ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި 5 އިންސައްތައަށްވުރެ އިންޓަރެސްޓް ރޭޓް ބޮޑުނުވާގޮތަށް ދޫކުރާ ގެދޮރުވެރިކަމުގެ ލޯނުތައް ދޫކުރުމަށް ”ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމް“ އިފްތިތާޙު ކޮށްފިއެވެ.
އަންގާރަ ދުވަހު އޮތް ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް އިފްތިތާޙު ކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒެވެ.
ހައުސިންގ މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މި ސްކީމްގައި 3 ކެޓެގަރީއެއްގެ މާލީ ވަސީލަތް ހިމެނެއެވެ. އެއީ1 މިލިޔަން ރުފިޔާއާ ހަމަޔަށް އަތޮޅުތަކަށް ދޫކުރާ ”ހިޔާވެހި
ރަށްވެހި ވަސީލަތް“، 3 މިލިޔަން ރުފިޔާއާ ހަމަޔަށް ސަރުކާރުން ކަނޑައަޅާފައިވާ އާރބަން ސެންޓަރުތަކަށް ދޫކުރ،ާ ”ހިޔާވެހި ސަހަރު ވަސީލަތް“ އަދި 6 މިލިޔަން ރުފިޔާއާ ހަމަޔަށް ފުރަމާލެއަށް ދޫކުރާ ”ހިޔާވެހި ފުރަމާލެ ވަސީލަތް“ އެވެ.
މި ތިން ވަސީލަތަކީވެސް 5 އިންސައްތައިގެ ސާރވިސް ޗާޖަކާއެކު ގިނަ ވެގެން 25 އަހަރުން ދައްކާ ޚަލާސް ކުރާގޮތަށް ދޫކުރާ މާލީ ވަސީލަތްތަކެކެވެ.
ހައުސިންގ މިނިސްޓްރީން ބުނީ، ހިޔާވެހި ރަށްވެހި ވަސީލަތަށް އެއްވެސް އިކުއިޓީއެއް ދައްކާކަށް ނުޖެހޭނެ ކަމަށެވެ. އެހެންނަމަވެސް، ޝަރީޢާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށްޓަކައި ”ނޮމިނަލް ކޮންޓްރިބިޔުޝަން “ އެއް ދައްކަން ޖެހޭނެއެވެ. އެގޮތުން މިނިސްޓްރީން އާންމުކުރާ ރަސްމީ އަގުތަކެއްގެ މަތިނ،ް ބަންޑާރަގޯތި އަމިއްލަކުރުމުގެ އަގު ނެގޭނެއެވެ.
މި ވަސީލަތް ހަމަޖައްސާނ،ީ މިނިސްޓްރީ އާއި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނާ ދެމެދު އެކުލަވާލާ އެއްބަސްވުމެއްގެ ދަށުންނެވެ.
މީގެ އިތުރުން، ހިޔާވެހި ސަހަރު ވަސީލަތަށް 5 އިންސައްތައިގެ އިކުއިޓީއެއް ދައްކަން ޖެހޭއިރު، ހިޔާވެހި ފުރަމާލެ ވަސީލަތަށް 10 އިންސައްތައިގެ އިކުއިޓީއެއް ނަގައެވެ.
މި ވަސީލަތްތައް ހަމަޖައްސާނީ މިނިސްޓްރީ އާއެކު މޯލްޑިވްސް އިސްލާމިކް ބޭންކާއ،ި ބޭންކް އޮފް މޯލްޑިވްސް އާދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.
މިނިސްޓްރީން ބުނީ، މި ވަސީލަތްތަކަކީ ހުސްބިމެއްގައި އަލަށް އިމާރާތެއް ކުރުމަށް ނުވަތަ ނުނިމި ހުރި އިމާރާތެއް އެއްކޮށް ނިންމުމަށް، ނުވަތަ ބާވެ ހަލާކުވެފައިވާ އިމާރާތެއް މަރާމާތުކުރުމަށް ހަމަޖައްސާ ފައިސާކަމަށްވާތ،ީ ދޫކުރެވޭ ޖުމްލަ އަދަދުން މަޝްރޫޢު އެއްކޮށް ނިންމޭވަރު ވާންޖެހޭނެ ކަމަށެވެ.

އަދި އެ ކަންކަމުގެ އިތުރުން، ކުދިބިންކޮޅުތަކެއް އެއްކޮށްލައިގެން އިމާރާތްކުރުމަށް ހުށަހަޅާފަރާތްތަކަށް ފުރަމާލެއަށް ޚާއްޞަކުރާ މާލީ ވަސީލަތު ދޫކުރުމުގައި އިސްކަންދެވޭނެކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. މިގޮތުން އެއްކުރެވޭނީ 600 އަކަފޫޓަށްވުރެ ކުދިބިންކޮޅުތަކެކެވެ. އެފަދަ ފަރާތަކަށް 6 މިލިޔަން ރުފިޔާގެ އިތުރުން، އެއްކުރެވޭ ކޮންމެ ބިމަކަށް 1
މިލިޔަންރުފިޔާ އިތުރުކުރެވޭނެއެވެ.
އެހެންނަމަވެސް މި އުސޫލުން އެންމެ ބޮޑުވެގެން ދޫކުރެވޭނީ މަޝްރޫޢަކަށް 10 މިލިޔަން ރުފިޔާ އާހަމައަށް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓްރީން ވަނީ ”ހިޔާވަހި ފައިނޭންސް ސްކީމް“ ގައި ހިމެނޭ ވަސީލަތްތަކަށް ޝަރުޠު ހަމަވަ ފަރާތްތަކަށް ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވޭނެކަމަށް ބުނެފައެވެ. އެގޮތުން މި ސްކީމުގައި ހިމެނޭ ވަސީލަތްތަކާބެހޭ އުސޫލުތަކާއި، ޝަރުޠުތަކާއި އިތުރު ތަފްސީލު މިހަފްތާ ނިމުމުގެ ކުރިން އާންމުކޮށް އިއުލާންކޮށް ގެޒެޓް ކުރެވޭނެކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.

