމިލުވާ ގޮތަށް ހޯދާފައިވާ މުދަލަކީ ގާނޫނު ހުއްދަ ކުރާ ގޮތުގެ މަތިން ހޯދާފައިވާ މުދަލެއް ނުވަތަ ފައިސާއެއްކަމަށް ސާބިތުކޮށް ނުދެވިއްޖެނަމަ، އެ ކުށަށް އެ ފަރާތުން ޒިންމާވާ ގޮތަށްކަމަށް އޭނާ ވިދާޅުވިއެވެ.

މި ބިލަށް ބަހުސް ކުރައްވަމުން ރިފާއު ވިދާޅުވީ، ސަރުކާރުން ދަނީ 75 މެންބަރުންގެ ސުޕަރ މެޖޯރިޓީގެ ބޭނުން ރައްޔިތުން އެދޭ ގޮތަށް، ވަރަށް ރަނގަޅަށް ހިފަމުންކަމަށެވެ. ރައްޔިތުންގެ އަބަދުވެސް އިސް މަގާމުތަކުގައި ތިއްބަވާ މީހުންނަށް ތުހުމަތުގެ އިގިލިތައް ދިއްކުރާކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު ސާބިތު ކޮށްދެއްވަމުންދަނީ އެމަނިކުފާނުގެ ސަރުކާރުގައި ވައްކަމާއި، ކޮރަޕްޝަނާއި، ފަސާދައިގެ އަމަލުތައް ހިންގުމަށް އެއްވެސް ޖާގައެއް ނުދެއްވާނެކަންކަމަށް ރިފާއު ވިދާޅުވިއެވެ. ޒީރޯ ޓޮލަރެންސްގެ ނަމުގައި، ކުރީ ސަރުކާރުން ފަސް އަހަރުގެ ދައުރު ނިންމާލީ މުޅި ގައުމު ދަވާލާފައިކަމަށް ފާހަގަކޮށް ރިފާއު ވިދާޅުވީ، ހަގީގީ ޒީރޯ ޓޮލަރެންސް މި ސަރުކާރުގައި ފެންނަމުންދާކަމަށެވެ.

އެ ފަސް އަހަރުގެ ތެރޭގައި މިފަދަ އިސްލާހެއް ނުގެނެވުނު ސަބަބު ވިސްނަން ޖެހޭކަމަށް ރިފާއު ވިދާޅުވިއެވެ.

ލާރި ކާލަން ޒީރޯ ޓޮލަރެންސް ޓެގް އަޅުވައިގެން މުޅި ދަވާލާ، ހުސްކޮށްލީއިރުގައި މިފަދަ އިސްލާހެއް ގެންނަން ނުކެރުމަކީ މިއަދު އަޅުގަނޑުމެންގެ ރައީސުލްޖުމްހުރިއްޔާއަށް އަނެއްކާވެސް ސެލިއުޓް ކުރަން ޖެހޭކަމެއް.

ރިފާއު ވިދާޅުވިއެވެ.

ކުރީ ފަސް އަހަރުގެ ދައުރު ނިމިގެން ދިޔައިރު، އޮތީ ވަގެއްގެ ޓެގު އެޅިފައިކަމަށާއި ނަމަވެސް މިވެރިކަމުގައި އެހެންވާން ނޭދޭކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުގެ މައްޗަށް އެއްވެސް ތުހުމަތެއް ކުރެވޭނަމަ، ގާނޫނުގެ ތެރެއިން މިދެނީ ފުރުސަތު، އަޅުގަނޑުގެ މައްސަލަ ބަލާ، އަޅުގަނޑަށް އެ ދޭން ޖެހޭ އަދަބެއް ދޭން، އެއީ އަޅުގަނޑުމެންގެ ރައީސުލްޖުމްހުރިއްޔާ މިއަދު ބޭނުންވާ ގޮތަކީ.

ރިފާއު ވިދާޅުވިއެވެ.

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ބޭނުންވެވަޑައިގަންނަވަނީ، ގާނޫނުގެ ތެރެއިން، އެކި އެކި އިސް ބޭފުޅުންނަށް ކުރެވޭ ތުހުމަތުތައް ބެލޭނެ ޖާގަ ދިނުމަށްކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: