ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަކިދާއިރާއަކުން ޚިދުމަތް ކުރަން މަޖުބޫރުކުރުމަކީ ޑިމޮކްރަޓިކް ނިޒާމާއި ބީރައްޓެހި ގޮތެއް: ޝާހިދު

އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

ވަކިދާއިރާއަކުން ޚިދުމަތް ކުރަން މަޖުބޫރުކުރުމަކީ ޑިމޮކްރަޓިކް ނިޒާމާއި ބީރައްޓެހި ގޮތެއްކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ސަލާމަތީ ޚިދުމަތްތައް ޒަމާނާ އެއްގޮތަށް ތަރައްޤީކޮށް ކުރިޔަށް ގެންދެވޭނީ ޢިލްމީ ޤާބިލު ޒުވާނުންނަށްވެސް އެޚިދުމަތް ކުރުމަށް ފުރުސަތު ލިބިގެން ކަމަށެވެ.

ޝާހިދު ވިދާޅުވީ އޯލެވެލް ރަގަނޅު ނަތީޖާއެއް ޙާސިލު ނުވާ ކުދިންނަށް އެ ކުއްޖެއްގެ ޝައުޤުވެރިކަން ހުރި ދާއިރާއަކުން އިތުރު ތަމުރީނާއި ހުނަރުތައް ލިބޭނެ މަގު ފަހިކޮށްދީ ޤައުމުގެ ތަރައްޤީގައި ބައިވެރިވެ ޝާމިލުވެވޭ ގޮތަށް ޖާގަ އޮތުމަކީ އެފަދަ ޒުވާނުންގެ އުންމީދުތަކުގައި ޙަޤީގީ ކުލަޖެހިގެންދާނޭ މަގެއްކަމަށެވެ.

ރާއްޖޭގެ އަދުގެ ހަގީގީ ހާލަތަކީ އެއްވެސް މަޖުބޫރުކަމެެއްނެތި ސަލާމަތީ ޚިދްމަތްތަކުން ފުރުސަތަށް އެދި އެތަށް ހާސް ޒުވާނުނެއް ވަޒީފާއަކަށް އެދި އެދި ތިބުންކަން ޝާހިދު ފާހަގަކުރެއްވި އެވެ. އަދި އުފެއްދުންތެރި ޖީލެއް ބިނާކުރުމަށް އޮތް ރަނގަޅު ގޮތަކީ ޒުވާނުނުންގެ ހުނަރުތައް ތަރައްޤީ ކުރުމަށް މަގުފަހިކޮށްދިނުން ކަމަށާއި ވަސީލަތްތައް ހޯދައިދިނުުމާއި ފުރުސަތު އިތުރުކޮށްދިނުންކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު މިފަދައިން ވިދާޅުވެފައި ވާއިރު ނަސްރުގެ ދުވަހުގެ ޖަލްސާގައި ސިފައިންގެއަށް ވަދެގެން ވެސް، އެކި ދާއިރާތަކުން ތަމްރީނުތައް ހޯދުމަކީ އޮތް ގޮތެއްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ވަކި ދާއިރާއަކުން ކުރިޔަށް ދާން ބޭނުންވާތީ ގިނަ ޒުވާން ކުދިން ފުލުހުންނާއި ސިފައިންގެ ހިދުމަތާއި ގުޅެން ބޭނުން ނުވާކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން ބޭނުން ވަނީ އެކަން ބަދަލު ކުރަންކަމަށާއި، ކުރިޔަށް އޮތް ތަނުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ސިފައިންނާއި ފުލުހުންނަށް ވަންނަ ޒުވާނުންނަށް ވަކިވަކި ދާއިރާތަކުން ތަމްރީނު ދެވިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: